ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ވޭމަންޑޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
27 ސެޕްޓެމްބަރ 2025 - 11:03
ރާއްޖޭގެ ހަތަރު އަތޮޅެއްގެ 31 ރަށަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރު މާލެ ވަޑައިގެންފި އެވެ.
އަށް ދުވަހުގެ އެ ދަތުރުފުޅު ރައީސް ފެއްޓެވީ މި މަހު 19 ވަނަ ދުވަހު އެވެ. އެ ދަތުރުފުޅުގައި ވ. މ. ފ. އަދި ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާ ގުޅޭ ބައެއް މަޝްރޫއުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ އިގްތިސާދު ފުޅާކުރެއްވުމާގުޅޭ މުހިންމު ނިންމެވުންތައް ވަނީ ނިންމަވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ގާދިއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި އެ ހަތަރު އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުމަށް ރައްޔިތުން ބޭނުންވާ ކަންކަން ހިއްސާ ކޮށްދެއްވުމުން އެމަނިކުފާނު ބޭނުންފުޅުވި ކަންކަން ހާސިލްވި އެވެ.
- އޭޓީއެމް ނުހުޅުވި ހުރި ހުރިހާ ރަށެއްގައި އެ ހިދުމަތް ފެށުން
- ވ. އަތޮޅުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރި
- ވ. ގައި ފަސް މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށިގެންދިޔަ
- ވ. ގައި 4 މަޝްރޫއު ނިންމައި ނިންމައި ހުޅުވި
- ފ. އަތޮޅުގައި 10 އެއްބަސްވުމުގައި ސޮއި ކުރި
- ފ. އަތޮޅުގެ 13 މަޝްރޫއުއެއްގެ މަސައްކަރް ފެށި
- ފ. ގެ ހަ މަޝްރޫއު ނިންމައި ހުޅުވި
- މ.ގައި ހަ މަޝްރޫއުގައި ސޮއި ކުރި
- މ. ގެ 13 މަޝްރޫއުގެ މަސައްކަތް ފެށި
- މ.ގެ ދެ މަޝްރޫއު ނިންމައި ހުޅުވި
- ތ. އަތޮޅުގައި 20 މަޝްރޫއުގައި ސޮއި ކުރި
- ތ. އަތޮޅުގެ 29 މަޝްރޫއުގެ މަސައްކަތް ފެށި
- ތ. އަތޮޅުގެ 12 މަޝްރޫއުއެއް ނިންމައި ހުޅުވި
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ގުރައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
"ޒަމާންތަކެއް ވަންދެން ތަރައްގީގެ ރާޑަރުން ކައްސާލާފައި އޮތް ކޮޅުމަޑުލު މި ވަނީ ތަރައްގީގެ ރާޑަރުގެ ސީދާ މެދަށް ގެނެވިފައި، އެއީ ހަމަހަމަކަން ގާއިމުކުރުން. އެއީ އަދުލުވެރިކަން ޔަގީންކުރުން. އެއީ އިންސާފުވެރިކަން. އެއީ އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރަކުން ކަންކަން ކުރަން ޖެހޭނެ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން އެ ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ބައިވެރިވެ ވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކާމ،ިލްް
28 September 2025
ރައީސް މުއިއްޒުއަށް ހަމަ ސެލިއުޓް. މިއީ އެހެން ލެވެލްއެއްގެ ރައީސެއް.
ޖައިލަމްް
28 September 2025
މިހާތަނަށް މިރާއްޖޭގައި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތްކުރެއްވި ރައީސަކީ މިއީ.
އަންސާމްް
28 September 2025
މިއީ ހަމަ ކުޅަދާނަ ރައީސެއް. ތިޔަ ހިއްވަރަށް ހަމަ ސާބަސް
މާހިރު
27 September 2025
ރައީސް މުޢިއްޒު އަކީ ހަރުދަނާ މީހެއްކަމަށް ފުރަތަމަ ހީވިއެވެ. އެހެންނަމަވެސް ޤައުމު ބަނގުރޫޓްވާ ހިސާބަށް ގޮސްފައިވާކަމަށް ވިދާޅުވެފައި ދެން މިފެންނަނީ ޤައުމާ ނުބައްދަލުވާވަރަށް ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވާ ތަނެވެ. ނަމަވެސް އެކަންކަން ކުރިއަށްދާތަނެއްވެސް ނުފެނެއެވެ. ދެން ކައިރިކައިރީގައި އެއަރޕޯރޓްތައް އަޅާވާހަކަ ވިދާޅުވުމުން އެއީ އިޝްރާފްކަން މާބޮޑު ޢިލްމެއް ނެތް މީހާއަށްވެސް އެނގޭނެއެވެ.
އަންކަލް
27 September 2025
ބިޔަ ބޮޑު ފައުޖު ގޮވައިގެން ގޮސް ހަރަދު ވަނީ ކިހާވަރެއް ތި ދަތުރުތަކަށް؟
ނިމްޝާދްް
28 September 2025
ކޮންމެ ވަރެއް ހަރަދުވިޔަސް ރައްޔިތުންގެ އުދާސްތަށް އަޑުއަހަން ރައްޔިތުން ކައިރިޔަށްދިޔުން އެއީ ކުރަންޖެހޭ ކަމެއް.