ޚުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހޭންޑްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ އާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން: ލަންކާ ވަނީ ރާއްޖެ ބަލިކޮށް ފައިނަލަށް ދަތުރުކޮށްފަ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
22 ސެޕްޓެމްބަރ 2025 - 08:06
ރާއްޖޭގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ބަލިކޮށް ލަންކާއިން ފައިނަލުން ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން ލަންކާގެ މައްޗަށް 2-1 ސެޓުން ކުރި ހޯދި އެވެ. އެކަމަކު ސެމީ ފައިނަލުގައި އިއްޔެ ހަވީރު ލަންކާއިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ، ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓް 14-12 އިންނެވެ. ދެވަނަ ސެޓް 24-12 އިންނެވެ.
ރާއްޖެ އަށް ދެން އޮތީ މިއަދު ކުޅޭ ތިންވަނަ ހޮވާ މެޗެވެ. އެ މެޗުގައި ރާއްޖޭން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ބަލިކޮށް ޕާކިސްތާން ވަނީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
ޕާކިސްތާނުން މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުން، 22-17 އަދި 27-05 ންނެވެ.
ކުޅުދުއްފުށީގައި ކުރިއަށްގެންދާ މުބާރާތް މިރޭ ނިމޭނެ އެވެ. ރާއްޖޭން ކުޅޭ ސެމީ ފައިނަލު މެޗު ފަށާނީ މިއަދު 5:15 ގަ އެވެ. ލީގު ބުރުގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.
ތިންވަނަ ހޮވާ މެޗުގެ ކުރިން ފަސް ވަނަ ޓީމު ހޮވުމަށް، އިންޑިއާ އާއި ދެކުނު އެފްރިކާ ކުޅޭ މެޗު 4:15 ގައި ފަށާނެ އެވެ. އެ ދެ ޓީމަކީ ސެމީ ފައިނަލުން ފުރުސަތު ނުލިބުނު ދެ ޓީމެވެ.
ފައިނަލު މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާފްސީ މުއުމިނާ
22 September 2025
ތިޔަ ބަލިވީ ޔަޝްމު ނުގެންދިޔައި. މުޅި ދުނިޔޭގަ މިހާ ތަނަށް އުފެދުން އެއްމެ މޮޅު ހޭންޑްބޯލް ކުޅުންތެރިޔާ އެއީ.