ރައީސް މުއިއްޒު ދަރނަބޫދޫގެ ބައެއް މީހުންނާ އެކު އެ ރަށުގެ ބައެއް ކަންކަން ބައްލަވައިލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
21 ސެޕްޓެމްބަރ 2025 - 11:38
ފ. ދަރަނބޫދޫގެ ތަރައްގީއަށްޓަކައި މި ސަރުކާރުން އިތުރު މަޝްރޫއުތަކެއް އިއުލާންކޮށް، ކުރީގެ މަޝްރޫއުތައް ވެސް ނިންމައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ފ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރައީސް މިއަދު ހެނދުނު ދަރަނބޫދު އަށް ވަޑައިގެން ވިދާޅުވީ، މި ސަރުކާރުން އެ ރަށަށް ވެފައިވާ ވައުދުތައް ފުއްދުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
ދަރަނބޫދު އަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ބައެއް ކަންކަން މިއަދު ފަށާނެ ކަން ވެސް އެ މަނިކުފާނު އިއުލާން ކުރެއްވި އެވެ.
އެގޮތުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މިއަދު ބިންގާ އެޅި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި އެ އިމާރާތާ އެކު، ދަރަނބޫދޫ ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލު ކުރާނެ ކަމަށެވެ. އަދި އެ ރަށަށް އިތުރު ނަރުހެއް ހޯދުމަށް އިއުލާން ކުރުމުގެ ހުއްދަ ދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ދަރަނބޫދު އަށް ވަޑައިގެން އެ ރަށުގެ މީހަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ދަރަނބޫދޫ ސްކޫލުން ބޭނުންވާ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މި އަހަރު ފެށިއިރު އެއްވެސް ވަރަކަށް ފުލުހުންގެ ހިދުމަތް ނެތް 39 ރަށެއް އޮތް ކަމަށާއި އެ ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
އަމިއްލަ މީސްމީހުންގެ ގޭގެ ކުއްޔަށް ހިފައިގެން ވެސް ބައެއް ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ހިންގާ ހިންގުމަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، ދަރަނބޫދޫގައި ވެސް ފުލުހުންގެ މަރުކަޒެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ރައީސް މުއިއްޒު މިއަދު ދަރަނބޫދު އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ބާކީ 15 ވަރަކަށް ރަށް އޮތްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ފުލުހުންގެ މަރުކަޒުތައް ނޭޅި ހުރި އެބަހުރި ކަމަށާއި އެ ރަށްތަކުގައި ވެސް މި އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
ދަރަނބޫދޫ ގިރުމުގެ މައްސަލަ ހައްލު ކުރުމަށް އެ ރަށުގެ ކައުންސިލާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ މަޝްވަރާ ކުރައްވާނެ ކަމަށާއި އެއީ ދިރާސާ ކުރަންޖެހޭ ކަމަކަށް ވާތީ، ރަނގަޅަށް ބެލުމަށް ފަހު، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދަރަނބޫދު އަށް ދެން ވަޑައިގަންވާނީ އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިމި، އޭގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ީރާޅު
21 September 2025
ޜައްޔިތުންގެ މަޖިލިހުގެ ވޯޓައް ދަރަބޫދޫގަ ހަމައެކަނި ކިޔަވަގެން ހުރި މީހާކަމައް ބުނާ މީހާޔައް ވަޒީފާދިނީ. މިފަހަރު ކޮންބޭނަކުބާ ލޮބުވެތި ރައީސް ކައިރީ ތިހިރީ(ވލދ)
އެކޮއި
21 September 2025
ރާއްޖޭން ބޭރުގެ ދަތުރަށްފަހު ރަށްރަށަށްކުރާ ދަތުރުތަކުގައި ކޮންމެ ރަށަކަށް އަރާ ނުކަތާވަރުގެ ވަޢުދުތައްވުމަށްފަހު ފައިބައިގެންދަނީ ރައްޔިތުންގެ ލޮލުގައި ނުހަނު ރީއްޗަށް އަނދުން އަޅުވާފައި. ދުވަހަކުވެސް އެ ދައްކާ ހުވަފެންތަކުގައި ކުލައެއްނުޖެހޭ. ދެން އަނެއްކާވެސް ރާއްޖޭން ބޭރަށް ދަތުރެއް. މަހަކު ދެރިންދަތުރު އަޅާ އެތައްފައިސާއެއް ތަޅާ ބުރުއްސަމުންދާއިރު އަހަރެމެން މިއުޅެނީ އަނގަޔާ އަތާދިމާނުވެގެން. މިނޫނީ އަދި މިހާ އިންސާފެއްނެތް ވެރިއެއްނުދެކެން.
