ކުރީގެ ރައީސް ނަޝީދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.
23 ސެޕްޓެމްބަރ 2025 - 09:03
އދ. ގެ މި އަހަރުގެ އާންމު ޖަލްސާގެ ހަވާސާގައި ބާއްވާ ބައެއް ބައްދަލުވުންތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަޖިލީހަށް ވަދެވަޑައިގަތުމަށް ރާއްޖެ ތަމްސީލްވާ ގޮތަށް ފާސް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭން ރާއްޖޭގެ ފޮރިން މިނިސްޓްރީން ދެކޮޅު ހަދާފައިވާ ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެފި އެވެ.
ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދުގެ އޮފީހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރު ނުރުހުނަސް އެ މަނިކުފާނު ރަސްމީ ހައިސިއްޔަތުން އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށާއި އެ ޖަމާއަތުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހުރަހެެއް ނެތް ކަމަށެވެ.
ފާހާއި ޕްރޮޓޮކޯލްގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ. އަދި ބައެއް ބައްދަލުވުންތަކުގައި ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
"ނަމަވެސް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިސް ރައީސްކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި މެދުދާއިރާގެ މެމްބަރުކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މާލޭގެ މެމްބަރުކަމާއި ކުރީގެ ގަލޮޅު އަވަށު ހިންގާ ސެކްރެޓަރީކަމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ދިދަ އާއި ނިޝާން ޖެހި ފާހުގައި ދިވެހިރާއްޖެ ތަމްސީލު ވާނެ މަގުން އެކި ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އަބަދުވެސް އެދިވަޑައިގަންނަވަ އެވެ،" ބަޔާނުގައި ވެ އެވެ.
ނަޝީދުގެ އޮފީހުން ބުނީ، އެފަދަ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކުރުމުން ރާއްޖެއަށް އޭގެ ސަބަބުން މަންފާ ކުރާނެ ކަމަށެވެ.
ނަޝީދުގެ އޮފީހުުގެ ބަޔާނުގައި ބުނި ގޮތުގައި، ގައުމުގެ ވެރިކަމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާފައިވާ ބޭބޭފުޅުން އެ ބޭފުޅަކު ނިސްބަތްވާ ގައުމެއްގެ ފަރާތުން އަދި އެ ހައިސިއްޔަތުގައި ބައިނަލްއަގްވާމީ ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގްވާމީ ދަނޑުގެ އާދައެކެވެ.
ނަޝީދުގެ އޮފީހުގެ ބަޔާނުގައި ބުނެފައިވާ ވާހަކަތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދި
25 September 2025
ރައީސް ނަޝީދު އެތަނަށް ދާނެކަމެއްނެތް. ކޮންމެވެސް ކޮހެއް ގޮވާފައަންނާނީ
ޢަޅީ
24 September 2025
އޭނާއަކީ މިސަރުކާރގެ ސިޔާސަތަކަށް ތާއީދުކުރާނެ މީހެއްނޫން ދެން އޭނާއަށް ގޮސް ކޮންވާހަކައެއް ދެއްކޭނީ، އެއުޅެނީ މިޤައުކުގެ އެންމެމަތީވެރިޔާއަށް ހެދެންވެގެން. ބަލަ މޮޔަފުޅުވީތޯ މިޤައުމުގަ މިއޮތީ ޕީއެންސީގެ ސަރުކާރެކޭ،
މޮދީ
23 September 2025
މި ސަރުކާރަށް ސަޕޯޓުކުރާމީހުން ކިތަންމެ ރުޅިއަޔަސް، އިންޑިޔާއިން ދިން ލޯނު ލިބުނީ ނަޝީދު މެދުވެރިވެގެން. މޮދީއަށް ހެއްދެވި ނުހެއްދެވިއަށް ގޮވި މީހުން މިހާރު ކޮބާ. ނަމުން އިންޑިޔާއަށް ރާއްޖެ ވއްކާލީ ނަޝީދު. މުއިއްޒު ވަކި ރީތި؟
ދދޑށ
24 September 2025
މި ސަރުކާރުން އިންޑިއާ އިން ލޯނެއް ނުނަގާ. ނުވެސް ނަގާނެ.
ޗަޕް
23 September 2025
ތިއުޅުނީ މުއިއްޒު މިޖަލްސާގައި ބައިވެރި ނުވާތީ ފާސްތައް އަޅުވައިގެން ގޮސް ތިމަންނަ މިއީ ރާއްޖޭގެ ބަފައޭ ކިޔައިގެން މުޅިތާ ދުވަންކަމަށް. މިސަރުކާރަކަށްވެސް އަހަރެން ތާއީދެއް ނުކުރަން. އެކަމަކު ތިކުރި ކަމަށް ތާއީދު ކުރަން..
