ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފްލެޓްތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
30 ސެޕްޓެމްބަރ 2025 - 11:22
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހަވާލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފެށީ މިދިޔަ އާދިއްތަ ދުވަހެވެ. ހުޅުމާލޭ 2 ގައި ފްލެޓްތައް އަޅާފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު އަންހެނަކަށެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، "މިހާރު" އަށް ވިދާޅުވީ އެ ކުންފުނިން އަމާޒު ހިފާފައި ވަނީ އަންނަ ޑިސެމްބަރަށް އެތަނަށް އެންމެންނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.
ހަމްދާން ވިދާޅުވި ގޮތުގައި އަމާން އުދަރެސްގެ ފްލެޓުތަކަށް ވަނުމަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކި 14 މީހަކަށް މިހާރު ވަނީ ތަޅުދަނޑި ހަވާލުކޮށްފަ އެވެ.
އެހެން ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ މިމަހުގެ ހަތް ވަނަ ދުވަހެވެ. ފުރަތަމަ ހަފްތާގައި އެކަނި ވެސް 588 މީހަކު ފްލެޓްގެ ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވެ އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތަކެވެ. މެއިންޓެނަންސް ފީއާ އެކު ދެ ކޮޓަރީގެ ފްލެޓްގެ އަގަކީ 8000ރ. އެވެ. އެތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހެ އެވެ.
ތިން ކޮޓަރީގެ ފްލެޓް ދޫކުރަނީ މެއިންޓެނަންސް ފީއާ އެކު 11،500ރ. އަށެވެ. އެ ތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަން ޖެހެ އެވެ.
ސަރުކާރުން ފްލެޓް އެއްބަސްވުމުގައި ސޮއިކުރަމުން އަންނަނީ، ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ގާތްގަަނޑަކަށް 3،000 މީހުންނާ އެކު ވަނީ ސޮއިކޮށް ނިމިފަ އެވެ.
އެ މަޝްރޫއުގައި އިމާރާތް ކޮށްފައި ވަނީ 17-18 ބުރީގެ 32 ޓަވަރެވެ. ބައެއް ފްލެޓްތައް އެއްކޮށް ނިމިފައިވާ އިރު ދެން ހުރި ފްލެޓްތަކުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާއުނިމާ
01 October 2025
މިފުލެޓްތަކަށް ކިތައް ޑޭޓް ދެވިއްޖެތޯ ؟ ދޮގަކަށް ނުވާނެތޯ ؟ ދެން ތިޔަޔަވަރަށް ދޮގު ނަހަދާށޭ ބުނާމީހާތޯ ގޯސްވާނީ، އެވާހަކަ ލިޔާ ނޫސްވެރިޔާތޯ ގޯސްވާނީ ؟
ގުދުގުދާބެއްޔާ
01 October 2025
މިދެނީ މިދެނީ ޑިސެންބަރގައި ދެނީ ޑިސެންބަރ ދާނީ ޗޮކޮހުން! އަނެއްކާ ރޯދައިގެފަހުން ފުލެޓް ހަވާލުކުރަނީ! ރޯދަމަހުގެ ފަހުން އަންނަ ސައްވާލު ވެސް ދިޔައީ ޗޮކޮހުން! 2026 ނޮވެންބަރގަ ފުލެޓް ހަވާލުކުރަނީ ކުރަނީ ހަމަ ކުރަނީ! ދާނީ ޗޮކޮހުން! އެއްޗެއް ދޭން އުޅޭ ބައެއް މާގިނަ ބަހަނާއެއް ނުދައްކާނެ!
އައްޑޫ ބެއްޔާ
30 September 2025
ޕިކް ޕޯސް މެދުވެރިކޮށް ތަޅުދަނޑިތައް ހަވާލު ކުރަންވީނުން؟
ހިސްޓޯބެ
30 September 2025
ހާދަ ސްލޯޔޭ, ކުރިޔަށްދާގޮތް, އެހެންތާވާނީ ކުރާހިތަކުން ނޫން ކުރަނީ. ކިތަކެއް ޑޭޓެއްދީފިތަ.
ދެރަސޮރު
30 September 2025
ޝަކީލޫ ހެޔޮނުވާނެ ރައްޔިތުންނަށް ތިވަރަށް އޮޅުވާލަން, ކީ ހަވާލު ކުރަންވެސް ހާދަ ގިނަ ދުވަހެކޭ .1 ތިޕްރޮޖެކްޓަކީ ސޯސަލް ހައުސިން މި ސަރުކާރުން އޮޅުވާލި .2 ކުރިން ސަރުކާރުން އަގު ހަމަޖައްސާފަ ވަނިކޮށް ކޮންމެ އެޕާޓުމަންޓަކުން 6 ލައްކަ ރުފިޔާ އަގު ބޮޑު ކުރީ .3އެޕްލައިކުރަން ހުޅުވާލި އިރު ނަގާން ހަމަ ނުޖައްސާ އިތުރު ފައިސާ ޑިޕޮސިޓް ނަމުގަ ނަގަމުން ގެންދިއުން .4ސޯސަލް ހައުސިން ތަކެއް ކުލީ އެއްބަސްވުމެއް ހަދާ ކުއްޔަށް ދެމުން ގެންދިއުން , މި ކަންކަމާ ސުވާލު ކުރެވޭނެ ދުވަސް އަދި އަންނާނެ އިންޝާﷲ
އަހުމަދު މުޙައްމަދު . އަސްލު ނަމެއް ނޫން.
