ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު: ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ވަނީ ސާބިތުވެފައި. -- ފޮޓޯ: މިހާރު
28 ސެޕްޓެމްބަރ 2025 - 15:51
ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި. ދައުލަތުން އެދުނީ އަސާސީ އަދަބު ދޭން. އެއީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން. އެކަމަކު ގާޒީ ނިންމެވީ ސައީދު ހަތަރު އަހަރަށް ޖަލަށް ލާން. ސައީދު ކޮށްފައި ވަނީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށަކަށް ވާތީ އެ ކުށުގެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެއް.
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ސައީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާ ކުރީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.
ސައީދު ކުށްވެރިވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބު ކަނޑައެޅުމުގެ ޝަރީއަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މިއީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ ކުށެކެވެ.
މި މައްސަލައިގައި ސައީދަށް ހުކުމްކުރި އިރު ފެނަކައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ހާމަވެފަ އެވެ. އެކަމަކު އޭނާ ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ.
ސައީދުގެ މައްޗަށް ތުހުމަތުވާ ބައެއް މައްސަލަތައް އޭސީސީގައި މިހާރު ވެސް ކުރިއަށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮންކަރާ
30 September 2025
ސައީދު ދެން ކުރަންވީ ކަމަކީ ވެކޭޝަނަށް ދާނެ ގައުމެއް ހޯދުން.. މަހެއް ހާ ދުވަސް ކޮށްލާފަ ދައުލަތުން ފޮނުވާލަ ދޭނެ ބޭސްކުރަން. އެހާހިސާބުން ދެން ރައްޔިތުން ހަނދާންނެތެންދެން ލިބުނު ލާރިން ބޭރުގަ އުޅެލާ. މީ ގައުމުގައި ކޮރަޕްޝަނަށް ހުކުމް ކުރާ މީހުންނަށް އަމަލު ކުރާ އުސޫލަކީ..
ބަޑިތަކުރު
30 September 2025
ދުވަހަކުވެސް ހިންގާފައިނުވާ ފަދަ ޚިޔާނާތް ފެނަކަތެރެއިން ހިންގާފައިވާކަމަށް އަޑުއިވޭއިރު ތިއީވަރަށް ކުޑަ މިންވަރެކެވެ. ކޮރަޕްޝަނުން ހޯދި މަންފާއާ އަޅާބަލާއިރު ހުވަނދަކަށްވެސް ތިޔަ އަދަބު ނުވެއެވެ.
ޖނ88
30 September 2025
ސައީދަށް އެކަނި ހުކުން ކުރީމާ ހޫން ވައްކަން ހުއްޓިއްޖެ
ތިހާމް ހުސައިން
29 September 2025
މިހެން ވާންޖެހޭނެ. ވައްކަން ކުރާ ފަރާތްތަކަށް ޖެހޭނެ އަޅަން ޖެހޭ އެއްމެ ހަރުކަށި ފިޔަވަޅު އަބަދުވެސް އަޅަން.
އާނިމް
29 September 2025
އަލްހަމްދުލިﷲ. ވައްކަމަށް އެއްމެ ފަހުން ފިޔަވަޅު މިއެޅީ.
އޮނަރަބްލް ކުދުބެއްޔާ
28 September 2025
އޭ ކޮބާ ނޭވާ ހޮޅި ވެންތިލޭޓަރު މައްސަލަ؟
ސިއްރާ
28 September 2025
އޮކްޓޯބަރު ތިނެއްގެ އެއްވުން އޮތީމަ މިކަހަލަ ހުކުމްތައްވެސް އައިސްދާނެ.
ރާވެރިބެ
28 September 2025
ދެރަކަމަކީ ރައީސް މައުމޫން އާއި ރައީސް ނަޟީދުގެ ވެރިކަމަށް ފަހު ނިމިދިޔަ ސަރުކާރުތަކުގަ އަދި މިސަރުކާރުގަ ވެސް ހަމަ މިކަހަލަ ބޮޑެތި ވައްކަން ކުރާތީ. މިކަން ނުހުއްޓި ނިގައުމަކަށް ކުރިޔަކަށް ނުދެވޭނެ.
ވިޔަފާރިވެރިންވީމަ ސަލާމަތްވެގެން ވަކި ނުވާނެ؟
28 September 2025
ކޮބާ ވެރިކަން ބަދަލްވެލާ ގަޑީގަ އެގްރިމެންޓްތަށް 100 އަހަރަށް ބަދަލްކުރި ގްރޫޕް އަދި ހިތްފުރޭވަރަށް ބިންތަށް މިލްކް ކުރި ގްރޫޕް މިކަންކަމާވެސް އުޅެލަބަލަ؟
raajje
28 September 2025
ތިކަހަލަކިތަންމެ ފެނަކަސައީދުއެއް، ބައްސާމުއެއް، އަދީބުއެއް އަދިވެސްއެބައުޅޭ، މިކަހަލަ ހިޔާނާތްތެރިންއުފެދެން ދިމާވާއެއްސަބަބަކީ ސަރުކާރު އޮފީސްތަކުގަޔާ އެހެނިހެން އިދާރާތަކުގައި ތަނުގެފައިސާ މެނޭޖުކުރުމުގައި ރަނގަޅު މެކޭނިޒަމެއްނެތުން، ތަނުގެއިސްކޮށްހުންނަމީހާއަކީ އެތަނުގެ އެކައުންޓުގެ ވެރިމީހާކަމަށް ހީވާކަހަލަގޮތަކަށް ސިސްޓަމްތައްމިއޮންނަނީދޯ! ޓުރާންސްސެކުޝަންތައް ކޮންމެއޮފީހެއްގައިވެސް ކޮމެޓީއަކުން އެޕުރޫވުކުރާގޮތަށްހަދަނިކޮށް ހިޔާނާތްމަދުވާނެ