އަފްރާސިޔާބު
21 September 2025
ރާއްޖޭން ބޭރުން އަޔަސް ރާއްޖެތެރޭގެވިޔަސް ރައްޔިތުން އެދޭނަމަ ރައީސުލްޖުމްހޫރިއްޔާއަށް ވައުދު ފުއްދޭނީ. ރައްޔިތުން އެދޭކަން އެނގޭނީ ވޯޓް ނުގަގައިގެން ރައްޔިތުންގެ ޚިޔާލު ބަލައިގެން. 80 ޕަސެންޓް ވޯޓް ރައީސުލްޖުމްހޫރިއްޔާގެ ވައުދު ފުއްދަން އެއްބަސްވާނަމަ އެކަންކުރެވޭނެ. އެއިރުން ވައުދު ދާނީ ތުނޑުން ތުނޑަށް ރަނުން ރަނަށް ފުއްދެމުން. ރައްޔިތުން ނޭދޭކަމެއް ކިހިނެއް ރައީސް ކުރާނީ.
ޒުޚްލާ
21 September 2025
ތީ އުވާލަންވެފަ އޮތް ރަށެއް. ނިލަންދޫއަށް އެ ރަށު މީހުން ބަދަލު ކުރަންވީ. ގަދަކަމުން ވިޔަސް
ހުޝާމު
21 September 2025
"އޭޓީއެމް ދޮންބެ" ޕަކާސް
ރުވޭދާ ރަމީޒް
21 September 2025
މިދިޔަ އެއްވެސް ވެރިޔެއް ނެތް ދަރަނބޫދު އަށް އެއްވެސް ކަމެއް ކުރެވިފައެއް. ހަގީގީ މާނާގައި މިކަންކަން މިކޮށްދެނީ ހަމަ ޔަގީނުންވެސް އަދުގެ ސަރުކާރުން ކަން މި ރަށު އެއްމެން ގަބޫލް ކުރޭ.
1828
21 September 2025
ތިއަށޭ ބޭކާރު ޚަރަދު ކިޔަނީ. ދަރަނބޫދޫ މީހުން ނިލަންދޫއަށް ބަދަލުކުރަންވީ
އަލީ ޝަމްހާން
22 September 2025
ކޮންމެ ވެރިޔަކު އައިސް ދަރަނބޫދޫއަށް އަރާ ފޮނި އަގަތަކެއް ތަޅާފަ ދަނީ ދެން ރައްޔަތުން ތިބޭނެ ހެވިފަ އަސްލު ހަގީގަތުގަ ވާކަމެއް ހަރާމް ކުރާކަމެއް ވިއްޔާކުރާނީ ނިލަންދޫޔަށް
ހަަސް
21 September 2025
ތިރަށުން މީހުން ބާލަންވީ 300ހަމަނުވޭ. ޢެހާފިތުނަ
ޝަމްޚަން
22 September 2025
ކިތައްމެ މީހުން މަދަސް މީވެސް ދިވެހި ރައްޔަތުން ތަކެއް ދިރިއުޅެމުން ދާ ރީތި ރަށެއް
އެޑްމުންޑޯ
21 September 2025
ތި ސޮއިކުރާމީހުންވެސް ކުޅަދާނެ ، ހާދަ ސޮޔަކޭ ކުރަމުންތިދަނީ ، އިނގިލިތަށް ވާޅުވެ މޯޅިވާ ވަރަށް މިހާރުވެސް ސޮއިކުރެވިއްޖެ ،
މަލީން އަލީ
21 September 2025
300 މީހުންވެސް ތިރަށުގައި ދިރިނޫޅޭ. ގެސްޓްހައުސް ހިންގަން ފައްކާ ރަށެއް. ރީތި ތުނޑިއެއް އޮވޭ.
އަބްޑޫޅް +
21 September 2025
މިހާރު، ބީރަށްޓެހި ރަށްފުށުގެ ކަތީބުން، މުދިމުންނާއި ނައިބުކަލޭގެއިން ބޮލުގަ ފޮށާ ނުއޮޅަނީތަ؟