ވިލާ ކޮލެޖުގެ ޗެއާމަން ގާސިމް އިބްރާހިމްގެ އެވޯޑް "މިހާރު" ގެ މުއިއްޒުއާ، ވިލާ ކޮލެޖުގެ ރެކްޓަ ޑރ. އަންވަރު ރޭ ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ވިލާ ކޮލެޖު
21 ސެޕްޓެމްބަރ 2025 - 13:45
ވިލާ ކޮލެޖުން ހިންގާ ކޯސްތަކުން މަތީ ދަރަޖަ ހޯދުމުން އެ ކޮލެޖުގެ ޗެއާމަން ގާސިމް އިބްރާހިމް ދެއްވާ ހާއްސަ އެވޯޑު "މިހާރު" ގެ މެނޭޖިން އެޑިޓަރު މުއިއްޒު އިބްރާހީމަށް ރޭ ލިބިއްޖެ އެވެ.
ނޫސްވެރިކަމުގައި، 15 އަހަރުވީ މުއިއްޒު އެއް ވަނަ ހޯދީ ވިލާ ކޮލެޖުން ހިންގި ޝަރީއާ އެންޑް ލޯގެ ޑިގްރީ ކޯހުންނެވެ.
އެ ކޮލެޖުން މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި، ތިން އަހަރުގެ ކޯހުން އެއް ވަނަ ހޯދައިގެން މުއިއްޒަށް "ގާސިމް އިބްރާހިމް އެވޯޑު ފޯ އެކްސެލެންސް" ހަވާލުކޮށްދެއްވީ އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.
އެ އެވޯޑު ދެނީ ޑިގްރީން ފެށިގެން މަތީގެ ކޯސްތަކުން، ހުރިހާ މޮޑިއުލްތަކުން ޑިސްޓިންކްޝަނަށް ވުރެ މަތިން ފާސްވުމުންނެވެ. އަދި އެ ނަތީޖާއާއެކު މުއިއްޒަށް ވަނީ ވިލާ ކޮލެޖުން ދޭ ކޮލެޖް މެޑަލް ވެސް ލިބިފަ އެވެ.
ގާނޫނީ ދާއިރާއިން ޚަބަރުތަކާއި ރިޕޯޓުތައް ލިޔުމުގައި ތަޖުރިބާކާރު ނޫސްވެރިޔާ މުއިއްޒު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި ވެސް "މިހާރު" ތަމްސީލުކޮށްފަ އެވެ.
އޭގެ އިތުރުން، މީޑިއާ ކައުންސިލުން ދެމުން ދިޔަ ނޫސްވެރިކަމުގެ އިނާމުގައި، ގާނޫނީ ދާއިރާއިން މޮޅު ނޫސްވެރިޔާގެ އިނާމު އެންމެ ގިނައިން ހޯދާފައި ވަނީ ވެސް މުއިއްޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުއިއްޒު
23 September 2025
މުއިއްޒުގެ ގާބިލް ކަމާމެދު ސުޕްރިމް ކޯޓު ކުރީގެ ފަނޑިޔާރު މަހާޒް ލިޔެފައި އޮތް ޕޯސްޓް ފެނުނީމަ އެނގިއްޖެ މިއީ ތަފާތު މީހެއްކަން. މުއިއްޒު ކިޔައިފިއްޔާ ހަމަ މޮޅުވަނީ އޭ. ދެން ލިބޭ ދަރިއަކަށް އަހަރެން ވެސް މުއިއްޒު ކިޔާނީ
މުދައްރިސް
22 September 2025
ސެކަންޑްރިީ ސްކޫލްގައި މުއިއްޒަށް ކިޔަވައިދިނިން. ވަރަށް މަޑުމައިތިރި ބަސް މަދު ކުއްޖެއް އެއީ. އޭރު ވެސް އާއްމު މައުލޫމާތަށް އޭނާ ވަރަށް މޮޅު. ކާމިޔާބަށް އެދެން.
ހެހެ
22 September 2025
މިހާރު މުޢިއްޒުތައްގިނަކަމުންވެސް ވާނުވާ ނޭނގެ
ޢިމާދީ
21 September 2025
މުއިއްޒަށް އެވޯޑް ހައްގު. މުއިއްޒުގެ ގާނޫނީ އިލްމު އެބަހުރި އާންމު ވަކީލުންނަށް ވުރެ މާ ރަނގަޅަށް. ރައްޔިތުންގެ މަޖިލިސް ކޮމެޓީގައި އިހަށްދުވަހު އޭނާ ދެއްކި ވާހަކަ ބެލިން. އެވަރުގެ މޮޅު ގާނޫނީ ނޫސްވެރިއަކު ރާއްޖެއިން ނުދެކެން.
ޢަހމދދ
21 September 2025
މުއިއްޒަކީ ހަވިީރު ނޫސް އަދި މިހާރު ނޫހުގެ ވަރުގަދަ ޕްރޮޑަކްޓެއް. އޭނާގެ ގާނޫނީ ވިސްނުންތެރިކަން ވަރަށް ރަނގަޅު. އޭނާ ހައިކޯޓް ނުވަތަ ސުޕްރީމް ކޯޓު ފަނޑިޔާރުކަން ކުރާތަން ދެކެން ބޭނުން
އައިމިނާ
21 September 2025
މަރުޙަބާ!
އުނަކެޑެ
21 September 2025
ޕްރައުޑް އޮފް ޔޫ ބްރަދަރ. ކުޑައިރުގެ ގާތް ރައްޓެސެއް. ވަރަށް ގިނަ ހަނދާންތައް އެބަހުރި އަދި ވެސް އިއްޔެގައި ވީކަމެއްހެން. އުފާވޭ
ފެންސު
21 September 2025
"އިނާމު އެންމެ ގިނައިން ހޯދާފައި ވަނީ ވެސް މުއިއްޒެވެ" މިހެންބުނީމަ ގާނޫނީ ބްލެކްހޯލްއެއްގެ ތެރެއަށް އަހަރެމެން ދަމައިގަންނަނީ. އެއީ ޝަޚުޞު އޮޅޭތީ. ރައީސް މުއިއްޒުތަ؟ މިހާރު މުއިއްޒުތަ؟ މިކަހަލަ އިޔާދަނުކުރެވޭވަރުގެ ގެއްލުން ލިބޭކަންކަން ރަގަޅުކޮށްލާ.
ވަކީލާ
21 September 2025
މަރުހަބާ މުއިއްޒު. ކޯޓު ތެރެއިން ވަރަށް ފެނޭ. ވަރަށް އެންތޫސިއާސްޓިކް މީހެއް. އަބަދުވެސް ކާމިޔާބަށް އެދެން.