19 ސެޕްޓެމްބަރ 2025 - 23:48
ޑްރަގު ބޭނުންކުރަމުންދާ މީހުންނަށް ކޮންޓްރޯލްޑް ޑްރަގެއް ވިއްކަމުންދާ މައްސަލައެއް ސަލާމުކަމަށް އައިސްފައިވާތީ އެކަން ބަލަމުން އަންނަ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑްރަގު ބޭނުންކުރަމުންދާ މީހުންނަށް ބިއުޕްރެނޯފިން ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ލުބްނާ ވިދާޅުވީ އެ ބޭހުގެ 10 ޓެބްލެޓް 2،000ރ. އަށް ވިއްކާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކޮންޓްރޯލްޑް ޑްރަގެއް ވިއްކުމަކީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މަނާ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ ތަފްސީލު "މިހާރު" އާ ހިއްސާ ކުރައްވަމުން ލުބްނާ ވިދާޅުވި ގޮތުގައި އެ ކޮންޓްރޯލްޑް ޑްރަގު ވިއްކަމުން ދަނީ މާލެ ސަަރަހައްދުގަ އެވެ.
ބިއުޕްރެނޯފިންއަކީ އެންޑީއޭގެ ޑިޓޮކްސް ފަރުވާގައި ބޭނުންކުރާ ބޭހެއް ކަމަށާއި އެކަމަކު އެއީ ކޮންޓްރޯލްޑް ޑްރަގަކަށް ވާތީ ހުއްދަ ލިބިގެން ނޫނީ އެ ވިއްކުން މަނާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލުބްނާ ވިދާޅުވީ ބިއުޕްރެނޯފިންއަކީ ޑްރަގު ފަރުވާގައި މުހިއްމު ބޭހަކަށް ވިޔަސް ކޮންޓްރޯލްޑް ޑްރަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ބޭހުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފުމުގެ ފުރުސަތު އޮތީމާ ކަމަށެވެ. އެހެން ޑްރަގުތަކާ އެއްކޮށްގެން ވެސް ބައެއް ފަހަރަށް ބިއުޕްރެނޯފިން ބޭނުންކުރާއިރު، އެފަދަ ކަންކަމުގެ ސަބަބުން މީހާ އޯވަޑޯޒްވެ، ނުރައްކާތެރި ހާލަތަކަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށް ލުބްނާ ވިދާޅުވި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ލުބްނާ ވިދާޅުވީ، ބިއުޕްރެނޯފިން ވިއްކަމުންދާ ފަރާތާ ގުޅޭ ސައްހަ މައުލޫމާތު އެ ބޭނުންކުރަމުންދާ ގިނަ ބަޔަކު ދީފައިވާ ކަމަށެވެ. އެހެންވެ، އެ މައުލޫމާތު ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން ހެލްތު މިނިސްޓްރީއާ ވެސް ހިއްސާ ކުރައްވާފައިވާ ކަމަށް ލުބްނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާރޭ
21 September 2025
ގާނޫނު ނުހިނގާ ގައުމެއްގަ ތިޔާހުރިހާ ކަމެއްވާނެ!!!
ފަޒީއްޓޭ2025
20 September 2025
ތި ޑުރަގް އެޖެންސީން ބަޔާން ނެރުނަކަސް ނުވާނެ. ހައްލެއް ހޯދަން މަސައްކަތެއް ނުކުރެވޭ.
ބަލަންތިބޭ
20 September 2025
މީހާރުވެސް ބޭސްފިހާރަ ތަކުގެ ކޮންޓްރޯލް އޮންނަނީ ބޭރުމީހުންގެ އަތުގައި ، ތަނުގެ ވެރިމީހާއަށް ހަދާ ނަހަދާއެއް ނޭގޭ ، ފާޑު ފާޑުގެ ބޭސް ގެނެސްގެން ފާމަސީގެ އެކިއެކި ތަންތަނަށް ލާ ފޮރުވައިގެން ވިއްކަމުންދަނީ ... މިކަންކަމެއް ސަރުކާރަކުން ނުބެލެހެއްޓޭ....
ހޮޓްކިންގ
20 September 2025
ކޮންޓްރޯލްނުވެ އޮއްޑްރަގް ވިއްކާއިރު ކޮންޓްރޯލްޑް ޑްރަގުވެސް ވިއްކާނެ. މީ މަނާ ހުރިހާކަމެއްކުރެވޭ ރާއްޖެ.
