ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ހދ. ނެއްލައިދޫއަށް ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް
19 ސެޕްޓެމްބަރ 2025 - 15:16
ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރު ފުރާވަޑައިގެންފި އެވެ.
އެ މަނިކުފާނު ވަޑައިގަންނަވާނީ ވ. މ. ފ. އަދި ތ. އަތޮޅަށެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ އެ ދަތުރުފުޅުގައި އެ އަތޮޅުތަކުގައި މީހުން ދިރިއުޅޭ 31 ރަށަށް އެ މަނިކުފާނު ވަޑައިގަންނަވާނެ އެވެ.
މިއަދު ފުރަތަމަ ވަޑައިގަންވަނީ ވ. އަތޮޅުގެ ރަށްތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލިދު އާއި ތިނަދޫ އަދި ފެލިދު އެވެ.
ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.
އަދި ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހު ކުރުން ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މިއީ ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
މި ފަހަރުގެ ދަތުރުފުޅުގައި ވެސް ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެ މަނިކުފާނު އެންމެ ފަހުން ވަޑައިގަތީ އއ. އަތޮޅުގެ ރަށްތަކަށެވެ. މި މަހު ރައީސް ވަނީ ބ. އަތޮޅަށް ވެސް ވަޑައިގަންނަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ެާއާދަނު33
19 September 2025
ކިތަށް އޭޓީއެމް ހުޅުވުން އެބައޮތްތޯ މިފަހަރު؟
ރުންކުރު
19 September 2025
އޭޓީއެމް ހުޅުވިދާނެ....އެކަމަކު ރައްޔިތުން އަތުގައި ފައިސާ ނެތިއްޔާ އެއީ ބޭނުމެއް ފުދޭނެ އެއްޗެއްތަ؟؟
ސަލާމް ހަސަން
19 September 2025
ބައެއްވެރިން ރައްޔިތުންގެ އަޑު އަހަމޭ ކިޔާ ތިބެނީ މާލޭގައެވެ. އެއާ ހިލާފަށް މިހާރުގެ ރައީސް މިފެންނީ ރަށްރަށް ވަރަށް ގިނައިން ދާ މަންޒަރެވެ. މި މަންޒަަރަކީ ރަށްރަށުގައި ދިރިއުޅޭ ރައްޔިން ވަރަށް ހިތްހަމަޖެހޭ މަންޒަރެކެވެ.
ނުއުމާން ހެލްމެޓް
19 September 2025
ރައްޔިތުން ވަރަށް ހެޕީ. ހެޕީ ނޫނީ އެމްޑީޕީ އެކްޓިވިސްޓުން ކޮޅެއް
ނާހިލް ނައީމް
19 September 2025
އިތާދަކުރެއްވިއްޔާ ކުރިއަށް އޮތީ ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް. ސަރުކާރުން މިދަނީ ހުއްޓުމެއްނެތި ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުން
ޢެޑްމުންޑޯ
19 September 2025
ރައީސް ވަޑައިގަންނަވާ ކޮންމެރަށަކަށް ރައްޔިތުންނަށް ދެއްކުމަށް ފަޅުގެ ކަޑަ ޖެހުމަށް ކުރާދަތުރުތަކުން އެމްޓީސީސީ އަށް ފާއިތުވި 2 މަސްދުވަހު އެތެއްމިލިއަން ރުފިޔާ އެއްގެ ގެއްލުން ވެދާނެ ، މިހާރު ބަނދަރު ހަދަމުންދާ ދެތިންރަށުގެ އިތުރުން އިތުރު ބަނދަރެއްހެދޭހާ ހެވީ ވެހިކަލް ނެތީމާ ކުޑަ ހައިމާކް އެއްހިފާގެން ރައީސްދާ ކޮންމެރަށަކަށް މިދަނީ ، ފާޚާނާ ހޮޅިތަށްވެސް ހަމައެގޮތަށް އެއްރަށުން އަނެއްރަށަށް ދަމާދަމާ ބޭރު ތޮށިގޮއްސި
ޔޫސުފް ގަނީ
19 September 2025
މިފަދަ އަޒުމުގައި ކުރިޔަށް ވަޑައިންނަވާނަމަ 2028 ވަރަށް ފަސޭހަވާނެއެވެ
ރަޝާދު ވަހީދު
19 September 2025
9 ދުވަސް ތެރޭ 31 ރަށް ދަތުރުކޮށް ޖަލްސާ ތައް ބާއްވައި ރައްޔިތުންގެ ހާލު ބެލުމަކީ ވަރަށް ބުރަކަމެއް، ނަމަވެސް އަދުގެ ރައީސުލް ޖުމްހޫރިއްޔާ ކޮންމެ މަހަކުހެން އެ ގެންދަނީ ރަށްރަށަށް ދަތުރުކޮށް ރައްޔިތުންގެ މުހުތާދުތައް ބައްްލަވައި، ފުއްދުމަށްޓަކައި މަސައްކަތް ކުރައްވަމުންނެވެ.
ސަސި
19 September 2025
ނުނޭ ރައީސް އަކީ މުރާލި ބޭފުލޭއް