ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލެއްދޫގައި--
20 ސެޕްޓެމްބަރ 2025 - 17:23
ފ. ބިލެއްދޫ ބަނދަރު މަސައްކަތާ އެކު ބިން ހިއްކުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ފ. އަތޮޅުގެ ރަށްތަކަށް ރައީސް ފެއްޓެވި ދަތުރުގުޅުގައި މިއަދު އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ރަށު ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދާއިރު ކައުންސިލާއި މިނިސްޓްރީން ކުރާ މަޝްވަރާގައި ބަލާނީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތެއް ކަމަށެވެ.
އީއައިއޭ ހަދައި އޭގެ ނަތީޖާއަށް ވެސް ބަލައި ބިން އިތުރުކުރެވެން އޮތް މިންވަރަކަށް އެކަން ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީން އެ ރަށުން ފައިބައިގެން ދާނީ ބިން ހިއްކުމުގެ މަޝްރޫއު ވެސް ނިންމުމަށް ފަހުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"ބިން ހިއްކާނީ ފަރުގެ އެންމެ ކަނުން ފެށިގެން. އެންމެ ކުޑަކޮށް ޖާގަ ބޭއްވޭ ވަރެއް ބަލަފައި ފަރުގެ ޖާގަ ދޫކުރާ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރު ވެސް މި މަޝްރޫއުތަކުގެ މަސައްކަތް ކުރިޔަށް ދާނެކަމަށާއި ބިން ހިއްކުމަށް ބޭނުންވާ ބަޖެޓު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެ ފައިސާ ހަމަޖެހޭނެކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހައްމަދު ހަނީފް
21 September 2025
ސާބަހޭ ރައީސް. އިންޝާﷲ ދެވަނަ ދައުރެއް މި ރައީސް އަށް ލިބޭނެ ކަމާމެދު އެއްވެސް ޝައްކެނެތް.
އަމްނު މުހައްމަދު
21 September 2025
މުއިއްޒްމެން ބުނާ ބަހުގެ އިތުބާރު އޮވޭ. މިދިޔަ އެއްވެސް ސަރުކާރަކުން އަޅާ ނުލާ ހުރި ކަންކަން މިއީ.
ތޫބާ ނާޒިމް
21 September 2025
ރައީސް މުއިއްޒް މިއީ ގަދަ މީހެއް. ނަތީޖާ މިދަނީ ނެރެމުން އެއްޗަކަށް ވާވަރަށް.
ނުއުމާން
21 September 2025
ތަރައްގީގެ މަޝްރޫތައް ބާރަށް ކުރިއަށްދާތަން މިފެނިގެންދަނީ. ރައްޔިތުން ތިބީ މިސަރުކާރަށް ބޮޑުތަނުން ހިތްހަމަޖެހިގެން
ހަމްދާ
20 September 2025
މަރިމައްޗައް ވައުދު. ކުރީގެ ވައުދުތަކަށްވީ ކިހިނެއްވީބާ
މުޑަހަންޖާ
20 September 2025
ދައުލަތުގެ ފައިސާއަކީ ގޭގޭގައިވެސް ގެންގުޅޭކަހަލަ ފައިސާކަމާއި، އެއިން ބިންހިއްކުމާއި އޭޓީއެމް ބެހެއްޓުން ނޫނަސް ވަރަށް ގިނަ ކަންކަން ކުރެވިދާނެކަން ރަށްރަށު ރައްޔިތުންނަށް އަންގަން ޖަމިއްޔާތަކުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމު ހިންގަން އެބަޖެހޭ. ހަމައެއާއިއެކު ކައުންސިލްތައް ތަޖުރިބާ ދަތުރުތަކު ބޭރަށް ފޮނުވައިގެން ބިންހިއްކުން ފިޔަވާ ތަރައްގީއަށް ކުރެވިދާނެ 20 ކަމެއް ލިޔެގެން ހިތުން ދަސްކުރުވަން މަޖުބޫރުކުރަންޖެހޭ.