ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

ބޮޑެތި ރަށްރަށަށް ބަދަލުވާން ހިތްވަރު ދެން: ރައީސް

ރައީސް މުއިއްޒު ކިނބިދޫ ކައުންސިލްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ވަސީލަތްތައް މަދު އަދި ކުދި ރަށްތަކުގައި ދިރިއުޅޭ އެންމެން އެ އަށް ވުރެ ބޮޑެތި ރަށްރަށަށް ބަދަލުވާން ސަރުކާރުން ހިތްވަރު ދޭ ކަމަށާއި އެ ކަމަކު އެ ކަން ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ރައްޔިތުން އަމިއްލަ އަށް ބޭނުންވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުޅުގައި މިއަދު ކިނބިދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އާބާދީ އެއްފަސް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ބޮޑެތި ރަށްރަށަށް މީހުން ބަދަލުވާން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެ ކަމަކީ ރައްޔިތުން އަމިއްލަ އަށް ވިލިންގްލީ، ބޭނުންވެގެން އަޅުގަނޑުމެން ކުރާނެ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިއަދު ކިނބިދު އަށް ވަޑައިގެން އެ ރަށުގެ އުމުރުން ދުވަސްވީ މީހަކާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ވޭމަންޑު އާއި ކިނބިދޫގެ ކޯޒްވޭ ގުޅުވުމުން ދެ ރަށުގެ ރައްޔިތުންނަށާއި އެ ދެ ރަށަށް ހިޖުރަކުރަން ބޭނުންވާ ރައްޔިތުންނަށް އެއީ މުހިންމު ސަރަހައްދަކަށް ވާނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ. ރައްޔިތުންގެ ހިޔާލާއި ވާހަކަތަކުން ވެސް ވިސްނި ވަޑައިގެންފައި ވަނީ އެއީ ކިނބިދޫ ރައްޔިތުންގެ ވެސް ވިސްނުން ހުރި ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިއަދު ކިނބިދު އަށް ވަޑައިގެން ބައެއް މީހުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވަނީ އެ ދެ ރަށް ގުޅާލައި، ކޯޒްވޭގެ މަސައްކަތް ނިންމަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އެ މަނިކުފާނު ތަކުރާރުކޮށް ފާހަގަކުރެއްވި ގޮތުގައި ކިނބިދު އާއި ވޭމަންޑޫގައި އެންމެ މުހިންމު ކަމަކީ އެ ދެ ރަށް ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތެވެ.

ރައީސް ވިދާޅުވި ގޮތުގައި ކިނބިދު އާއި ވޭމަންޑޫ ގުޅުވައިދޭ ކޯޒްވޭ ހަދާނީ އިންވެސްޓާ ފައިނޭންސް މޮޑެލްއެއްގެ ދަށުންނެވެ. އެއީ އެލާ، ޓޫރިޒަމް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓަށް ދޫކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ތ. އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި ވަރަށް ބޮޑެތި ޑިސްކައުންޓުތަކެއް ވެސް ދޭން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެލާ ޓޫރިޒަމް ޕްރޮޖެކްޓާ އެކު، ކިނބިދޫ-ވޭމަންޑޫ ކޯޒްވޭ ގުޅުވައިލުން ހަގީގަތަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތާ އެއްގޮތަށް ރަށުން އެހެން ރަށަކަށް ބަދަލުވާން ތިން ރަށުގެ ބައެއް މީހުން އެދިފައިވެ އެވެ. އެއީ ވ. ރަކީދު އާއި މ. ރަތްމަންދޫގެ އިތުރުން ކިނބިދޫ މީހުންނެވެ.

