29 ސެޕްޓެމްބަރ 2025 - 10:33
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރަތްކުރި 4،000 ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން އިއްޔެ ފަށައިފި އެވެ.
އެ ފްލެޓުތައް އަޅާފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓު ލިބުނު އަންހެނަކަށް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކުރައްވައިފަ އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރަތްކުރި 4،000 ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން ނިންމާފައިވަނީ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ ޑިޕޮސިޓް ދައްކައިފަ އެވެ.
އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ އެންމެ ފުރަތަމަ ހަވާލުކުރަން ނިންމާފައިވަނީ އަމާން އުދަރެސްގެ 14 އިން ފްލެޓު ލިބުނު މީހުންގެ ތަޅުދަނޑި ކަމަށެވެ. އެ މަސައްކަތް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 4 އަށް ކުރިއަށްގެންދާނެ އެވެ. އަދި އެހެން ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް އިން އަންގާނެ ކަމަށް ވެސް ބުންޏެވެ.
އެފްޑީސީން ވަނީ ބޮޑެތި ތަކެއްޗާއި ފަރުނީޗަރު އެރުވުމަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފަ އެވެ. އެ ހިދުމަތް ހޯދުމަށް މިއަދުން ފެށިގެން ޕޯޓަލް މެދުވެރިކޮށް ދުރާލާ ބުކިން ހެދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އޭގެ ތެރެއިން އިމާރާތުގައި ތަކެތި ބެހެއްޓުމަށް ހާއްސަކޮށްފައިވާ ޖާގަ ބުކްކުރުމާއި އެ ސަރަހައްދުގައި ތަކެތި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
"ޓަވަރުތަކުގައި މީހުން އާބާދުކުރުމުގެ މަރުހަލާ މިގޮތަށް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ އާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު ޓަވަރުގެ އާއްމު ސަރަހައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް، ފަސޭހަ އަދި އެކަށީގެންވާ ރޭވުންތެރި ގޮތެއްގައި މި މަރުހަލާ ފުރިހަމަކުރުމެވެ،" ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ވަނީ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް މުހިއްމު މައުލޫމާތުތަކެއް ލިބޭނެ "އަމާން އަތްމަތީ ފޮތް" ނަމުގައި ވަކި ފޮތެއް ވެސް ނެރެފަ އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ވަކިވަކިން ކުރިއަށް ގެންދާ އެ ދެ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑަންޑަހިލު
30 September 2025
ވެރިކަން ނިމޭތީ އެއްވެސް ހަމައެއް އުސޫލެއްނެތި ރަހުމަތްތެރިންނާއި ގާތް ތިމާގެ މީހުންނަށް އެމް.ޑީ.ޕީ ސަރުކާރުން ބަހާލި ފްލެޓްތައް، އެހުރިގޮތަށް އަދި ހަވާލުކުރެވޭ ބައެއް އިއުލާން ކުރުމެއްވެސްނެތި ފްލެޓްތައް މިހަވާލުކުރެވޭ ކުރުން އަދި މާ ގޯސް، އެމް.ޑީ.ޕީގެ ވެރިކަމުގައި މިބައިމީހުން ވަނީ ކުރީ ސަރުކާރުތަކުން އިއުލާނުކޮށް ރައްޔިތުންނަށް ދިން ބޯހިޔާވަހިކަމުން އެ ރައްޔިތުން މަހުރޫމް ކޮށްފަ ނަމަވެސް އެމް.ޑީ.ޕީ އިން ނުހައްގުން ހިންގި ޖަރީމާ މި ދެމެހެއްޓީ.