30 September 2025
ކޮރަޕްޝަނާ ވައްކަމަކީ ފަހު ޒަމާނުގެ އަލާމާތެއް. މަށާ އެކު އެކުންފުނި މިދިޔަ ސަރުކާރުގަ ހެދި އެއްބަސްވުމަށް ޢަމަލު ނުކޮށް ވަނީ އަލުން ގުރު ލާނެ ވާހަކަ ޕޯތަލްގަ ޖަހާފަ. މަށަކީ މިދިޔަ ސަރުކާރުގަ ވެސް ގުރުލައިގެން ހޮވިފަ ހުރި މީހެއް . އަދި އެއްބަސްވުން ވެސް އޮތް މީހެއް. މި ސަރުކާރުން ބޭނުން ވާ ބަޔަކަށް ތަން ދިނުމަށް އެބަޔަކާ ދިމާވަންދެން ގުރުލާ ތަން ދިނުމަކީ ޚިޔާނާތެއް،. އެއީ މަޤާމުގެ ނާޖާއިޒް ފައިދާ ނެގުން. އެކަމާ ދެކޮޅަށް ކުރެވެންހުރި ކަމެއް ކުރާނެ
ޑޮކްޓަރ
30 September 2025
މަ ހީކުރީ ރައީސް ޑޮކްޓަރ މުޢީޒާ ވިދާޅުވިގޮތަށް ސެޕްޓެމްބަރ 2025 ގައި 4،000 ފުލެޓްގައި މީހުން ދިރިއުޅެމުން ދާކަމަށެވެ. ؟
މާތް ﷲ އާއި ވަކީލު،
30 September 2025
އަޅޭ މި 4000 ފުލެޓަކީ އަދި ކިތައްފަޖަރު ނޫސްތަކުގައި ޖަހާނެ ޙަބަރެއްބާ ؟ އޭޓީއެމް ޕްރޮމޯޓުކޮއްނިމުމީތޯ ؟ ތިމާމެންނަށް ނުވާވަރިގެ ކަންކަމާހަވާލި ނުވެބަލަ ؟ ތިއައީ ނިމިދިއަ ސަރުކާރުން ހަވާލުވެސްކޮއްފައިވާ ތަނެކޭ ތިއިޅެނީ ދެއިރުދެދަޅައަށް ހަވާލުކުރަ ީ ހަވާލުކުރަނީކިއަކިއާ ދެއަހަރުމިހަމަވަނީ 60 ފުލެޓުގެ ބިންގާއަޅޭތޯ ބަލާބަލަ ދައުރުނިމެނީއޭ ސަހާދެއް ބޮލުގަ ރޮއްސާވަރެއް !
މޮޔަގަނޑު
01 October 2025
މިދިޔަ ސަރުކާރުން ހަވާލު ކުރި ތަނެއްނަމަ އެތަނުގައި މީހުން ނޫޅެނީ ކީއްވެބާ؟
ހަމީޒު
30 September 2025
ހާދަ ސްލޯޔޭ, ތަޅުދަނޑި ދޭން އަދި 2 މަސް.
ާއުނިމާ
30 September 2025
މިއުޅެނީ އަދި އެއްބަޔަކަށް ގުރު ނުނަގައޭ ! ބައެއް ޕްލެޓްތައް އޮތީ ދެމަފިރިން ދޭތެރޭ ތާށިވެފައޭ ! އެއް ފިރިއެއްގެ 2 އަނބިންނަށް ލިބިފަހުރި ފުލެޓުން އެކަކު ދޫކޮށްލަން އެބަ ޕުރެޝަރުކުރެޔޭ ! ފުލެޓް ސްކީމު އިޢްލާން ކުރިއިރު ނުހިމެނޭ މާއްދާތައް އިވެލުއޭޓުކޮށް ނިމުމުން ކޮށްލާ އިޢްލާނަކުން އެބަ ބަދަލުކޮށް ފުލެޓު ލިބިފަހުރި ފަރާތްތަކަށް އެބަ ޕުރެޝަރުކުރެޔޭ ! ކިހިނެއްހޭ ދެން ތިޔަ ޑިސެމްބަރު މަހުކުރިން ނިންމާނީ، !ލޮލް