އިމިގްރޭޝަންގެ އޮޕަރޭޝަންގައި ބިދޭސީންނާ ސުވާލުކުރަނީ.-- ފޮޓޯ: އިމިގްރޭޝަން
03 ޖޫން 2025 - 12:14
ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ފިލައިގެން އުޅޭ މައްސަލައެއް ފެންމަތިވެފައިވީ ނަމަވެސް އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް މިހާތަނަށް ނުލިބޭ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިިމިގްރޭޝަނުން އެހެން ބުނީ، ވިލިމާލޭގެ ފެކްޓަރީއެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހާ ފިލައިގެން އުޅޭތީ އޭނާ ހޯދަން ފޮޓޯ އާއި އެ މީހާގެ ވަނަވަރުތައް ހިމަނައިގެން ސޯޝަލް މީޑިއާގައި އިއްޔެ މައުލޫމާތުތަކެއް އާންމު ކޮށްފައިވާތީ "މިހާރު" އިން ސުވާލު ކުރުމުންނެވެ. ބިދޭސީ މީހާގެ ފޮޓޯއާ އެކު ވަނަވަރު އާންމުކުރީ އޭނާއާ އެކު އެ ފެކްޓަރީގައި މަސައްކަތްކުރާ ދިވެއްސެކެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓުގައިވާ ބިދޭސީ މީހާ ފިލައިގެން އުޅޭ މައްސަލަ އެ އިދާރާ އަށް ރިޕޯޓު ކޮށްފައި ނެތް ކަމަށެވެ. އެހެންވެ، އެ މީހާ ހޯދުމުގެ މަސައްކަތެއް އިމިގްރޭޝަނަކުން ނުކުރެ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ލޯންޗަކަށް އަރުވަނީ. --ފޮޓޯ | އިމިގްރޭޝަން
ދެހަސް ސާދަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުން އަންނަ އުމުރުން 31 އަހަރުގެ ބިދޭސީ މީހާގެ ގައިގައި ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަން އެނގުނީ ވިސާ އާ ކުރުމަށް މެޑިލަކް ޓެސްޓު ހެދުމުން ކަމަށާއި އެޗްޕީއޭން އެކަން އެންގުމުން މީހާ ބޭސްފަރުވާ ކުރުމަށް ގައުމަށް ފުރުވާލަން ނިންމި ކަމަށް އެ ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފު ބުންޏެވެ.
މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާން ވިލިމާލޭގެ ފެރީ އަށް އެރި ނަމަވެސް އޭގެ ފަހުން އެޗްޕީއޭ އިން ގުޅައި ބިދޭސީ މީހާ ރާއްޖެއިން ބޭރު ނުވާ ކަމަށް ބުނި ކަމަށާއި އެހެންވެ އެ މީހާ ހޯދުމުގެ މަސައްކަތް، އެ ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށް ވެސް ފެކްޓަރީގެ މުވައްޒަފު ބުންޏެވެ.
މި މައްސަލާގައި އެޗްޕީއޭ އިން ބުނީ ބަލި މީހުންގެ ޒާތީ މައުލޫމާތުތަކަކީ ސިއްރެއް ކަމަށާއި އޭގެ ތެރޭގައި ގައިންގަޔަށް އަރާ ބަލިތައް ހުންނަ މީހުން ވެސް ހިމެނޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
03 June 2025
އެއިޑްސް ޖެހިފަ ހުރި ކަމަށް ބުނާ މީހަކު އެބަ އުޅެ އެވެ. ސޯސަލް މީޑިޔާގަ ވެސް އެވާހަކަ އެބަ ދައްކަ އެވެ. އެކަމު ބަޔަކު ރިޕޯޓް ނުކުރާތީ އެމައްސަލަ އެއް ނުބަލަމެވެ. ޝައްކު ވިއަސް ބަލަން ވާނެ އެވެ.
ގޮބޮޅިސްތާން
03 June 2025
އެމީހާގެ ހުރުމަތް ކެނޑިދާނެތީ ތޯއްޗެއްނު
ބޯހަރު މީހާ
03 June 2025
ދިވެހީންނައްވުރެން ބިދޭސީންގެ ހައްގު ބޮޑު ގައުމެއްމީ އަބަދުވެސް، އެއީ އިއްޔެއަކު މިއަދަކު ދިމާވެގެން އުޅޭކަމެއްނޫން މިހާރު ދެން ހައްދުން ނައްޓާފަ މިއޮތީ.
