މި އަހަރުގެ ފިމްފެއާ އެވޯޑުގެ ނޮމިނޭޝަންތަކުގެ ކުރީގައި އުޅޭ ބައެއް ފިލްމުތަކުގެ ޕޯސްޓަރުތައް.
28 ސެޕްޓެމްބަރ 2025 - 11:36
ބޮލީވުޑްގެ ފިލްމުތަކަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ފިލްމްފެއާ އެވޯޑުގެ މި އަހަރުގެ ނޮމިނޭޝަންތައް އިއްޔެ އިއުލާންކޮށްފި އެވެ.
މި އަހަރު އެންމެ ގިނަ ނޮމިނޭޝަންތައް ލިބިފައި ވަނީ އާމިރް ޚާން އާއި ކިރަން ރާއޯގެ "ލާޕަތާ ލޭޑީސް" އަށެވެ. ދެން އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނީ ހޮރޯ ކޮމެޑީ ފިލްމު "ސްތުރީ 2" އާއި ސްޕޯޓްސް ޑްރާމާ ފިލްމު "މައިދާން" އަށެވެ. އަދި އެކްޝަން ތުރިލާ "އާޓިކަލް 370"އަށް ވެސް ގިނަ ނޮމިނޭޝަންތަކެއް ލިބިފައިވެ އެވެ.
އެންމެ މޮޅު ފިލްމުގެ އެވޯޑަށް މިފަހަރު ވާދަކުރަނީ "އާޓިކަލް 370" އާއި "ބޫލް ބުލައްޔާ 3" އާއި "ކިލް" އާއި "ލާޕަތާ ލޭޑީސް" އަދި "ސްތުރީ 2" އެވެ.
އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް ވާދަކުރަނީ "އާޓިކަލް 370" އިން އަދިތުޔަ ސުހާސް ޖަމްބަލޭ އާއި "ސްތުރީ 2" އިން އަމަރް ކޯޝިކް އާއި "ބޫލް ބުލައްޔާ 3" އިން އަނީސް ބަޒްމީ "ކިލް" އިން ނިކިލް ނަގޭޝް ބަޓް އަދި "ލާޕަތާ ލޭޑީސް" އިން ކިރަން ރާއޯ އެވެ.
The wait is over! 😍
— Filmfare (@filmfare) September 28, 2025
Nominations for the #70thHyundaiFilmfareAwards2025withGujaratTourism are finally here! Cheer for your favourites live on October 11 at Eka Arena, Ahmedabad.
Book your tickets now on District, link in bio ✨
Title Partner: @HyundaiIndia
Destination… pic.twitter.com/3uhTU04HNc
މިފަހަރު އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޮމިނޭޓުވެފައި ވަނީ "އައި ވޯންޓް ޓު ޓޯކް" އިން އަބީޝެކް ބައްޗަން އާއި "މައިދާން" އިން އަޖޭ ދޭވްގަން އާއި "ސަރްފިރާ" އިން އަކްޝޭ ކުމާރް އާއި "ފައިޓާ" އިން ރިތިކް ރޯޝަން އާއި "ޗަންޑޫ ޗެމްޕިއަން" އިން ކާތިކް އަރްޔަން އަދި "ސްތުރީ 2" އިން ރާޖްކުމާރް ރާއޯ އެވެ.
އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް ނޮމިނޭޓުވެފައި ވަނީ "ޖިގްރާ" އިން އާލިއާ ބަޓް އާއި "ކްރޫ" އިން ކަރީނާ ކަޕޫރް ޚާން އާއި ހަމަ އެ ފިލްމުން ތާބޫ އާއި "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިޔާ" އިން ކްރިތީ ސެނޮން އާއި "ސްތުރީ 2" އިން ޝްރައްދާ ކަޕޫރް އަދި "އާޓިކަލް 370" އިން ޔަމީ ގޯތަމް އެވެ.
މިއީ ފިލްމުފެއާ އެވޯޑް ދޭ 70 ވަނަ އަހަރެވެ.
މި އަހަރުގެ ފިލްމުފެއާ އެވޯޑް ބާއްވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ ގުޖުރާތުގެ ސިޓީއެއް ކަމަށްވާ އަހްމަދުއާބާދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy