ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އިންސްޕެކްޝަނުގައި ފިހާރައެއް ބަންދުކޮށްފައި.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
23 ސެޕްޓެމްބަރ 2025 - 11:59
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި ފެށި އިންސްޕެކްޝަނުގެ ތެރެއިން 25 ތަނެއް ބަންދުކޮށްފި އެވެ.
ފުޑް އެންޑް ޑްރަގު އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ ވެސް ބައިވެރިވެގެން މާލޭ ސަރަހައްދުގައި އެ އިންސްޕެކްޝަން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ އިއްޔެއާ ހަމައަށް 25 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސާފުތާހިރުކަން ދަށްވެގެންނާއި ހުއްދަ ނުހޯދައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އިންސްޕެކްޝަނުގައި އެ ތަންތަން ބަންދުކޮށް ބޭރުގައި ނޯޓިސް ހަރުކޮށްފައިވެ އެވެ.
ސާފުތާރިހުކަން ކުޑަވެގެން ބަންދުކުރި ތަންތަނުގެ ތެރޭގައި ހޮޓާތަކާއި ރެސްޓޯރަންޓުތަކާއި ޓޭކްއަވޭގެ ހިދުމަތްދޭ ތަންތަނާއި ހެދިކާ ކަހަލަ އެކި ކާއެއްޗެހި ވިއްކާ ފިހާރަތައް ވެސް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އެމްއެފްޑީއޭގައި ރަޖިސްޓަރީ ކުރުން ލާޒިމެވެ. އެކަމަކު ރަޖިސްޓްރީނުކޮށް ހިންގާ ބައެއް ތަންތަން ވެސް މި އިންސްޕެކްޝަނުގައި ފާހަގަވެގެން އެފަދަ ތަންތަން ވެސް ބަންދުކުރި އެވެ.
ފިހާރަތައް ބަންދުކޮށް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ހަރުކޮށްފައިވާ ނޯޓިސްގައި ވަނީ ރަޖިސްޓްރީނުކޮށް އެ ތަން ހިންގާތީ އެތަނުން އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށާއި އެހެންވެ އެ ތަނުން ދެމުންދާ ހިދުމަތް ހުއްޓާލަން އަންގާ ކަމަށެވެ.
މީގެ ކުރިން ވެސް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް އެޗްޕީއޭ އާއި އެކި އިދާރާތަކުން ކޮށްފައިވެ އެވެ. އެ އިންސްޕެކްޝަންތަކުގައި ވެސް ކާބޯތަކެތީގެ ހިދުމަތްދޭ ބައެއް ތަންތަނުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަވުމުން ފިޔަވަޅު އަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަންނުޖަހަން
23 September 2025
ފިހާރަ ތަކުން ވިއްކާ ހެދިކާ ތައް ހުއްޓުވަބަލަ.
ހަމަހުސްއެމީހުން
23 September 2025
ބަދަލެއްއައި ތަނެއްނުފެނޭ. ބައެއް މަގުމަގުގައި ކުރިން ހުރީ ބިދޭސީން (މާނައަކީ ބަންގްލަދޭޝް ބޭފުޅުން) ހިންގާ މަދު ތަނެއް. މިހާރުމިހާރަށް ބަލައިލާއިރު ގިނަ ތަންތަނަކީ ބިދޭސީން ހިންގާ ތަންތަންކަން ފާހަގަކުރެވޭ. ކަންހިނގާ ތަން ފެންނަ ގޮތަށް ބަލާއިރު އެތަންތަން ހިންގާ މީހުންނަށް ބަރާބަރަށް އެނގޭ "ސަލާމަތުން ތިބެގެން" ވިޔަފާރިހިންގާނީ ކިހިނެއްކަން.
އެޗު15 ކުދިން
23 September 2025
އެޗު 15 ގައި ބަންގާޅު ސޮރަކު ހިންގާ ފިހާރައިގައި ބޯކޮށް ހެދިކާ ވިއްކާ.. އެކަމު ތިޔަ ހުއްދައެއް ނުހުރޭ. ނިކަން ހުއްޓުވާބަލަ.