22 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

26 September 2025

ތިގޮތަށް ތިވާހަކަނުދައްކަވާ ދުނިޔޭގެ އެންމެމުޑުދާރު ވެރިރަށް އަދި ސާކް ސަރަޙައްދުގެ އެންމެބޮޑު ސްލަމްގެ ގޮތުގައި ބޭރުގެ ބޮޑެތިމީޑިޔާތަކުން ސިފަކޮށް Chemical City ގެނަމުން އެރަށުގެވާހަކަ ފަތުރަމުންގެންދާ، ކ.މާލެސަރަޙައްދުގެ ކަނޑުފަޅަށް ދައުލަތުގެ ޙަޒާނާ ތަޅާހުސްކުރުމުގެ ބަދަލުގައި، ރާއްޖޭގެ އުތުރާއި ދެކުނުގައިހުރި ޤުދުރަތީ ބިން ބޮޑު އަދި ހިއްކައިގެން ބިން ބޮޑުކުރެވޭނެ ރަށްރަށުގައި އިންސާނުން ދިރިއުޅެން ބޭނުންވާ ވަސީލަތް ޤާއިމް ކޮށްދޭންވީ ނޫންތޯ؟!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

26 September 2025

މީގެ 50 އަހަރު ކުރިއަށް ޖެހިލާފައި އޭރު ރާއްޖެ އޮތް ގޮތާއި، ރާއްޖޭގެ މީހުންގެ ދިރިއުޅުމާއި އާބާދީ ބެހުފައިވާ ގޮތާއި، އިޤްތިސޯދީ ބާރުވެރިކަން އޮތް ގޮތުގެ ފުރިހަމަ ހޯދުން ތަކެއް ހޯދައިފި ނަމަ ކ.މާލެ އަށް ވުރެން ހުރިހާ ގޮތަކުންވެސް ފުދިގެން ތަނަވަސްކޮށް އުފާވެރި ދިރިއުޅުމެއް އުޅުނު އައްޑޫ ނުވަތަ ދެކުނު މީހުނާއި، އަދި ރާއްޖޭގެ އުތުރުގެ ބޮޑެތި އަތޮޅު ތަކުގެ ރައްޔިތުންވެސް ކ.މާލެއަށް ހިޖުރަ ކުރާންޖެހުނު ސަބަބު ސާފުކޮށް ފެންނާނެ. ކީއްވެ މިކަން ނޭގެނީ؟

The name is already taken The name is available. Register?

އުދުހޭ

25 September 2025

އަނގަބަހުން ހިތްވަރު. އަމަލު އެއާ ދެކޮޅު. ކައިރިކައިރީގަ ހުންނަ ރައްތަކުގަ އެއަރޕޯޓް އަޅަން ނިންމީމާ އެކަން އެބަހާމަވޭ.

The name is already taken The name is available. Register?

1828

25 September 2025

އެއްފަސްކުރުމުގެ ވާހަކަ ދައްކާފައި 500 ހަމަނުވާ ރަށެއްގެ ބިންހިއްކަން ސޮއިކުރީމައި އެބަ އިނގޭ ސަރުކާރުން އެއްފަސްކުރުމަށް ހިތްވަރުދޭކަން. އެއްފަސްކުރުމަކީ ރައްޔިތުންގެ ނުރުހުމުގައިވެސް ކުރަން ޖެހޭ ކަމެއް. އެފަސްކުރުމުގެ ޕްލޭނެއް އޮވެ، މެގަ ޕްރޮޖެކްޓެއް ޖައްސައިފިނަމަ އެތަނަކަށް ރައްޔިތުން ހިޖުރަކުރާނެ. މާލެއަށް ރާއްޖެތެރެއިން ރައްޔިތުން ހިޖުރަކުރީކީ މާލެ ރީތިވެގެންނެއް ނޫނޭ އަދި އަތުގައި ފައިސާ ގިނަ ކަމަކުންވެސް ނޫނޭ.

The name is already taken The name is available. Register?

ކަމަނާގޯތި އާދަނު

25 September 2025

200 ހަމަނުވާ ރަށްރަށުގާ ޑޮލަރު އޭޓީއެމް ބެހެެއްޓީމާ އެމީހުން ރަށުން ފައިބާނެތަ؟

The name is already taken The name is available. Register?

ކޮރަލް

25 September 2025

މިފެންނަނީ މުއިއްޒު ކުރިއަށް އޮތް ދައުރު ނަގާ ތަނެވެ.

The name is already taken The name is available. Register?

