ރައީސް މުއިއްޒު މިރޭ ފ. ނިލަންދު އަށް ވަޑައިގެން އުމުރުން ދުވަސްވީ މީހަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
20 ސެޕްޓެމްބަރ 2025 - 23:15
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިހާރު ކުރިއަށް ގެންދާ ދެ ވަނަ ބުރުގައި 86 ކައުންސިލާ ބައްދަލުކުރައްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިލަންދޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ވަނަ ފަހަރަށް ބައްދަލުކުރައްވާ 86 ކައުންސިލްގެ އަދަދު ހަމަވީ ނިލަންދޫގެ ކައުންސިލާ އެކު މިރޭ ބޭއްވި ބައްދަލުވުމާ އެކު ކަމަށެވެ.
"ދޮޅު އަހަރު، ދެ އަހަރު ވެގެން ދާއިރު އަޅުގަނޑުމެން މި ގެންގުޅެނީ އަމަލީ ގޮތުން ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުން. އަޅުގަނޑުމެން މި އަންނަނީ ކައުންސިލްތައް ގާތަށް، ރައްޔިތުން ގާތަށް. މާލެއަކަށް ކައުންސިލެއް ނުގެންދަން. އަމިއްލަފުޅަށް ކައުންސިލްތަކުން މާލެ ވަޑައިގެންފާނެ. އެއީ އެ ބޭފުޅުންގެ އިހުތިޔާރުގައި އޮތް ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަކޮޅު ނުވަތަ މެދުތެރެއަށް ދާއިރު ރާއްޖޭގެ ހުރިހާ ކައުންސިލަކާ އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ހުރިހާ ކޮމިޓީއަކާ އެ މަނިކުފާނު ބައްދަލުކުރައްވައި ނިމޭނެ އެވެ.
"އަދި ވަރަށް ތަފުސީލްކޮށް މިއިން ކޮންމެ ބައްދަލުވުމެއްގައި ރައްޔިތުން ބޭނުންވާ ކަންކަމަށް އެބަ މަޝްވަރާ ކުރެވޭ ހުރިހާ މުއައްސަސާތަކާ އެކު. އަމަލީ ގޮތުން ލާމަރުކަޒީކޮށް ގައުމު ހިންގުން އަޅުގަނޑުމެން ތަންފީޒު މި ކުރަނީ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ފުރިހަމަ އަށް ގަބޫލުކުރާ ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ. އަޅުގަނޑު އެ ނިޒާމުގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތްކުރި ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ. އެ ނިޒާމުގެ ފުރިހަމަކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަމަލީ ގޮތުން މަސައްކަތް ކޮށްދީފައި ހުރި މީހެއް."
ރައީސް މުއިއްޒު ނިލަންދޫގެ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވިދާޅުވީ، އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް އެންމެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކަށް އެ މަނިކުފާނު ޒިޔާރަތް ކުރައްވައި ނިމޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.
ދޮޅު އަހަރު، ދެ އަހަރު ވެގެން ދާއިރު އަޅުގަނޑުމެން މި ގެންގުޅެނީ އަމަލީ ގޮތުން ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުން.--- ރައީސް
ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު މި ސަރުކާރުން ކުރިއަރުވަމުން އަންނައިރު އެންމެ އިސްކަންދޭ އެއް ބަޔަކީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތައް ކަމަށެވެ. އެހެންވެ، އެ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ދިނުން ފަދަ ކަންކަން ގާނޫނީ ނިޒާމުގެ ތެރެއިން ފަހިކޮށްދީފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެއީ ކުރިން ވެސް ކުރެވެން ހުރި ކަންތައްތައް ކަމަކު ނުކޮށް ދޫކޮށްލާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނިލަންދޫގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އަންހެނުން ބާރުވެރި ކުރުމަކީ އަޅުގަނޑުގެ ވަރަށް މުހިންމު ސިޔާސަތެއް. މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް އަމަލީ ގޮތުން ތަންފީޒު ކުރާ ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ގާނޫނުގައި މިހާރު އޮންނަ ގޮތުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދެނީ ކައުންސިލްގެ ބަޖެޓުގެ ފަސް ޕަސެންޓު ކަމަށް ވިޔަސް އަންނަ އަހަރުގެ ބަޖެޓުގައި އެ އަދަދު ދެ ގުނަ ކުރާނެ ކަމަށެވެ. އަދި އޭގެ ފަހުން ހުރިހާ އަހަރުތަކެއްގައި ވެސް އެކަން ހިނގާނީ އެ ގޮތަށް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުސްތަފާ ކަރީމް
21 September 2025
ރަައްޔިތުންގެ ރައީސް. ރައްޔިތުންގެ އަރިހަށް.
