ރައީސް ޑރ. މުހައްމަދު މުއިއްޒު ފެލިދޫ ކައުންސިލާ ބައްދަލުކުރެއްވުން.
20 ސެޕްޓެމްބަރ 2025 - 11:14
ޓޫރިޒަމް ކުރިއަރާފައި އޮތް ވ. އަތޮޅުގެ ހަތަރު ރަށެއްގައި އަންނަ މާޗް މަހުގެ ކުރިން ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގުދުރަތީ ރީތި ރަށްތަކާ އެކު ޓޫރިޒަމްގައި "ވާއުއެޓޯލް"ގެ ނަމުން މަޝްހޫރު އެ އަތޮޅަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ މީހުން ދިރިއުޅޭ ފަސް ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އަތޮޅުގެ ތިން ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ޖެހެނީ، ގިނަ އަދަދެއްގެ ޑޮލަރު ދައުރުވަމުންދާ ރަށްތަކަކަށް ވުމާ އެކު ޓޫރިޒަމް ކުރިއަރުވަން ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.
ޑޮލަރު އޭޓީމް ބަހައްޓަން ކަނޑައަޅާފައިވާ ރަށްތަކަކީ ވ. ތިނަދޫ، ފުލިދޫ، ފެލިދޫ އަދި ކެޔޮދޫ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ފެލިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކެޔޮދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިއަދު ވިދާޅުވީ ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގައި އަމަލީ ކުލަ ޖައްސައިދިނުމަކީ ސަރުކާރުގެ މަސައްކަތެއް ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ މާޗް މަހުގެ ކުރިން އެ ހަތަރު ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ވާވު އަތޮޅުގެ ޓޫރިޒަމް އެންމެ ކުރިއެރީ ޝިޕްރެކް ސަރަހައްދަށްދާ ޓޫރިސްޓުންނާއި ދިވެހިންގެ އަދަދު އިތުރުވުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
އެއީ ޓޫރިސްޓުންނާއި ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. ފަރަށް އަރާފައި އޮންނަ އެ ބޯޓު ބަލައިލުމަށާއި އޭގެ ކައިރީގައި ފީނުމަށް ވ. އަތޮޅާއި މާލެ އަތޮޅުގެ ރަށްރަށާއި ރިސޯޓުތަކުން ވެސް ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ ދުވަހަކު ދެ އެވެ. އެ ސަރަހައްދަށް ޓޫރިސްޓުން ގެންދަނީ ވެސް ގެސްޓް ހައުސްތަކާއި ރިސޯޓުތަކުން ޕެކޭޖުތައް ވިއްކައިގެންނެވެ.
ވ. އަތޮޅުގެ ލޯކަލް ޓޫރިޒަމް ކުރިއެރުމުގައި މި ޝިޕްރެކަކީ މުހިންމު ދައުރެއް އަދާކުރި ޓޫރިސްޓް އެޓްރެކްޝަނެކެވެ. އެ އަތޮޅުގައި ހުރި ގެސްޓް ހައުސްތައް ޕްރޮމޯޓްކުރާއިރު މި ޝިޕްރެކް ވަރަށް ބޮޑަށް ބޭނުންކުރެ އެވެ.
ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ އެ ބޯޓު ފަރުން ނެއްޓިގެން މިދިޔަ ހުޅަނގު މޫސުމުގެ ވިއްސާރާގައި އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ މިހާރު އޮންނަނީ އެތާ ކައިރި ސަރަހައްދެއްގައި، އޮޔާ ނުދާނެހެން ބާއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސީީނާާ
21 September 2025
ކޮންހާ އޭޓީއެމެއްތަ... މުޅި ދުނިޔެ ޑިޖިޓަލް ވޮލެޓްތަކުން ގުޅުވާ ލެވޭއިރު މިއީ ކޮން ސަކަރާތެއް
ސަލީމާާ
21 September 2025
ރައީސް މުއިއްޒު ވިސްނަވަނީ ހަމައެކަނި ޖެހިން އަންނަ ދުވަހަކަށްނޫން. ވިސްނަނީ މާ ދުރަށް. ބައެއް ބޭފުޅުންނަށް މީގެ ހިކްމަތް މިހާރު ނުފެނިދާނެ. އެއީ މައްސަލައެއްނޫން. ވަގުތު ދާ ވަރަކަށް އިގޭނެ.