މަޖާ ގައުމެއް
20 September 2025
ބަލަ ދެން ގާނޫނޫ ތަންފީޒުކުރުމުގެ ބަދަލުގައި ޓްވީޓްތަ ކުރަނީ؟
އެލީބާ
20 September 2025
ތިވިއްކަނީ ކުރީގަ ޖާނީގަ އުޅުނު މީހުން.
މަގުމަތީ ޒުވާނާ
20 September 2025
އޭގެ ނަން ހާމަކުރީމަ ބޯންބޭނުންވެފަ ތިބިމީހުނަށް އެހޯދަން ފަސޭހަވާނެ.
raajje
20 September 2025
ބޭސްފިހާރަތަކުގައި ގިނައީ އިންޑިޔާމީހުން، ތިހެންކޮންޓުރޯލުޑު ޑުރަގެގޭ ކިޔަކިޔާތިބޭ، އެމީހުންތިވިއްކާނެ ބަރާބަރަށްވިއްކާނެ ނުވެސްހުއްޓުވޭނެ، ނުހުއްޓުވޭނެސަބަބަކީ ތިހެން ޕޯސްޓުގަނޑެއް ނުވަތަ ބަޔާންގަޑެއްނެރެލާފައި ނިންމާލާތީ! ކޮންޓުރޯލްޑު ޑުރަގެކޭކީމަކާނުފުދޭނެތާ އެކަންކަން ރަނގަޅަށް މޮނީޓަރކޮށް ރެގިއުލޭޓުނުކުރެވޭތީނުން ވިއްކެނީ؟ ތިގޮތަށްކިތަންމެ ކޮންޓުރޯލްޑު ޑުރަގެއްވިއްކަމުންދާތާ ގަރުނުތަކެއްވެއްޖެ އަދިކިރިޔާރޭކާލީ!
ޢެޑްމުންޑޯ
20 September 2025
ތިކަން ބަލާ ތަހުގީގުކުރުމުގެ ކުރިން ތިގޮތަށް ހާމަކުރީމާ ހެކިނައްތާލާ ނުވަތަ ނުފޫޒް ފޯރުވާ ތާކުންތާކު ނުޖެހޭ ކަމަކަށް ބަދަލުވެގެންދާނީ ،
އަފްރާސިޔާބު
20 September 2025
އަގެއް ބޮޑެއްނޫން. ޓެބްލެޓެއްގެ އަގު 200 ރުފިޔާއަށްވީމާ. ކޮންޓްލޯ ބޭހަކީ އަގުބޮޑުކަމުން ގޮސް ސަރުކާރުން ކޮންޓް ލޯލް ކޮށްދައިވާ ބޭހެއްވިއްޔާ އާންމު މީހަކު އެވިއްކަނީ އޭނާއަށްވެސް ފައިދާއެއް ލާފައެއްނޫންތަ! 10 ޑޮލަރުވީމާ ގުޅައެއްގެ އަގު ބޮޑެއްނޫނޭ ބުނެވޭނީ.
raajje
20 September 2025
އަފްރާސިޔާބު: ދޮންކަލޯ ކީކޭތަތިކިޔަނީ؟ ބޭސްކޮންޓުރޯލުކުރަނީކީ އަގަށްބަލައިގެނެއްނޫން، ބޭސްކޮންޓުރޯލުކުރަނީ ޑޮކުޓަރެއްގެ ހުއްދައާނުލާ ބެނުންކޮށްފިނަމަ ގެއްލުމެއްލިބިދާނެ ބާހާ އަދި އެބޭހަކުން އިތުރު އެހެންކަންކަން ކުރެވިދާނެބޭސްތައް މިސާލަކަށް މަސްތުވުމަށްބޭނުންކުރުންފަދަ
އަފްރާސިޔާބު
20 September 2025
ކީކޭ ތިބުނީ. މަބުނީ ފުޑްކޮންޓްރޯލް ޑިޕާޓްމަންޓްވެސް މާލޭގައި ހިންގިޔޭ. އެވެސް އަގު އެއްވަރެއްގައި ހިފަހައްޓަންވެގެންނޭ. އެހެންވީމާ ޑްރަގް ކޮންޓްރޯލް ކުރަން ބަލާއިރު ޓެބްލެޓެއްގެ އަގު އެންމެ 10 ޑޮލަރަށޭ ވިއްކަނީ. ވަރަށް ކުޑައެއްޗެކޭ ވިއްކާ މީހާއަށް އެއޮންނަނީ. އެހެންވީ ކޮންޓް ކޮށްފައިވާ ބޭހުގެ އަގެއް ބޮޑެއްނޫނޭ.