ސޮނިކް
30 September 2025
އެކިނަންނަމުގައި ނެގިއަސް ބަލަންވީ މީހާގެ އަތުން މަހަކަށްތިނަގާވަރު އެއީ ނިކަމެތި އަދި ދައްވަޒީފާތަކުގައި wުޅުއަވާމީހުންގެ މުސާރައިގެ ކިތައްޕަސެންޓްތޯ ނުވަތަ އެއަދަދު ދެއްކުން އެއްމެނަށް ފަސޭހަތޯ. ޖީބައްލުއިކޮށް ދެއްކޭނެގޮތެއް ނެތްތޯ މުއަދަތު އިތުރުކޮށްގެންވިއަސް. ބަލަންވީ ވިޔަފާރިއުސޫލަށްވުރެ ތިތަނުގައި ދިރިއުޅުއްވާނެބައެއްގެ ހިތްހަމަޖެހުމާއި އުފަލަށްނޫންތޯ
މިވަރުގެ ވެރިޔެއް ނެތް
29 September 2025
މިވަރުގެ ހިކްމަތްތެރިވެރިޔެއް އަދި ނުދެކެން. ވައުދުތަށް ނުފުއްދޭނަމަ ނިމިފަ ހުރި އެއްޗެހި ހަވާލުކުރުން ހުޅުވުން މި ލަސްކުރަނީ.
ާއުނިމާ
29 September 2025
އެއްގަޮތަކަށްވެސް ބަލައެއް ނުގަނެވޭ ތިޔަ ފުލެޓްގެ ރިވިއުކުރި ގޮތެއް ،ކުރީ ސަރުކަަރުން އަމަލުކުރިގޮތްވެސް، އަދި މިސަރުކާރުން ކަންތައްކުރި ގޮތް މާގޯސް ! އެފުރުޞަތު ލިބި އެއްވެސް ކަމެއް އިސްލާހު ނުކޮށް ، ލިސްޓްވެސް އިޢްލާނު ނުކޮށް، ލިސްޓުގަވާ ބައެއް ނަންތައް، އޯޑަރެއްވެސް ސާފުކޮށްނުދީ ސަރުކާރުން ބޭނުންވާ އޯޑަރަކަށް އެފްޑީސީ އަށް ނަންތައް ފޮނުވައި، އެގްރީމެންޓް ތަކުގައި ސޮއިކުރުވައި ތަޅުދަނޑި ހަވާލުކުރަން ފެށީިރު، އަދި އަނެއްބައިގެ ގުރުނުނަ ޔޯ! ލޮލް
4000 ޔުނިޓު
29 September 2025
ހަތަރުހާސް ފުލެޓުގެ ތަޅުދަނޑި ވީމަަތަ ތިހާ ބޮޑީ
ފެންނަނުފެންނަ
29 September 2025
މި ސަރުކާރު ވެރިކަމަށް އައުމަށް ވީ ވައުދެއް އެއީ އެންމެ ފުރަތަމަ ދެވޭ ބޯހިޔާވަހިކަމެއްގައި އެމް.ޑީ.ޕީ އިން ރައްޔިތުންގެ އަތުން ނިގުޅައިގަނެވުނު ހިޔާ 2018ގެ ބޯހިޔާވަހިކަމުގެ ހައްގު އަލުން އަނބުރާ އެ ރައްޔިތުންނަށް ފޯރުކޮށްދިނުން. މުއިއްޒުވެސް މިވީ ހަމަ ރައްޔިތުންނަށް ދަޅަދައްކާ ވެރިޔަކަށްތާ
މިރްޒާ
29 September 2025
ދޮގު މައުލޫމާތަށް ކުރީ ސަރުކާރުން ދިން ފުލެޓް ލިސްޓަށް ފުލެޓް ދިނުން ބަލައެއް ނުގަނެވޭނެ.
މިންނާ
29 September 2025
ސ.މީދޫ މީހަކަށްވެސް ފުލެޓް ލިބުނު.މާލެ ބަދަލުވީ 2016 ގައި. ހައްގު ނޫން މުދާ ހޯދުމަކީ/ ދެރަކެމެއް
އަޒްނާދު
29 September 2025
ފްލެޓް ހައްގުވެރިން ބަލައި ދިނުން. ފްލެޓްތައް ނިންމުން. މިސަރުކާރުގެ މުހިއްމު ނިންމުންތައް މިއީ.
އަހްމަދު އަކްޝަރު
29 September 2025
ފްލެޓްތައް ނިންމައިފި. ސޯލިހް ހެން ދޫކޮށް ނުދިން. 2 ސަރުކާރެއްގެ ތަފާތު މިއީ.