1828
21 September 2025
ދެން ރާއްޖެއިން ބޭރަށް ބުރު އަޅާއިރު؟
ފިރާގް
21 September 2025
ހަމަ އެކަނި އިންތިހާބަކާ ދިމާކޮށް ކަޑަޖަހަން ދާ ވެރިއެއްނޫން ރައީސް މުއިއްޒުއަކީ، މުއިއްޒުއަކީ އަބަދުވެސް ރައްޔިތުން މީހާގެ އިހުސާސް ދަންނަށް ވެރިއެއް
މައުސޫމް
21 September 2025
އަބަދުވެސް ރައްޔިތު މީހާގެ އިހުސާސް ދަންނަށް ވެރިއެއް. ހަމަ ހަގީގަތުގަވެސް ނަމޫނާ ވެރިއެއް މީ
1828
21 September 2025
ދޮގު ހަދަން ނަމޫނާ
ދިލްޝާންް
21 September 2025
ވަރަށް އުފަލާއެކު މިބުނަނީ މިހާ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ވެރިއެއް އަހަރެންނެއް ނުދެކެން.
ޝުއާއުު
21 September 2025
އެހެން ހުރިހާ ވެރިންނަކީވެސް ވޯޓަކާ ޖެހުނީމާ ރައްޔިތުން ހަނދާންވާބައެއް. އެކަމަކު ރައީސް މުއިއްޒު އެހެނެއްނޫން. މިހާރު ރާއްޖޭގެ ހުރިހާރަށަކަށް ކަހަލަ ގޮތަކަށް މީހުންގެ ހާލަތުބެއްލެވުމުގައި އަބަދުވެސް އެ ހުންނަވަނީ.
ޖައުފަރްް
21 September 2025
ރައީސްއަށް ނޯންނާނެ ޗުއްޓީއެއް. އަބަދުމެ ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި. ސާބަހޭ ރައީސް މުއިއްޒު
ސަމަދް
21 September 2025
ރައީސް މުއިއްޒަކީ ވަރުބަލިކަމެއްނެތި ގައުމަށް ހިދުމަތްކުރެއްވުމުގައި ނަންބަރ 1
ހާނިން ދީދީ
21 September 2025
ތިޔަ ރަށް ރަށަށް ދާ ގޮތައް އާދެބަލަ މައްޗަންގޯޅި ރައްޔިތުންނާއި ބައްދަލުކުރަން ، އަހަރުން މީ ހަމަ އެކަނި ވޯޓްލާންވީމާ ބައްދަލުކުރާ ބައެއްތަ؟ ހުރިހާ އެންމެން ފޭސް2 ގެ ރައްޔިތުންނާއި ބައްދަލުކުރާހެން ކީއްވާނީ މާލޭގެ އެހެން އަވަށު މީހުންނާއި ބައްދަލުވެސް ކޮއްލިއްޔާ
މިންހާޖްް
21 September 2025
މަ ހުވާ މީ އެހެން ލެވެލްއެއްގެ ރައީސެއް. ހިއްވަރުގަދަ!