ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. ފުލިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
19 ސެޕްޓެމްބަރ 2025 - 18:58
ވ. ފުލިދޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ފުލިދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެރަށަކީ ލޯކަލް ޓޫރިޒަމްގައި ވަރަށް މުހިންމު ރަށެއް ކަމަށެވެ. އަދި އެ ރަށުން ޓީޖީއެސްޓީގެ ގޮތުގައި ބޮޑު އަދަދެއް ދައުލަތަށް ދައްކަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެރަށަކީ ގިނަ އަދަދެއްގެ ޑޮލަރު ދައުރުވަމުންދާ ރަށަކަށް ވެފައި ޓޫރިޒަމް ކުރިއަރުވަން ފަސޭހަ ކޮށްދިނުމުގެ ގޮތުން ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން އަންނަ އަހަރުގެ މާޗް މަހުގެ ކުރިން އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ފުލިދޫއަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ވ. އަތޮޅަކީ ވެސް ޓޫރިސްޓުން ވަރަށް ގިނައިން ޒިޔާރަތް ކުރާ އަތޮޅެކެވެ. ހާއްސަކޮށް އެ އަތޮޅު ކުރިން އޮތް "ޝިޕް ރެކް" ކައިރިއަށް ފީނުމަށް ޓޫރިސްޓުން އެކި ހިސާބުތަކުން ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިއްދޫމީހާ
19 September 2025
ފަސްއަހަރުގެ ދައުރު ނިމޭއިރުވެސް ތިޔަމެގަ ޕްރެޖެކްޓް ނިމޭނެބާ؟؟