އެންމެން ހެޕީ
03 June 2025
ގުޅިގެން ކައްކާ ޑޮންޑޮން
މަޖާ ކަން
03 June 2025
ގެއްލުނު ކަމުގެ ރިޕޯރޓެއް ނުކުރާނެދޯ. ގެއްލުނުކަން ރިޕޯރޓް ކުރަންޖެހެނީ ލާރި ދައްކައިގެން ވިއްޔަ. މީ ވާ ގައުމެއް.
ކޮރަލް
03 June 2025
ސަލާމަތެއް ނެތެވެ. ކްލިނިކް އިން ޓެސްޓް ހަދާ ގައިން ގަޔަށް އަރާ ބައްޔެ ހުރީމަ މެޑިކަލް ދޫ ނުކުރި އެވެ. މިވާ ގޮތުން ދެން ކުރެވޭނެ ކަމެއް ނެތެވެ. އޭނަ އޫޅެން ވީ އެވެ. މެޑީކަލް ގަ މައްސަލަ އެއް އުޅޭނަމަ އެޗްޕީއޭ އާއި އިމިގްރޭޝަން އަށް ވަގުތުން އަންގަން ޖެހޭ ގޮތަށް ހަދަން ވީ އެވެ. ގާނޫނެއް ނުހަދާ މިކަން ވާނެ ގޮތެއް އޮތް ތޯ ބަލަން ވީ އެވެ.
ވގތނ
03 June 2025
ވަގުތުން އަންގާ އެޗްޕީއޭ އަށް..އެކަމް އެތަން ނިދާފަ..
ދެންފަހެ
03 June 2025
މިހިރީ މުއައްސަސާތަކުގެ ގުޅުންއޮތް މިންވަރު. ދެން ރައްޔިތުންތަ އެމީހަކު ހޯދަން ނިކުންނަންވީ! އަމިއްލައަށް ޒިންމާ ނަގަންވެއްޖެ ނޫންތަ. މިވަރުގެ ޚަބަރެއް ފެތުރޭއިރު ބަޔަކު އެންގިޔަސް ނޭންގިޔަސް ހަގީގަތް ހޯދައި އާންމުކުރަން ވެއްޖެދޯ.
ރިޓަޔާރީ
03 June 2025
ރައީސުލް ޖުމްހޫރިއްޔާ އިސްނަންގަވައިގެން އިރުޝާދާ ލަފާފުޅު ނުދެއްވަނީސް ކަލޭމެން އަމިއްލައަށް ފެނިގެން އެއްވެސް މަސައްކަތެއް އަޅެފަހެ ނުކުރަނީތަ!؟
ކައްޕަތުރޭގެ އުފާވެރި މާރުކޭޓު
03 June 2025
ޝަންމާނު ހުރިނަމަ މިހާރު އެމީހާ ހޯދާފަ ޑިޕޯޓްކޮށްފަ ހުންނާނީ!
ރަދީފްއޮފިޝަލް / އިހަމާ
03 June 2025
އިމިގްރޭޝަނަށް ކޮންކަމެއް ކުރެވެނީ.ވިސާ ސެކްޝަނަށް ގުޅައިގެން ދުވަހަކުވެސް ފޯނަށް ޖަވާބު ނުދޭ.އަދި އިތުރި 500 ސްޓާފުން ނެގިޔަސް ކުރިއެރުމެއް ލިބޭނެ ބާ؟؟ ވ.ވެދުން
ލޮލްް
03 June 2025
އިމިގްރޭށަނަށް ކުރުވޭހާވެސް ކަމަކީ ސްޓޫޑަންޓް ލޯން ދެއްކުން. އިތުރު ކަމެއް ނުވޭ.
ނުގުޅެ
03 June 2025
ގުޅަނީ ވ ވަރުން..ގުޅާފަ ވެސް ޕައް ކިޔާފަ ފޯނު ކަނޑަނީ..އެކަކު ބުނާ އެއްޗެއް ނޫން ދެވަނަ ދުވަހު ގުޅާ މީހަ ބުނަނީ