ފްލެޓް އެއްބަސްވުމުގައި އެފްޑީސީއާ އެކު ސޮއިކުރަނީ: މިހާތަނަށް 1،237 މީހަކު ފްލެޓަށް ސެކިއުރިޓީ ޑެޕޮސިޓް ވަނީ ދައްކާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
05 އޮކްޓޯބަރ 2025 - 15:43
ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓް ދޫކުރަމުން އަންނަ އިރު މިހާތަނަށް 1،200 އަށް ވުރެ ގިނަ މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ.
އެފްޑީސީން "މިހާރު"އަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެޑްވާންސް ޑިޕޮސިޓް ފައިސާ ދައްކަން އެންގީ 1،731 މީހުންނަށެވެ. އޭގެ ތެރެއިން މިހާތަނަށް 1،273 މީހުން ފައިސާ ދައްކާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކަން އަންގަމުން އަންނަނީ ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީން ބުނީ މިހާތަނަށް 3،140 މީހުން ސޮއިކޮށް ނިމިފައިވާ ކަމަށެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ވަކިވަކިން ކުރިއަށް ގެންދިޔަ އެ ދެ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓްތަކެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.
ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ފުރަތަމަ ފްލެޓް ހަވާލުކުރަން ފެށީ، އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ މީހުންނަށެވެ. ޒޯންތަކަކަށް ބަހާލައިގެން ފްލެޓްތައް ހަވާލުކުރަމުން އަންނައިރު، ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ ވެސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށެވެ.
މި ފްލެޓްތައް އަންނަ ނޮވެމްބަރުގެ ނިޔަލަށް ހަވާލުކޮށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރުކާރުގެ ވެރިއެއް
06 October 2025
ފްލެޓް ބެހުމުގައި މިހާ ބޮޑު އިންސާފުވެރިކަމެއް ނެތީ ކީއްވެ؟ 30 ޕޮއިންޓަށްވުރެ ދަށުން ލިބުނު މީހުންނަށްވެސް ދީފި! ވެރިން އަމިއްލައަށް 3 ލައްކައަށް ފްލެޓް ވިއްކަނީ ކީއްވެ؟ ޙައްޤުވެރިންގެ ޙައްޤު ކޮބާ؟ މިހާރު ގުރުއަތާ ހަމަޔަށް ނުގޮސް ތިބި ފްލެޓް ލިބޭ ހައްގުވެރިންނަށް ތި ފްލެޓް ލިބުމާ ދޭތެރޭ ޝައްކު. ފާޅުގަ ފްލެޓް ބަހާ ހުސްކުރަނީ! ވަރަށް ވާހަކަ މީ
މަރިޔަމް މަނިކެ
06 October 2025
1 މަސް ކުރިން ދެއްކި މީހުންގެ ޕޯޓަލްގައި 11،12،13 ގެ އެއްވެސް އަޕްޑޭޓެއް ނެތް، ނާއިންސާފުން ކަން އެފްޑީސީގެ އިދާރީ މޭޒުގައި އިންކުއްޖަކު ބުނަނީ ، ތަރުތީބުކަމެއް ނެތި މިކަންވެސް ހިތު ހުރިގޮތަކަށް ކަންކްކުރުމުގެ އުސޫލު އޮތީ
އެއްމެދު ފަންގިފިލާ
05 October 2025
ތިޔަކު ތަރުތީބެއްނެތް. އެއް އިމާރާތެއްގެ 3ވަނަ، 7ވަނަ، 14ވަނަ ފަންގިފިލާގެ މީހުންނަށް ޑިޕޮސިޓް ދައްކަން މެސެޖް އައިސް އެބަހުރި.
ހަސަން
05 October 2025
ހާދަ ސްލޯ ސަރުކާރްޖޭދޯ
އޮަހޯ
05 October 2025
ކޮބާހޭ ބާކީވި ފުލެޓުތައް؟
ޑޮކްޓަރ
05 October 2025
އަޅޭ ފަހެ ރައްޔިތުން ނަފްސާނީ ކުރުމަށް ދުރާލާ ރާވައިގެން ކުޅޭގޭމެއްތަ ! ތިމާމެންގެ ވެރިކަމުގައި އެޅުމަށް ވައުދުވި ފަސްދޮޅަސް ހާސް ފުލެޓަށް ނާޗަރަންގީ ކުޅެއް ތިބެ ަލަ !
ދެރަސޮރު
05 October 2025
10ދުވަސް ތެރޭ 62 ކީ ހަވާލު ކުރެވުނީ, ދެން ކިހިނެއް ނޮވެމްބަރުގެ ނިއަލަށް 4000 ކީ ހަވާލު ކުރާނީ, މިއުޅެނީ ޑިޕޮސިޓް ދެއްކި ފަހުން މަސްދުވަސް ވާން ހާދަ ފާސްޓޭ ސުވާލު ކޮށްގެން ހަމަ ހަމަ އުސޫލުން އާޓިކަލް ލިޔެބަ