ޓްރީރޫޓް
23 September 2025
ކުރީގެ އަޅުއޮފީހުގެ ކާތިބުކަމާ ކުރީގެ ރަށުއޮފީހުގެ ބަނޑޭރިކަމާ ކުރީގެ ރަށު މިސްކިތުމުދިމުކަމާ ކުރީގެ ރަށު ސްކޫލުގެ މަސައްކަތުމީހަކަމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ދިދަ އާއި ނިޝާން ޖެހި ފާހުގައި ދިވެހިރާއްޖެ ތަމްސީލު ވާނެ މަގުން އެކި ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރިވެވަޑައިގަންނަން އެދެން.
ފާމުލަދޭރި ކިލެގެފާނު
23 September 2025
ސަރުކާރުގައި އެއްވެސް ހައިސިއްޔަތެއްނެތް ބޭފުޅަކަށް އދ. ގައި ސަރުކާރު ތަމްސީލު ކުރައްވަން ނުދެވޭނެކަން ރ.ނަޝީދަށް އެނގިވަޑައި ނުގަތުމަކީ ހައިރާންވާން ޖެހޭ ކަމެއް. ކުރީގައި އަދާކުރެއްވި މަގާމުތަކުގެ ހައިސިއްޔަތުން ލިބެން ޖެހޭ ހުރިހާ އިނާޔަތެއް ރ.ނަޝީދަށް ބަރާބަރަށް ލިބިވަޑައިގަންނަވާ. އެއިގެ ތެރޭގައި ތިޔަ ވިދާޅުވާ ފާސް ވެސް ހިމެނޭނަމަ އެވެސް ލިބިވަޑައިގަންނަވާނެ.
ބޮޑޭޭ
23 September 2025
އެމް.ޑީ.ޕީ ގެ ވެރިކަމެއްގައި އެހެން ޕާޓީއެއްގެ އިސްވެރިއަކަށް ނުވަތަ އިދިކޮޅުގައިި ހުރި ކުރީގެ ރައީސެއް ނުވަތަ މަތީ ލެވެލްގެ އެހެންވެސް އިދިކޮޅު މީހަކަށް ތިފަދަ ފުރުޞަތެއް ދިނިންބާ؟ ކުޑަމިނުން ރާއްޖޭގައި ބޭއްވި އާދައިގެ ޖަލްސާއެއްގެ ޝަރަފުވެރިކަން ވިޔަސް ދިނިންބާ؟ މާ ދެން "މަބޮޑޭ" ހެދެން އުޅޭނެ ކަމެއް ނެތް.
ޑޮކްޓަރ ބޮޑޭ
23 September 2025
ބޮޑޭ ހޯދާބެލިޔަސް ނުފެންނާނެ ކުރީގެ ރައީސްކަން ކުރެއްވި ފަރާތަކަށް ރައީސް ނަޝީދު ނޫނީ އެފަދަ ފުރުޝަތެއްލިބުނު ދެވަނަބޭފުޅެއް ! ނުރުހުނަސް ޖަވާހިރު ވާނީ ޖަވާހިރަށް ! .
ތައްޓޭ
23 September 2025
އެމްޑީޕީ ވެރިކަމެއްގައި އެފަދަ ފުރުސަތެއް ހަމަ އެކަކު ހޯދަންއުޅުނުބާ؟ އެވަރު ދުނިޔެ އިގޭ ދުނިޔެ ދަންނަ މީހުން އުޅޭބާ؟
ޏަސްލު......
23 September 2025
ފަސާދަ ކުރުމުގެ ވެރިޔާ.....
މާންބެ
23 September 2025
ފާސް އަޅައިގެން އެތަނުގަވެސް ކޮންމެވެސް ޖަގަޑާއެއް ހަދަން އުޅޭނީ. އަހަރުމެން ދެކުނި ތިޔަ ރައީސް ޔޫއެންގަ ޑުރާމާ ކުޅުނު ވީޑިޔޯވެސް
الباب
23 September 2025
މަވެސް ބޭނުން ފާހެއް
މެންގްރޫވް
23 September 2025
ރާއްޖެ ތަމްސީލްކުރަން ސަރުކާރުން މަޤާމުދީފަ މުސާރަދީފަ ތިބޭނެ މީހުން. ރިޓަޔމަންޓް ލާރިގަނޑު ނަގައިގެން ގޭގަ ދަރިން ކައިރި އޮވެބަލަ.