ބާ ކައުންސިލުން މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި އެ ކައުންސިލްގެ މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 ސެޕްޓެމްބަރ 2025 - 23:36
ބޭރުގެ ޔުނިވާސިޓީތަކުން ދޫކުރާ ސެޓްފިކެޓު އެޓެސްޓު ކުރުމުގެ އުސޫލުތަކަށް މި ފަހުން ބަދަލުތަކެއް ގެނައި ނަމަވެސް ލިޔުންތައް އެޓެސްޓު ކުރުމުގައި ވަކީލުންނަށް ހުރަހެއް ނޯންނާނެ ކަމަށް ބާ ކައުންސިލުން މިއަދު ބުނެފި އެވެ.
ވަގު ސެޓްފިކެޓްތަކުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އެމްކިއުއޭ އިން ދޫކުރާ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ނުވަތަ އެޓެސްޓްކުރުމުގެ ބާރު ހަމައެކަނި އެމްކިއުއޭ އަށް އޮންނަ ގޮތަށް މި ފަހުން ވަނީ ގަވައިދު ބަދަލުކޮށްފަ އެވެ.
އެކަމާ ގުޅިގެން ބާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، އެމްކިއުއޭގެ އެ އުސޫލަކީ، އެ އިދާރާއިން އަމަލުކުރުމަށްޓަކައި އާއްމުކޮށްފައިވާ އުސޫލެއް ކަމަށެވެ. އެހެންވެ، ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ މިންގަނޑަށް ބަދަލެއް ނާންނަ ކަމަށް ބުންޏެވެ.
"...ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަސްމީ އިދާރާތަކުން ދޫކުރާ ލިޔުންތަކާއި ތައުލީމީ ސެޓްފިކެޓުތަކާއި ސަނަދުތަކުގައި ގާނޫނީ ވަކީލުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
އަލަށް ގެނައި ބަދަލާއެކު އެމްކިއުއޭއިން ވެލިޑޭޓުކޮށްފައިވާ ސެޓްފިކެޓެއް އެޓެސްޓް ކުރެވޭނީ ހަމައެކަނި އެ އިދާރާއަށެވެ. އެކަމަކު، އެނޫން އެހެން ހުރިހާ ލިޔުމެއް އެޓެސްޓް ކުރުމުގެ ހުއްދަ އޮންނަ ވަކީލުންނަށް ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުދަ
23 September 2025
ވަކީލުންގެ މައްސަލައެއްނޫން މިއުޅެނީ އަދިވެސް މިހީވަނީ ސެޓްފިކެޓް ކުރިއަރާ ހެން މީ އެޒަމާނެއްނޫން،
ކަނި
23 September 2025
ތިއީ ކީއްކުރަން ކުރާ ކަމެއްތޯއެވެ. އޮރިޖިނަލް ލިޔުން ހިފައިގެން އައިސް އެ ލިޔުމެއް ހުށަހެޅިތަނަކުން އެއީ އަސްލާ އެއްގޮތް އެއްޗެއްތޯ ބެލީމާ ނިމުނީއެވެ. މަގާމެއް މީހަކަށް ދިނުމުގެ ކުރިން ނުވަތަ ލިޔުމަކަށް ބަލައި ކަމެއް ފައިނަލް ކުރުމުގެ ކުރިން އެ ތަނަަކަށް އޮރިޖިނަލް ޑޮކިއުންޓް ހުށަހެޅީމަ ނިމުނީއެެވެ. ގާނޫނީ ވަކީލެއް ބެލުމާއި ތަނެއްގެ ކައުންޓަރުގަ އިންނަ ކުއްޖަކު ބެލުމެކޭ ކޮބާތޯ ތަފާތަކީ. ވަކީލުންގެ ތައްގަނޑު މިއޮންނަނީ ޕްރިންޓް ކުރާ ތަނުގަ.
މިޒަމާނުގަ 2.0 މިސާލު އިދާރާ
23 September 2025
2.0 ގެ އެންމެ އުހުގައި އޮތީ އެމް.ކިއު.އޭ. ސަރޓިފިކޭޓު ވެލިޑޭޓު ކުރަން ހެދި އެޕްލިކޭޝަނަށް ގޮތްކިޔަމުންގޮސް އެއެތި ވާރކު ނުކުރެވޭވަރަށް މެނުއަލްކޮށް އެވުޖޫދަށްވެސް ނާދޭ ފިޒާނާގެ ނާތަހްޒީބު ވިސްނުމާހެދި.
