23 ސެޕްޓެމްބަރ 2025 - 10:36
ހުޅުމާލެ 2 ގައި ކަފިހި ހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖައްސައި، މަޑުނުކޮށް ދިޔަ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފަ އެވެ. އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ 9:30 ހާއިރު ހިތިގަސް މަގުން އެމްއޭސީއެލް ޓަވަރު ކައިރީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ 63 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
ކަފިހިހުރަސް މަތިން ހިނގާފައި ދަނިކޮށް ކާރުން ޖެހި، އެ މީހާ ވެއްޓުމުން ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފަ އެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ފުވައްމަލަކުގެ ވިޔަފާރިވެރިއެއް ކަމަށްވާ އެ ރަށު ދަޑިމަގު، ނައިސް، ހާލިދު އަބްދުﷲ އަލީ، 57 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވިޔަފާރިވެރިންނަށް އޯ.ކޭ
23 September 2025
ތީ ފިސާރި މަތީ ހަރުފަތެއްގަ ހުންނަ ބޭފުޅެއް.
ހަޤީޤަތް 11
23 September 2025
މިހާރު ވަގުތުން ވަގުތަށް ދޫކޮށްލާ . ތިއީ އަހަރެންގެ ރައްޓެއްސެއް. މުއްސަންޖެއް.
އިސްލާހު ޖާޑި
23 September 2025
ކީއްކުރަންތޯ އެއްވެސް މީހަކު އަމަލުނުކުރާ ޓްރެފިކް ސްޕީޑުތަކެއް ލިމިޓުތަކެއް ލިޔެގެން މިއުޅެނީ، ޔުނީފޯރމުގައި ދުއްވާފައިދާ ފުލުސްމީހާވެސް ދުއްވަނީ 30 އިން މަތީގައި. ޕްރެކްޓިކަލް އެއްޗަކަށް ލިމިޓު ހަދައި ޚިލާފުވާ މީހުންނަށް ފިޔަވަޅު އެޅުން އަވަސްކުރަންޖެހޭ، އަދި މީހުން ހޭލުންތެރިކުރުން އެއަށްވުރެ އަވަސްކުރަންޖެހޭ
ބަތްކައްކާ
23 September 2025
40އޯކޭ؟
ބުޅާގޯނި
23 September 2025
ވެރިން އެނަން. ފަހަތަށް އަންނާތީވެ ވާގޮތް ކަންނޭނގެ މީ ހިޖުރައޮޅޭ ގޮތްވަނީ ފައިސާ ހުރީމަ ހީވަނީ ވެއްޓުނީމަ ވެސް މީހުންގެ ގައިމަތިން ވެސް ދެވިދާނޭހެން ފައިސާ އަކުން ހުރިހާކަމެއް ނުކުރެވޭނެ މީނާއަށް ދެން އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވަކިމުއްދަތެއް ނެތްގޮތަށް ހިފަހައްޓާ ދުއްވިކާރު ދޫކުރާނީ އަނިޔާ ލިބުނު މީހާގެ ފައި ރަނގަޅުވެ ހިގަންފެށުމުން މިއަދަބުތައް ދީގެން ހުއްޓޭނީ ޖޫރިމަނާ ކުރިޔަސް ދޫނުކުރާ ތި
ޙަސަންފުތާ
23 September 2025
ޜޭގަވެސް އަޅުގަނޑު ކަފިހިހުރަސް މަތިން ހިނގާފަދަނިކޮށް ކިރިޔާ ކާރެއް ޖައްސާނުލީ. އަދި ސްޕީޑްނަގާފަ ބާރަށް ދުއްވާލީ
އދނ ހސނ.
23 September 2025
މިހާރަކައް އައިސް ސަރުކާރު ބޯޑުގަ ބިދޭސީންނާއި ދިވެހި ޑުރައިވަރުން ވެސް މިހާރު ތިބުނި ގޮތައް ދުއްވަނީ، ކިރިޔާ މަޑު ކޮއްލަނީވެސް 30 ސެންޓިމީޓަރު ގާތައް. ކާރު ބާއްވަނީ ދުވާރު މަތީ، ސާފުވެސް ކުރަނީ އެތާ.
އިބރާ
23 September 2025
މީހަމަ ޔަގީން އެމްޑީޕީ ކަމެއް. ޕީއެންސީގެ މީހުން ފަލީހަތް ކުރަންވެގެން ކޮށްފަ އޮތްކަމެއްމީ.
ކޮންތާކު
23 September 2025
ހެ ހެ ހެ .. ވަރަށް މަޖާވެއްޖެ
ބުޅާގޯނި
23 September 2025
ވެރިން އެނަން. ފަހަތަށް އަންނާތީވެ ވާގޮތް ކަންނޭނގެ މީ ހިޖުރައޮޅޭ ގޮތްވަނީ ފައިސާ ހުރީމަ ހީވަނީ ވެއްޓުނީމަ ވެސް މީހުންގެ ގައިމަތިން ވެސް ދެވިދާނޭހެން ފައިސާ އަކުން ހުރިހާކަމެއް ނުކުރެވޭނެ މީނާއަށް ދެން އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވަކިމުއްދަތެއް ނެތްގޮތަށް ހިފަހައްޓާ ދުއްވިކާރު ދޫކުރާނީ އަނިޔާ ލިބުނު މީހާގެ ފައި ރަނގަޅުވެ ހިގަންފެށުމުން މިއަދަބުތައް ދީގެން ހުއްޓޭނީ ޖޫރިމަނާ ކުރިޔަސް ދޫނުކުރާ ތި
ބިއްލޫރިޓަނަލް
23 September 2025
ތި ސޮރަށް އެއެްވެސް ކަމެއް ނުވާނެ. ދޫކޮށްލާނެ. ތީ ސަރުކާރު ފަޅީގެ ސޮރެއް.
ފަރަންޖީ
23 September 2025
"ސޮރު" ކިޔޭ އުމުރު ލިމިޓެއް ދިވެހިބަހުގަ އޮވޭބާ؟
ކޮރަލް
23 September 2025
އެކްސިޑެންޓް ތަކުގަ އިހްމާލް ވާ ފަރާތް ތަކުގެ މައްސަލަ ޕޮލިހަށް ގެންދިއުމުގެ ބަދަލުގަ ކޯޓް އަށް ބަދަލު ހޯދަން ހުށަހަޅާން ވީ އެވެ.
ސަހަރޯއި
23 September 2025
ދެންވިޔަފާރިވެރިއެކޭކިޔާފަ ......