ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މިއަދު ހިންގި ބޮޑު އޮޕަރޭޝަނުގައި، އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީންތަަކެއްގެ މައުލޫމާތު ހޯދަނީ.-- ފޮޓޯ: އިމިގްރޭޝަން
23 ސެޕްޓެމްބަރ 2025 - 22:53
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މާލޭގައި މިއަދު ހިންގި އޮޕަރޭޝަނުން 500 އެއްހާ ތަން ފާސްކޮށް، 81 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް ގެންގޮސްފި އެވެ.
އެ އިދާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ހަވީރު 4-6 އަށް ކުރިއަށް ގެންދިޔަ ބޮޑު ރެއިޑުގައި 463 ތަނެއް ބަލައި ފާސްކޮށް، 932 ބިދޭސީން ޗެކްކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ގަވައިދާ ހިލާފަށް އުޅެމުންދިޔަ 81 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ. އަދި ގަވާއިދާ ހިލާފަށް ވިޔަފާރީގައި ބިދޭސީން ހަރަކާތްތެރިވަމުން ދިޔަ 10 ތަނެއްގެ މައުލޫމާތު ކަމާގުޅުން ހުރި އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންދެވުނު ބޮޑު ރެއިޑުގައި 463 ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 932 ބިދޭސީން ޗެކްކުރެވިފައިވޭ. މީގެތެރެއިން، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 81… pic.twitter.com/gunujNmqFy
— Maldives Immigration (@ImmigrationMV) September 23, 2025
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން މިދިޔަ އާދިއްތަ ދުވަހު ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. އަދި ފުރަތަމަ ދުވަހު އެކަނި ވެސް 24 ބިދޭސީއަކު އަތުލައިގެންފައިވެ އެވެ.
ރައީސް ޑރ. ޑރ. މުހައްމަދު މުއިއްޒު މި ހަފުތާގައި ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އޮތް ގޮތް އޮޅުންފިލުއްވައި ދެއްވައިފަ އެވެ.
ރައީސް ވިދާޅުވި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެއާއެކު، ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރި ވެސް އިތުރުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، އެ ވިޔަފާރިތަކުގައި އުޅޭ މީހުން ހޯދައި ވަގުތުން ޑީޕޯޓުކުރަން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އޮޕަރޭޝަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަނީސާ
26 September 2025
ނިކަން ކެރެންޔާ ވަގުތީ މާރުކޭޓްގެ އިލެކްޓްރޯނިކް ސަރަހައްދައް ހުކުރު ދުވަހު ޖައްސާލަބަލަ. ( މަސްމާރުކޭޓް ކުރިމަތި) ހިވާނީ ބަންގާޅު ރެސްޓޮރެންޓެއް އޮޕްރޭޓްކުރާހެން. ޙެލްތު ހުއްދައެއް، ޖީއެސްޓީ އެއް އޮންނަ ބައެއްނޫން. ދިވެއްސަކު ކޮއްބަލަ ހުންނާނެ މީރާއިން ދުވެ ދުވެ.
ޑެތެ
24 September 2025
ޤަވާޢިދާ ޚިލާފަށް އުޅޭމީހުން ވިޔަސް ޤަވާއިދުން އުޅޭބައެއްވިޔަސް އެގޭނީ މާލެއިން ރާއްޖެތެރެއަށް ފުރާ ބިދޭސީންގެ ދަފްތަރެއް ކޮންމެ ރަށެއްގައި ހެދިގެން.
އަރި ޚިޔާލު
24 September 2025
އދ. ދިގުރަށް، މާމިގިލި މިދެރަށަށްވެސް ޖައްސާލާލަބަލަ. ނަމުގައި ދިވެހިން ކަމުގައި ބިދޭސީން ގެސްޓުހައުސް ވިޔަފާރި، ފިހާރަތަކާއި ހޮޓާ ރެސްޓައުރެންޓު، ކޮންސްޓުރަކްސަން މަސައްކަތާއި، ދަނޑުވެރިކަން، ފަހާތަންތަނާއި ބޯކޮށާތަންތަން ހިންގަނީ. ދޭތެރެއަކުން ބަލާލައްޗޭ.
ކޮރަލް
24 September 2025
ކައުންސިލް އަށް ވެސް ބަލާލެވޭނެ އެވެ، ކައުންސިލް އިން އެމީހުނާ ގުޅިގެން ވިޔަފާޜި ނުކުރާނަމަ ....
