އިޒްރޭލުން ގަތަރަށް ހަމަލާދިން އިމާރާތުން ދުން އަރަނީ. -- ފޮޓޯ: ޢޭއެފްޕީ
17 ސެޕްޓެމްބަރ 2025 - 23:06
މި މަހުގެ ނުވަ ވަނަ ދުވަހު އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާގެ އަމާޒަކަށްވި ހަމާސްގެ ލީޑަރުންގެ ތެރެއިން ބޭފުޅަކު އެކަމާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ދިން އިންޓަވިއު އަލް ޖަޒީރާއިން ދައްކައިފި އެވެ.
އަލް ޖަޒީރާއިން މިރޭ ލައިވްކޮށް ގެނެސްދިނީ ހަމާސްގެ އެންމެ އިސް ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޣާޒީ ހަމަދްގެ އިންޓަވިއުއެކެވެ. އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން ހަމަލާ ދިނީ ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކާ ބެހޭ ގޮތުން މަޝްވަރާ ފެށިތާ ގަޑިއެއްގެ އިރު ވެސް ނުވަނީހެވެ.
"މިނެޓަކަށް ވުރެ ވެސް ކުރު ވަގުތުކޮޅެއްގެ ތެރޭ، ހުއްޓުމެއް ނެތި ބާރަ ވަރަކަށް ރޮކެޓު އަމާޒުވި،" ހަމަދް ވިދާޅުވި އެވެ.
ހަމާސްގެ އެންމެ އިސް ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޣާޒީ ހަމަދް މިރޭ އަލް ޖަޒީރާއަށް އިންޓަވިއު ދެއްވަނީ.
އޭނާ ވިދާޅުވި ގޮތައި ބައްދަލުވުމުގައި ތިއްބެވި ބޭފުޅުންނަށް އެއީ އިޒްރޭލުގެ ހަމަލާއެއްކަން ވަގުތުން އެނގުނެވެ.
"ކަލާނގެ މިންވަރު ކުރެއްވީ މި އަނިޔާވެރި އަމަލުން ސަލާމަތްވާން...،" ހަމަދް ވިދާޅުވި އެވެ.
ހަމާސްއާ ގާތް ގުޅުން އޮންނަ ފަރާތްތަކުން ބުނާ ގޮތުގައި ހަމަދު އަކީ އިޒްރޭލުން ހަމަލާ ދިން އިމާރާތުގައި ތިއްބެވި ހަމާސްގެ ހަ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ގްރޫޕުގައި ހިމެނިވަޑައިގަންނަވަނީ އިސް ނެގޯޝިއޭޓަރު ޚަލީލް އަލް ހައްޔާ އާއި ކުރީގެ ވެރިޔާ ޚާލިދު މިޝްއަލް އާއި ހުޅަނގު އައްސޭރީގެ ވެރިޔާ ޒަހެރް ޖަބަރީން އާއި ޕޮލިޓިކަލް ބިއުރޯގެ މެމްބަރުން ކަމަށްވާ ބާސިމް ނައީމް އާއި ތަހެރް އަލް ނޫނޫ އެވެ.
އިޒްރޭލުން ދިން ހަމަލާގައި ހައްޔާގެ ދަރިކަލުން އަވަހާރަވެފައި ވާއިރު، ހަމާސް އިން ކުރިން ވެސް ވަނީ ހައްޔާ އަވަހާރަނުވާ ކަމަށް ބުނެފަ އެވެ. އެކަމަކު އޭރު މިކަމާ ގުޅޭ އެއްވެސް ހެއްކެއް ނުދައްކަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
18 September 2025
ގަޠަރަށް ދިންހަމަލާގައި ގަތަރުގެ ރޭވުން ފޭލްވީތާ؟ އަދިވެސް އަރަބީންގެ ތެރޭގައި އެބައުޅޭދޯ މިނިވަންކަން ބޭނުންވާ މީހުން. އެމީހުންގެ ބޭނުމަކަށް އޮންނާނީ އިސްރާއީލުން ހިންގާ އަނިޔާވެރިކަމާ ކުރިމަތިލުންތާ. މިކަމަށް ގަޠަރުން އެހީވާކަމީ ކޮޅުނެތްކޮޅަށް ގަތަރަށް ސަޕޯޓްކުރާކަމެއް.
ޢަލްޓިކޯ
18 September 2025
ފަލަސްތީނުގެ ތިބި ނިކަމެތި ރައްޔިތުން ދޫކޮށްލާފަ ގަތަރަށް ގޮސްފިލާ މިވެސް ޖިހާދު ކުރާ ލީޑަރުންނޯ
ޖިބާސް
18 September 2025
ކަލޭ ތިއޮތީ ކޮންތާކު! ފަލަސްތީނުގަ؟؟
ކަޅުސޮރު
18 September 2025
ކިޔަން އިނގޭތީ އެއްޗެއް ލިޔުނަކަސް ކަމަކު ނުދާނެ... ބުއްދި ސަލާމަތުންހުރެ ވިސްނާ މީހަކަށް އެނގޭނެ އެންމެން ގޮސް ހަނގުރާމާގައި އުޅެގެން ހަތިޔާރާ އެހެނިހެން ކަންކަން ހަމަޖެއްސޭނެ ގޮތެއް ނޯންނާނެކަން...
ފޫހި
18 September 2025
މިއީ ނަތަންޔާހޫދައްކާފާޑުގެ ހަސަދައިގެ ވާހަކަ ދައްކާމީހެއް. ނަތަންޔާހޫވެސް އެބުނަނީ ތިމަންނާއޯ ގާޒާރައްޔިތުންނަށް އެންމެ ރަނގަޅުގޮތް ހަދައިދޭނީ. މޮޔައެއްނޫނީ އޭނާގެ ވާހަކަ ގަބޫލެއްނުކުރާނެ.
ޖަލީލީ
18 September 2025
ތަނެއް ދޮރެއް ނޭންގި ކޮމެންޓް ކުރެވޭތޯ ބަލާ. އުންމަތުގެ އެއްވެސް މުސްލިމަކަށް ފަލަސްތީނުގެ މުސްލިމުން އަލްއަގްސާއަށް ޓަކައި އެކުރާ ޖިހާދަށް ކުޑައިމީސް ބަހެއް ބުނުމުގެ އެވެސް ހައްގެއް ނެތް. އަގްސާ ނަޖިސް ޔަހޫދީން އަތުގަ 70 އެތަށް އަހަރެއްވީ. ޔަހޫދީންނާއި ދެކޮޅަށް ގާބުރިއެއްވެސް އެއްލީ ފަލަސްތީނު މީހުން