ސައްޙާފް
23 September 2025
އެޓެސްޓު ކުރުމުގައި ވަކީލުންނަށް ބަންދުކުރަންޖެހޭ. ރާއްޖެއަކީ ސިސްޓަމެއް އޮތް ގައުމެއް. ސަރުކާރުގެ 2 ނުވަތަ 3 އިދާރާ ނެތް ރަށެއް ނެތް. އެކަމަކު ވަކީލުން ނެތްރަށްރަށް ގިނަ. ސަރުކާރު އިދާރާތަކުން މިކަން ކުރރެވޭނެ ނިޒާމު އަލުން ގާއިމު ކުރަންޖެހޭ. އެމްކިއު އޭ ހަރުދަނާ ކުރަންޖެހޭ. ވަގު ސަނަދު ގެންގުޅޭ މީހުނަށް ބޮޑު އަދަބު ލިބެންޖެހޭ. ކުރީގެ ހާރިޖީ ވަޒީރެއްގެ 2ވަނަ ކަމަނަވެސް ހުރީ ފޭކް ޕީއެޗްޑީ އަލުން އެކްރެޑިޓް ކުރަން ވެރިކަން ބަދަލުވަންދެނޯ!
ފޫހި
23 September 2025
ރާއްޖޭގެ ކޮރޮޕްޓް ލޯޔަރުން ތައްގަޑު ޖަހަންދޫކޮށްލުމަކީ ނުރައްކާތެރިކަމެއް. މަ ދެފަހަރަކު ސަރުކާރުން ދޫކޮށްފައިވާ ލިޔުމެއްގައި ތައްގަޑުޖަހަން މަޝްހޫރު ލޯޔަރެއް ހިންގާ ތަނަކަށް ދިޔައިން. އެއްވެސް ޒިންމާދާރުކަމެއްނެތި 500 ރުފިޔާ ދިނީމަ އެކަންވެއްޖެ. ހިތައްއެރި މިއުޞޫލަކީ ހަމަރައްޔިތުންއަތުން ލޯޔަރުންނަށް ފައިސާ ދޭން ހަދާފައިވާ އުޞޫލެކޭ. އަސްލު ހިފައިގެން އެއޮފީހަކަށް ކޮޕީއެއް ގެންދިއުމުން ބަލައިގަތީމަ ނިމުނީ. ރައްޔިތުންނަށް މިހާތަކްލީފްނުޖައްސަބަލަ.
މަރުމޯލް
23 September 2025
"އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ނުވަތަ އެޓެސްޓްކުރުމުގެ ބާރު ހަމައެކަނި އެމްކިއުއޭ އަށް އޮންނަ ގޮތަށް މި ފަހުން ވަނީ ގަވައިދު ބަދަލުކޮށްފަ އެވެ." ދެން މި ބުނަނީ "...ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަސްމީ އިދާރާތަކުން ދޫކުރާ ލިޔުންތަކާއި ތައުލީމީ ސެޓްފިކެޓުތަކާއި ސަނަދުތަކުގައި ގާނޫނީ ވަކީލުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ. ބޮލަކަށް ނުވަދޭ މިކިޔާ އެއްޗެއް!
ހިމް
23 September 2025
ވަކީލުން ކޯއްޗެއް ކިޔެވީ ޑޮކިއުމެންޓް ފޯޖަރީ އާ ގުޅޭ ގޮތުން؟ ރާއްޖޭގެ ތައްގަނޑުޖަހާ ވަކީލުން ވަޒީފާ ނެތިގެން ފައިސާ ހޯދާނެ ގޮތެއް މިވެސް.
އައްސަރިބަސް
22 September 2025
އެމްކިއު އޭ ހިންގަން ނޭނގި، އަމިއްލަ މީހާ މަޝްހޫރުވާން އުޅެގެން ދިމާވާ ކޮސް ކަންކަން. އެންމެ ފަހުން ވެސް ޓީވީއަށް އަރާ މި ބުނަނީ ކޯލް ސެންޓަރ ވަރަށް ބިޒީވާނެޔޯ ކުދިން މަދުވީމަ އެހެން ކޯލް ސެންޓަރ އަށް ފޯނު ނުނެގިދާނެޔޯ، އެހެންވީމަ ކައުންޓަރަށް އަންނާށޯ. މީ އަޅެ މީހުން ދައްކާ ކަހަލަ ވާހަކަތަ ޑރ ފާސް ޖަހައިގެން. ދެން މިބުނަނީ އެކަމު ތިމަންނައަށްވެސް ހަމަ ކޮންމެ އިރަކުވެސް ގުޅޭނެޔޯ. މީ އަޅެ ކޯލް ސެންޓަރ ބޮޑު މީހާތަ. އަޅެ ހިންގުންތެރި ކަމެއް ނެތީ
ނެތޭ
23 September 2025
އޭނަ އަތުގައި ޑރ. ފާހެއް ވެސް އަދި ނެތޭ!