ކަންވާރު ބޮޅު
24 September 2025
ސަރުކާރު ހިންގަން ތިބޭ ވެރިންނަށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ފެންނަނީ ހަމައެކަނި މާލެއާއި ހުޅުމާލެއިން ތޯއްޗެއް. ޢާބާދީ ބޮޑެތި ރަށްތަކުގަ މިކަން އިންތިހާޔައް ބޮޑުވެފަ އޮތަސް މިވެރީނަށް އޯކޭ.
ބަކުރުު
24 September 2025
ބަންދުކޮށް ނޯޓިސް ހިއްޕާފާ ހުރިތަނެއް. އެކަމަކު މިހާރު ރޭގަނޑު އެތާނގެ ދޮރު ލައްޕާގެން ތިބެ ރޭގަނޑު އެބަ ވިޔަފާރި ހިންގާ. ކެނެރީމަގު ލައިޓްކޯނަރު ގޭގައި ހުންނަތަނެއް.
މުސް
24 September 2025
މިއީ ވިދާޅުވި އެއްޗެއް ތެދު ކަމަށް ދައްކަން ކުރި ކަމެއް ކަމަށް ފެންނަނީ. އެހެން ނަހަދާ ކޮންމެ ދުވަހަކުވެސް ކުރާ ކަމެއް ގޮތަށް މިކަން ކުރަން ޖެހޭ، އަޅުގަނޑު ސަޕޯޓް ދިވެހި ވިޔަފާރިކުރި އަރުވަން ކޮންމެ ބަޔަކު ކޮންމެ ކުރިޔަސް.
އޮނަރަބްލް އަފީފު ދީދީ
24 September 2025
ރާއްޖޭގައި މިހާރުތިބި އިމިޤްރޭޝަން ޤާނޫނާއިޙިލާފު މީހުންހޯދަން ބޭނުންނަމަ އީޔޫގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އިންޑިޔާ، ލަންކާ ނޫން އެހެން ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭގޮތަށްހަދާފައި ތިޔަ މަސައްކަތާއިގެން އުޅުން ބުއްދިވެރި.
އޮނަރަބްލް އަފީފު ދީދީ
24 September 2025
މަތީގައިދެންނެވި ޤައުމުތައްފިޔަވާ އެހެންޤައުމެއްގެ އޯޑިނަރީ ޕާސްޕޯޓް ހޯލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭގޮތަށް އިމިޤްރޭޝަން ޤަވާއިދުތަކަށް ބަދަލުގެނެސް ފައި "ރާއްޖެއަށް އެތެރެވާ ޑިޕްލޯމަޓިކް އިނާޔަތް ލިބޭ ފަރާތްތައް ފިޔަވާ" ހުރިހާ ޤައުމުތަކެއްގެ މީހުންވެސް ރާއްޖެ އައުމުގެކުރިން ޕެއިޑް ހޮޓެލް ބްކިންސް އިމިޤްރޭޝަނަށް ހުށަހަޅައި Electronic Travel Authorization ހޯދުމަށް ފަހުގައިމެނުވީ ރާއްޖެނާދެވޭގޮތަށް އިމިޤްރޭޝަންޤަވާއިދު ބަދަލު ކުރޭ.
އޮނަރަބްލް އަފީފު ދީދީ
24 September 2025
ތިކަން ހުއްޓުވޭނީ އިމިޤްރޭޝަން ޤާނޫނާއި ޙިލާފް ބިދޭސިން ރާއްޖެ އެތެރެވުމަށް އޮތް މަގުބަންދުކުރަން މަތީގައިދެންނެވި ފަދަ ޤަވާއިދު ތަކެއްގެތެރެއިން ބޯޑަރ ކޮންޓްރޯލް ނިޒާމްތަކެއް ކަޑައެޅައިގެން. އަދި މިހާރު ރާއްޖޭގައި ވަގަށް މަސައްކަތް ކުރަމުންދާމީހުން މަސައްކަތުގެ މާހައުލުން އަތުލައިގަތުމަށް އޮޕަރޭޝަންތައް ހިންގާ، އެފަދަ ބިދޭސިންނާއި މަސައްކަތް ޙަވާލުކުރާ ދިވެހިންނާއި އެފަދަ ކުންފުނިތައްވެސް ޖޫރުމަނާކޮށް ޝަރީއަތަށް އެފަރާތްތައް ވެސް ފޮނުވައިގެން.
ބޮންދު
24 September 2025
ތިފަދަ އޮޕަރޭޝަން ފެށުމުގެ ހަފްތާއެއް ކުރިިން އިޢުލާނު ކުރަންވާނެ. އޭރުން ފިލުވަން ބޭނުންވާ މީހުންނަށް އެފުރުސަތު ލިބޭނީ