ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލަައިގަންނަން އިމިގްރޭޝަނުން ކުރިން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއަކު ހިފަހައްޓާފައި: ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީމީހާގެ އެއްވެސް މައްސަލައެއް އަދި ނުލިބޭ ކަމަށް އިމިގްރޭޝަނުން ބުނި.---ފޮޓޯ: އިމިގްރޭޝަން
02 ޖޫން 2025 - 17:00
ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ފިލައިގެން އުޅޭތީ އޭނާ ހޯދަން ފޮޓޯ އާއި އެ މީހާގެ ވަނަވަރުތައް ހިމަނައިގެން ސޯޝަލް މީޑިއާގައި މިއަދު މައުލޫމާތުތަކެއް އާންމުކޮށްފި އެވެ.
އެ ބިދޭސީމީހާ މަސައްކަތްކުރާ ފެކްޓަރީގައި އުޅޭ ދިވެއްސަކު ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައިވާ ޕޯސްޓެއްގައިވާ ގޮތުން އެއީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުން އަންނަ ބަންގްލަދޭޝްގެ މީހެކެވެ. އުމުރުން 31 އަހަރުގެ އެ ބިދޭސީމީހާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ވިލިމާލޭގައި ހުންނަ ފެކްޓަރީއެއްގަ އެވެ.
އެ ފެކްޓަރީގެ މުވައްޒަފަކު "މިހާރު" އަށް މިއަދު ބުނީ ބިދޭސީމީހާ އެ ތަނުގެ މަސައްކަތަށް ގެނައީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކަމަށެވެ. ބިދޭސީ މީހާގެ ގައިގައި ބައްޔެއް ހުރިކަން އެނގުނީ ވިސާ އާ ކުރުމަށް މެޑިލަކް ޓެސްޓު ހެދުމުން ކަމަށް ވެސް ބުންޏެވެ.
"މެޑިކަލް ޓެސްޓު ހެދުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅާފައި ބުނީ އެ ބިދޭސީ މީހާގެ ގައިގައި ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް. ކޮން ބަޔެއް ކަމެއް ނުބުނޭ، އެކަމަކު ގައިންގަޔަށް އަރާ ބައްޔެއް ކަމަށް ބުނި،" ފެކްޓަރީގައި މަސައްކަތްކުރާ މުވައްޒަފު ބުންޏެވެ.
އެކަން އެނގުމުން އެ ކުންފުނިން ބިދޭސީ މީހާ ބޭސްފަރުވާ ކުރުމަށް ގައުމަށް ފުރުވާލަން ނިންމި އެވެ. އަދި މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާން ވިލިމާލޭގެ ފެރީ އަށް އެރި ކަމަށް ވެސް "މިހާރު" އާ މައުލޫމާތު ހިއްސާކުރި މުވައްޒަފު ބުންޏެވެ.
ނަމަވެސް އޭގެ ފަހުން އެޗްޕީއޭ އިން ގުޅައި ބިދޭސީ މީހާ ރާއްޖެއިން ބޭރު ނުވާ ކަމަށް ބުނި ކަމަށާއި އެހެންވެ އެ މީހާ ހޯދުމުގެ މަސައްކަތް، އެ ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށް ވެސް ފެކްޓަރީގެ މުވައްޒަފު ބުންޏެވެ.
"ގައިންގަޔަށް އަރާ ބައްޔެއް ހުރުމުން އާންމުންގެ ރައްކާތެރި ކަމަށް މިކަން [ސޯޝަލް މީޑިއާގައި] ހިއްސާކުރީ،" އޭނާ ބުންޏެވެ.
މި މައްސަލާގައި އެޗްޕީއޭ އިން ބުނީ ބަލި މީހުންގެ ޒާތީ މައުލޫމާތުތަކަކީ ސިއްރެއް ކަމަށާއި އޭގެ ތެރޭގައި ގައިންގަޔަށް އަރާ ބަލިތައް ހުންނަ މީހުން ވެސް ހިމެނޭނެ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ، މިފަދަ މައްސަލައެއް އެ އިދާރާއާ ހަމައަށް އަދި ލިބިފައި ނެތް ކަމަށެވެ.
ބިދޭސީ މީހާގެ މައްސަލަ ފުލުހަށް ހުށަ ނޭޅި ނަމަވެސް އޭނައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ 7478833 އަށް ގުޅުމަށް ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލޮކޮސް
03 June 2025
ފޮޓޯ ޖަހާބަލަ. ކޮން ސިއްރެއް ކުރާކަށް، ދިވެހިން ހަނާހުނިވަނީ މި ހިއުމަންރައިޓަކާހެދި. ދިެވހިން މަރުވިޔަސް ހެޔޮ ބަލަނީ ފިލައިގެން މީހުނަގަޔަށް ަރާބަލިމީހާގެ އިންސާނިއްޔަތުކަމަށް
ވޯލް
03 June 2025
ދައުލަތުގެ އެއް އިދާރާއިން ކަމެއް އިއުލާން ކުރާއިރު އެކަމާ ގުޅުން ހުރި އަނެއް އިދާރާއަށް ރޭކާވެސް ނުލާ. މި ފެންނަނީ ސަރުކާރުގެ ހިންގުމުގައި ތިބި މީހުންގެ މެދުގައި އޮތް ގުޅުން.
