އެމްއެންޑީއެފުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމަށް ފެށި އޮޕަރޭޝަން.-- ފޮޓޯ: އެމްއެންޑީއެފް
01 އޮކްޓޯބަރ 2025 - 15:01
ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް އެމްއެންޑީއެފުން މިއަދު ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ އޮޕަރޭޝަން ފެށީ ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަ ނުކޮށް ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވެ ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވާތީ ކަމަށެވެ.
އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ އެ އޮޕަރޭޝަނުގައި، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ވެސް ޗެކްކުރާނެ އެވެ.
އޭގެ އިތުރުން އެ އޮޕަރޭޝަނުގައި:
- ދަތުރުކުރާ އުޅަނދާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބަލާނެ
- އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ވޭތޯ ބަލާނެ
- މެރިން ވީއެޗްއެފް ޗެކްކުރުން
- އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުން
- ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލާނެ
އެމްއެންޑީއެފުން ބުނި ގޮތުގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމުގެ ގޮތުން ހެދިފައިވާ ކަނޑުމަތީގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުންދޭތޯ ބަލައި އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޭނގޭ
02 October 2025
ކަނޑު ދަތުރު ކުރާ ލޯންޗް ތަކުގައި ތިބޭމީހުން ހޮޑުލުމަށްޓަކައި ލޯންޗުން ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުތައް ކަރުދާސް ކޮތަޅަށް ބަދަލު ކުރުމަށް ސަރުކާރުން އެބަޖެހޭ ޤަވާއިދެއް އުފައްދަން ދުވާލެއްގެ މައްޗަށް އެތައް ޕްލާސްޓިކް ކޮތަޅެއް ކަނޑަށް އުކަމުން ދަނީ
ކެޔޮޅާ
01 October 2025
މޫސުމް ގޯސްވެ ވިއްސާރަވާ ދުވަސްވަރެއްގަ މިގޮތަށް ޗެކް ނުކުރަނީ ކީއްވެތަ؟
ތަކަންދޫ ހުސައިން
01 October 2025
ތިޔައީ ދެން މިޙާރު މުޒާހަރާޔަށް މީހުން މާލެ އަތުވެދާނެތީ ފަށައިގެން އުޅޭ އޮޕްރޭޟަނެއް،
ކޮރަލް
01 October 2025
ވެރީ ގުޑް
ވަގުތާމެދު ސުވާލު އުފެދޭ.
01 October 2025
ފަސިންޖަރުން އަދި މުދާ އުފުލާ އެއްޗެއްސަށް އިސްކަންދީގެން ތިކަން ކުރިއްޔާ ހުންނާނީ ރަނގަޅަށް. އަމިއްލަ އަށް ކުދި ކުދި އެއްޗެހީގަ ގޮސް އެހީއަށް އެދޭނަމަ ފަރުވާކުޑަކަމުންކަން ފާހަގަ ކުރެވޭނަމަ ރެސްކިއު އަށް އެދާ އުޅަނދުގެ ހުރިހާ ޚަރަދެއް ދޭން ޖެހޭގޮތަށް ބައިންދަންވީ.