އިމްދާދްް
21 September 2025
މިވެސް ވަރަށް ޓުއަރިޒަމް ފުޅާ އަތޮޅެއް. ޑޮލަރު އޭޓީއެމްގެ ހިދުމަތް މި އަތޮޮޅަށް ވަރަށް މުހިންމުވާނެ.
މުހައްމަދު ޖަމީލް
21 September 2025
ބަލަ އޭޓީއެމް ރަށްރަށުގެ ބަހައްާޓަން ދެކޮޅު ހަދާމީހުން ވީނުން މާލޭ އޭޓީއެމް ތަކަށް ނުވަދެ އުޅެން، ބޭންކު އޮފް މޯލްޑިވްސް އަށް ގޮވާލަން މާލެ ހުޅުމާލެ އަދި ވިލިމާލެ، އަދި އެއަރޕޯޓުގައި ބަހައްޓާފަ ހުރި އޭޓީއެމް ތައް ބަންދު ކުރަން، އޭރުން އެނގޭނެ މާލޭ ސަރަހައްދުގައި މިއުޅޭ ގުރޫޕަށް ވާނެ އުނދަގޫ
ތަމްހީދު
21 September 2025
ބައެއް މީހުން ކޮމެންޓު ކުރަނީ ޖެއްސުމަށް، ބަލަ ރައްޔިތުންނަށް ފަސޭހަކުރުމަށް ކިތައްމެ ކުޑަކަމެއްވެސް އެ ކުރަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި
ރީހާން
21 September 2025
ކިތަންމެ ރަނގަޅަކަށް ކަމެއް ކުރިޔަށް އެމްޑީޕީ މީހުން އުޅެނީ ކޮންމެ ކަމެއް ސިޔާސީ ކުރަން، އެ ރަށްރަށުގެ ރައްޔިތުން ނިކަން ބޮޑަށް އެދޭތީ ރައީސް އެކަން ކަން ކުރަން ނިންމަނީ
ގުބާދު
21 September 2025
ޔޭސް ވެެރީ ގުޑް، ޑޮލަރު ހަަމައެކަނި ނެގެންޖެހޭނީ މާލޭގައި ދިރިއުޅޭ މީހާއަށް އެކަންޏެއް ނޫން
ގުދުގުދާބެއްޔާ
20 September 2025
ހަމަ ރައްޔިތުން ގުނބޯ ހެއްދުމަށް 1000 އޭޓީއެމް ވެސް ބެހިއްޓިދާނެ! އެކަމަކު މީގެ ކުރިން ރަށްރަށުގަ ބެހެއްޓި އޭޓީއެމް މިހާރު މަސައްކަތެއް ނުކުރޭ! ފައިސާވެސް ގިނަ ރަށްރަށުގަ ނުނެގޭ!
ަރައްޔިތެއް
20 September 2025
ޓުއަރިސްޓުން ގިނައިން އަންނަ މިކަހަލަ ރަށްރަށުގައި ހުރި ދަތިތައް ފިލުވައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެން މިސަރުކާރުން މިކަން ކަން ކޮށްދޭތީ މިސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން
ސީ އެން އެން
20 September 2025
ފޯނު ބޫތު ބަހައްޓަންވީނު. ބޭންކް އައިސް އިނގިލި ކުތިއައް އެރީމަ ކޮން މަލާމާތުގެ އޭަ ޓީ އެމް އެއް ބަހައްޓާކައްތަ. ނިކަން ހިއްވަރެއް ހުތިއްޔާ ތިޔަ އޭ ޓީ އެމް އިން ރުފިޔާ އެކައުންޓުން ޑޮލަރު ނެގޭގޮތް ހަދާދީބަލަ. ހަމަ ރައްރަށުގެ ދިވެހިންނައް މަލާމާތްކުތުން ނޫންކަމެއްނުކުރެޔޭ. ސަލާން އެހެންވިޔަސް.