ހަސަނާ1
03 June 2025
މިކަމުން އެނގެނީ ރާއްޖެ އަންނަ ބިދޭސީންގެ މެޑިކަލް ހެދުން ވަރަށް ސީރިއަސްކޮށް ގެންދަންވެއްޖެކަން މިހާރުން މިހާރަށް. މާ ބޮޑަށް މިކަން ހަރުދަނާ ކުރަންވެއްޖެކަން.
ކޮރަލް
03 June 2025
މާލޭގަ މިސްކިތް ތަކަށް ވުރެ ހަށި ވިއްކާ ތަންތަން ގިނަ އެވެ. އެތަން ތަން ދިވެހީން ހަވާލު ކޮށްފަ ހުންނަ ނީ ބިދޭސީންނާ އެވެ. މަހަކު އެތައް ލައްކަ އެއް ވަދެ އެވެ. ދިވެހި މީހާ އަށް ދެނީ ކުޑަ އެތި ކޮޅެކެވެ. ދެން މައްސަލަ އެއް ޖެހިއްޖެ ނަމަ ބިދޭސީ މީހާ ސަލާމަތް ކުރަން ދިވެހި މީހާ ކުރެވުނު ހުރިހާ ކަމެއް ކުރަން ޖެހެ އެވެ. ހަށި ވިއްކާ ތަންތަން ބަންދު ކޮށް ބިދޭސީން ޑިޕޯޓް ކުރަން ވީ އެވެ. އެއިޑްސް އެބަ ގިނަ ވެ އެވެ.
ރައްވޫ
03 June 2025
ބަލަަގަ ދިވެއްސެއް ނަމަ މި ނޫސްތަކުން އޭނަގެ ފޮޓޯޖަހައިގެން، މީނާ އާކީ ގައިން ގަޔަށް އަރާ ބަލި ހުރިމީހެކޭ މީނަޔާ ގާތް ނުވާށޭ ކިޔާ، ފުރިހަމަ ނަމާ ދާއިމީ އެޑްރެސް ޖަހައިގެން ފަލީހަތް ކުރީސް.
އަލިފާންފޮށި
03 June 2025
ގައިންގަޔަށް އަރާ ބައްޔެެއްހުރީ ކަން ދެނެގަނެވުމުންވެސް، އެޗްޕީއޭ އާ ހޮސްޕޓަލް އަދި ކަންމާ ބެހޭ އިދާރާ ތަކުން އެ މީހާ މުޖުތަމައުއަށް ދޫކޮށްލެވިފަ ހުރީ ކީވެ؟ ބަލި ފެތުރެމުން ދޭތޯ ބެލިންބާ! މުޅިން އިހުމާލު.
އެމްސް
03 June 2025
އެހާ ޒަމާނު އެއް ބިދޭސީން ތަކަކަށް ރާއްޖޭގަ އުޅެވެން އޮންނަ އޮތުން އުވާނުލާ، ބިދޭސީންގެ އެއްވެސް މައްސަލައެއް ޙައްލުވާކަށް ނެތެވެ.
ހާލިފު
03 June 2025
ބަންގުލަދޭޝް އެންބަސީއާ ގުޅިގެން ވިޔަސް ސާފުތާހިރުކަމުގެ ސެޝަންތަކެއް ހުރިހާ ބަންގާޅިންނަށް އެޗްޕީއޭއިން ހިންގަބަލޭ. ހާދަ މުޑުދާރޭ އެމީހުން. މަގުމައްޗަށް ކުޅުޖެހުން ވެސް މަނާ ކުރަންވީ. ދެން ކެފޭތަކުގައި ބަންގާޅިން ގެންގުޅުން މަނާ ކުރަންވީ އެހެންނޫނި ކެފޭ ރެސްޓޯރަންޓުތަކުގެ ވެރިންނާ ވެއިޓަރުންނަށް ބަންގާޅު ބަހުން ސެޝަންދީ. ކެއްސާ ނޭފަތައް އަތްލާފަ އަތް ނުދޮވެ ކާއެއްޗިސް ގައި އަތްލަނީ އެމީހުން. ދިވެއްސަކު ނުހުރޭ ސުޕަވައިޒު ކުރާކަށް ވެސް އެތަންތާކު
ބަލިތަކުގެ ހާލި
03 June 2025
އަހަރެން ދަންނަ ދެތިން ދިވެހިންނަށް މިފަހުންވެސް ޓީބީ ޖެހުނު. މިފަހަކަށް އައިސް ޓީބީ އެގޮތައް ފެތުރެނީ ބޭރުން ކެއުން އިތުރުވުމާ ކަންތަކުން. ކެފޭތަކާ ފިހާރަތުކަުގައި ގިނައިން ބަންގާޅިން ތިބެނީ. ދެން ދިވެހިންނަށް ނުޖެހޭނެ ގޮތެއް އެއީ ނެތް ގޮތެއް. މަގުމައްޗަށް ކެއްސާ ކުޅުތަޅާ އެމީހުން. ކެއްސާފަ ގޮސް ތަންތަނަށް ވެސް ވަންނާނެ. ދެން ހަމަ އެތަން ތަނަށް ލައިކު ފިހާރަތަކަށް ދިވެހިން ވެސް ވަންނާނެ. މާލެއަކީ ހަމަ ސިއްހީ ބޮޑު ކާރިސާއަކަށް ބަދަލުވާނެ ތަނެއް.
ނައީމްބެ
03 June 2025
ބިދޭސިީންގެ ކަންކަންވެސް ތިކުރަނީ އަމާބުނީތީ ފަރައްދާ އުސޫލުން ތަންކޮޅެއްގަޓުހުރެގެން ކަންކަންރާވަބަލަ