ސެންޓޭ، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
26 ސެޕްޓެމްބަރ 2025 - 00:07
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކޮޅަށް އަލީ ފާސިރު (ސެންޓޭ) ވައްދާލި ހިލޭޖެހުމުން ނިއު ރޭޑިއަންޓުން ރޭސް ދަމަހައްޓައިފި އެވެ.
މެޗުން، ނިއު މޮޅުވީ 2-0 ނެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ކުޅުނު ފުރަތަމަ މެޗުގައި ވެސް ސެންޓޭ، ވަނީ ހިލޭ ޖެހުމަކުން ޓީސީ ކޮޅަށް ލަނޑު ޖަހައިފަ އެވެ.
މިރޭ ޔޫވީއާ ދެކޮޅަށް ވެސް އޭނާ ލަނޑު ޖެހީ ގާތްގަނޑަކަށް އެއް ހިސާބަކުން ލިބުނު ހިލޭޖެހުމަކުންނެވެ.
ސެންޓޭ، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މެޗުގެ ބޮޑު ބައެއްގައި ޔޫވީގެ ގޯލް ފޫއަޅުވާލަން ނިއު އަށް ވީ އުނދަގޫ ކަމަކަށެވެ.
އެކަމަކު ސެންޓޭ ފޮނުވާލި ހިލޭޖެހުން ދިފާއު ކުރަން އޭނާ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.
ނިއުގެ ފޯވާޑުންނަށް ޖާގަ ނުދޭން ޔޫވީން ކުޅުނީ ޑިފް ޑިފެންސިވް ލައިނެއްގަ އެވެ. އެކަމަކު އެ ޓީމު ކޮޅަށް ވަން ލަނޑަށް ފަހު ޑިފެންސުން އިތުރު ޖާގަތައް ނިއު އަށް ލިބުނެވެ.
ނިއުގެ ދެވަނަ ލަނޑު ޖެހި ސިލްވާ، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މުސާ | މިހާރު
އެ ޓީމުގެ ދެވަނަ ލަނޑު ބްރެޒިލް ވިންގާ ގުއިލާމޭ ސިލްވާ ޖެހީ ޑިފެންސް އިތުރަށް ހުޅުވުމުން ލިބުނު ޖާގައިގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ތަނަވަސް ކުރި ފުރުސަތުންނެވެ.
ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ނިއުއިން ވަނީ އެ ޓީމުން ކުޅުނު ދެ މެޗުގައި ޖުމުލަ އަށް ލަނޑު ޖަހައިފަ އެވެ. ޕާކިސްތާނުގެ ގައުމީ ކީޕަރު ސާގިބް ހަނީފް ބަލަހައްޓާ ގޯލަށް އަދި މިހާތަނަށް ގޯލެއް ނުވަދެ އެވެ.
އެހެންވެ ނިއު އެއްވަނައިގައި އޮތީ ފައިދާ އަށް ގޯލާ އެކު އެވެ. ދެވަނައިގައި އޮތް މާޒިޔާ އަށް އޮތީ ފައިދާ ހަތް ގޯލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢާރީ
26 September 2025
ކޯޗުންގެ ބަހެއް ވެސް ނެތް ދޯ. މަރުހަބާ ނިއު
ބޭނުމޭ
26 September 2025
ރާއްޖެ ފުޓުބޯޅަ ކުރި އަރާނީ ކިހިނެއް. ފުޓުބޯޅައިގެ ޚަބަރުތަށް ބަލައި ލެވޭ ވެބްސައިޓް ގަނޑެއްވެސް އިންނަނީކީ އެއް ނޫން. މީ 2025 . މި ޒަމާނަކީ ފަސޭހައިން މިކަހަލަ ޚަބަރު ތައް ބަލައި ލެވޭ ޒަމާން. މެޗް ފިކްޗާސް އެނގޭކަށް ނުހުރޭ. ޓޭބަލެއް އެނގޭކަށް ނުހުރޭ. ފުޓުބޯޅަ ބަލަން ބޭނުންވާ، ފުޓުބޯޅައަށް ލޯބިކުރާ މީހުން ނަށް ފަސޭހައިން އެނގޭނެ ގޮތަށް މިހިރަ މިހިރަ ކަންކަން ރަގަޅު ކޮށް ހައްލު ކޮށް ދިނުމަށް އެފްއޭއެމް ރައީސް އަށް ގޮވާލަން.
ދިމް
26 September 2025
މިވަރުގެ ލީގެއް ކުރިއަށް ދާއިރު ތިރީގައިވާ ކަންކަން ފާހަނގަކުރެވެއެވެ:(1) މެޗްތަކުގެ ޝެޑިއުލް ފެންނާނެ ދިމާލެއް ނެތުން. (2) މި ލީގުގެ ހަބަރު ދަބަރު އިނގޭ ސައިޓެއް އެއްޗެއް ނެތްކަން (3) އެފްއޭ އެމްގެ ވެބްސައިޓްގަނޑެއް ނެތްކަން (4) އިންސްޓާ، އެފްބީ އަދި ޓުވިޓާ އެކަންޓްތައް އަޕްޑޭޓްނުވާކަން (5) މިހާރު ނޫހުގަވެސް ލީގް ހަބަރު އަންނައިރު ދެން އޮންނަ މެޗެއްގެ އެއްވެސް ވާހަކައެއް ނުހުންނަކަން (6) ނރސކ ގެ އެއްވެސް ސޯށަލް މީޑިއާއެއްގަ މިހަބަރު ނުހުންނަކަން
ރަދީފްއޮފިޝަލް /
26 September 2025
ލީގް ޓޭބަލްގަނޑު ހިމަނާލަން ނުކެރޭ.
މުލޭ
26 September 2025
ދިވެހި ލީގުގެ އަޕްޑޭޓް ސްޓެޓިސްޓިކްސްއާއި ޕޮއިންޓް ޓޭބަލް ބެލޭނެ ވެބްސައިޓެއް ނެތްތަ.