ހިންނަވަރު ކަތްދާ

25 September 2025

އަހަރެން ބޭނުމީ މާލެ / ހުޅުމާލެއަށް ބަދަލުވާން، މުސްކުޅި މައިންބަފައިން ޑޮކްޓަރަށް ދެއްކުމަށް މިހާރު މަހަކު 1 ފަހަރު ނޫނީ ތިންމަހުން ދާންޖެހޭތީ، ގޮސް މިތިބެނީ ބޮޑުއަގުގަ ކުއްޔަށް، ހެޔޮއަގެއްގަ ފްލެޓެއް ދިނަސް ދާގޮތަށް މިހުރީ..

The name is already taken The name is available. Register?

ދަޅުކެނޑި

25 September 2025

އިންތިހާބު ކާރިވީމާ ކަލޭމެން ރަށަށް ދާއިރަށް ގޮވާނީ ބަދަރު ބޮޑުކުރާށޭ ބިންހިއްކާށޭ، ބަނދަރު ބޮޑުކުރާ ފައިސާއިން އެކަނި ހަސްފަތާލެއްހަދާފަ 100 ޑޮކުޓަރުން ރަށުގަ ބޭތިއްބޭނެކަން ރޭކާނުލާ.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

25 September 2025

ހިއްވަރެއްނޫން ދޭންވީކީ. 800 ހަމަނުވާރައްތައް ދަފްތަރުން އުނިކުރާންވީ. ދެން އެމީހުންނަށް ބޮޑެތި ރަށްތަކުގާ ގެދޮރު ބިނާކޮށްދީ 10 އަހަރުވަންދެން ކޮންމެވެސް އެލަވަންސެއްވެސް ދޭންވީ. ގައިމު ޚަރަދުކުޑަވާނެ ފެނާ ނަރުދަމާޔާ މަރުކަޒާ އިސްކޫލުތައް އެޅުމަށްވުރެ. 30 އަހަރު ޕުލޭނުގާ މިގޮތަށް ޕުލޭނު ނެތިއްޔާ އެ ހަދާނެކަމެއްނެތް.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

25 September 2025

ހަމައެކަނި ހިތްވަރުދިނަކަސް ކަމަކުނުދާނެ. އިނާޔަތެއްވެސް ދޭންވާނެ. ދުލާ އަތާ ދިމައެއްނުވޭ ވާހަކަދައްކާއިރަކު.

The name is already taken The name is available. Register?

raajje

25 September 2025

ވެރިމީހާގެޒިންމާއަކީ ބާރުގެބޭނުންކޮށްގެންވިޔަސް ރައްޔިތުންނަށްއެންމެފައިދާހުރިގޮތަށްކަންކަންކުރުން، މާނަކީ ލ.ގަން ކަހަލަރަށްރަށުގާ ގެދޮރުއަޅާ ކުދިރައްތަކުގެމީހުންބަދަލުކުރާށޭ، ފަހުންބުނާނެމީހަމަނަސީބެކޭ! ސުނާމީގާ ލ.ގަމަށް ބަދަލުކުރި މުންޑޫ، މައިބައިދޫ، ކަޅައިދޫ ގިނަމީހުންނަކީ ސުނާމީގާ އާއިލާގެކޮންމެވެސް މީހަކު މަރުވެފަ ނުވަތަ ގެއްލިފަވާބައެއް، އެކަމަކުވެސްމިހާރުބުނަނީ ސުނާމީއަކީ ތިމަންނަމެނަށްލެއްވިނަސީބެކޭ ދެނޯ؟ ވެރިންޖެހޭދޯމިނަތީޖާތަކަށްބަލަން

The name is already taken The name is available. Register?

ާބަދަލު ކޮށްލާ

25 September 2025

80%އަށް ބެލުމެއްނެތި ތިކަމަށް އެދި އެދި އާދޭސް ކުރާ މީހުނަށް އެމީހަކު ބޭނުން ތަނަކުން viyas ތި furusathu ދޭންވީ. ރަށުގަ ޚިދުމަތްތައް ލިބެންނެތީމަ ފަހަރަކު ޢާއިލާއެއް ދަމުން ދަމުން ގޮސް، ވާލާ ކާޅާ ކުކުޅާ ލައިގެން ބޯ ހިމަނައިގެން ކިރިޔާ ރަށުގަ ދިރިއުޅޭ ނިސްބަތް 200އަށް އަރާ ރަށްރަށް އެބަހުރި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454