މުހަންމަދު އަަލި
23 September 2025
ދެވިނަ މަގާ އެމަގާ ގުޅިފަހުރި ގޯޅި ގަނޑުގެ ބައެއްތަން ބަންދުކުރި އިމިގުރޭސަނުން އަންނަކަން އެގިގެން ހަމަ ދިޔައީ ހުޅޫވީ ބަންގާޅީންނަށް އިނގޭ މިގައުމުގަ އުޅެންވާގޮތް
ހަރުކަށި
23 September 2025
މިގެންދާ އިންސްޕެކްޝަންތަކުގެ މަގުސަދުހާސިލްވޭތޯ؟ ދެންއިސްޕެކް ކުރަން ދާއިރު ފެނުނުކަންކަން އެވަގުތައް ރަގަޅު ކޮއްލީމަ އެނިމުނީ. ހަމަ އަނެއްކާ ހުރިގޮތައް އަބުރާދާނެ. އަބަދަކު އިންސްޕެކްޓެއް ނުކުރެވޭނެ. އޭގެބަދަލުގައި މިގޮތައް ފާހަގަވާ ތަންތަން ދެވަނަފަހަރަށް އެކަން ނުކުރެވޭވަރުކުރަން ވާނެ. ހުއްދަނުހޯދާ ހިންގިތަންތަން ބޮޑުތަނުން ޖޫރިމަނާކުރޭ..
އޮނަރަބްލް އަފީފު ދީދީ
23 September 2025
ކ.މާލޭ މީހުން އެމީހުންގެ ގޭގެ ސިޑި ގޮޅި ބިދޭސިންނަށް ކުއްޔަށް ދީގެން އަދި އެތަނުގައި ވިޔަފާރި ކުރުމުގެ ހުއްދަ އެގޭގެ ވެރިމީހާ ނުވަތަ އޭގެ ކޮންމެވެސް މީހެއްގެ ނަމުގައި ނަގާފައި ބަންގާޅު މީހާ އަތުން ތަނުގެ ކުއްޔާއި އަދި ވިޔަފާރި ހުއްދައަށް ކަޑައެޅޭ އަގެއް ކޮންމެ މަހެއްގެ މައްޗަށް ނަގައިގެން ތިކަން ނުކުރާ ގެއެއް މުޅި މާލޭގައި ނެތް. ތިޔަ އޮޕަރޭޝަނުގައި އެންމެ ފުރަތަމަ ބަންދުކޮށް ހިފަހައްޓާ ޑީޕޯޓް ކުރަންވީ މިފަދަ ތަންތަން ހިންގާ ބިދޭސިން ނޫންތޯ.
މަގޭހިޔާލުއިނގޭ
23 September 2025
ދެން ފަހެ ބަޔަކު ނިކުމެ ގޮވާނެތެ “ބަންދު ކުރި ތަން ތަން މަމެން ހުޅުވާނެމެ” ބޭނުމީ ހަމަ ވެރިކަމެ
އިހްސާސް
23 September 2025
ހެދިކާ ވިއްކަން ބަހައްޓާ ފިހާރަތަކުގަ ކާބޯތަކެތި ވިއްކުމުގެ ހުއްދައެއް ނުހުރޭ. އެކަމަކު ނުހުއްޓުވާ. ހުއްޓުވަނީ ހުއްދަ ނަގައިގެން ހިންގާ އެހެނަސް ސާފުތާހިރު ނޫން ނޫނީ ހުއްދަ މުއްދަތު ހަމަވެފަ ހުރި ތަންތަން. ދެން ހުއްދަނެތި ފިހާރަ ނޫން ގޮތަށް ހިންގާ ޓޭކްއަވޭ ތަންތަން. ފިހާރަތަކުގަ ބަތް ޕާރުސަލު ވިއްކިޔަސް ހަމަ އޯކޭ.. އިންސާފު މީ..
ބަބުރު ސްމެލް
23 September 2025
ގިނަހޮޓާތައް ވަރަށް މުޑުދާރު. ނަސީބެއް މިގައުމު މީ ޗައިނާ ކަހަލަ ބޮޑުގައުމަކަށް ނުވިކަން. އެހެންނޫންނަ އަހަރުމެންނަށް ލިޓްރަރީ އަދި ފިގަރޭޓިވްލީ ކުރަފި ހޯނު ކެވުނު އަދަދެއްވެސް ނޭގޭނެ.
ކުރަފި
23 September 2025
ތިޔަ ތަންތަނުގެ ނަންތައް ފެންނަ ގޮތައް ހަދާ.... މިހާރު ހީވަނި ދޮގު ހަބަރެއް ހެން.