3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަންނަން ފައިނޭންސިން ހަމަޖެއްސުމަށް މީގެ ކުރިން އިކުއުޓީގެ ގޮތުގައި ހަތް ލައްކަ ދައްކަން ޖެހުނަސް މިހާރު ވަނީ 175،000ރ. އަށް ދަށްވެފައި
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު
01 އޮކްޓޯބަރ 2025 - 17:23
ގެދޮރު ގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ފައިނޭންސިން ނެގުމަށް އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އެ ބޭންކުން ފަސް ޕަސެންޓަށް ދަށްކޮށްފި އެވެ.
ގެދޮރު ގަތުމަށް ބީއެމްއެލް އިން ދޫކުރާ ފައިނޭންސިން ފެސިލިޓީތަކަށް އިކުއިޓީގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު މީގެ ކުރިން ހުރީ 10-20 ޕަސެންޓާ ދެމެދުގަ އެވެ. އެ މިންވަރު ފަސް ޕަސެންޓަށް ދަށްކުރުމަކީ ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކުން ގެނައި ހެޔޮ ބަދަލެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ދިވެހިން ގެދޮރުވެރިކަން ހޯދަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އެ ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިންގެ އިކުއިޓީ ދަށްކުރުމުން، ގެދޮރުވެރިކަން ބޭނުންވާ މީހުންނަށް މާލީ ގޮތުން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަށް ހައްލެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް، 3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަންނަން ބޭނުންވާ ފަރާތަކުން ކުރިން 20 ޕަސެންޓްގެ ގެ އިކުއިޓީގެ ގޮތުގައި 700,000 ރުފިޔާ ހޯދަން ޖެހުނު ނަމަވެސް، މި ބަދަލާ އެކު އެ އަދަދު މިވަނީ 175,000 ރުފިޔާއަށް ދަށްވެފައި،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ލޯނުގެ އަދަދު ދާދި ފަހުން، ތިން މިލިއަން ރުފިޔާއާ ހަމައަށް ބޮޑު ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދާ
03 October 2025
އެޗްޑިއެފްސީ އިންޑިއާގައި ހޯމް ލޯންގެ އިންޓަރެސްޓުހުރީ %7 ގަ. ރާއްޖޭގައި %12.5 ގަ. އިންޑިއާގައި 7 މިލިއަންގެ ލޯނެއް 20 އަހަރަށް ނަގާ މީހެއް ދައްކަންޖެހެނީ މަހަކު 57000 ރުފިޔާ. ރާއްޖޭގައި 79000 ރުފިޔާ. އެހެންވީމާ ކުރަންވީ ކަމަކީ އިންޓަރެސްޓް ކުޑަކުރަންވީ
ހުސެއިނުސް
02 October 2025
އިތުރަށް ފަގީރު ކުރުވަން ވެގެން ތި އުޅެނީ...ޕަސެންުޓު ކުޑަ ވާންވީ...4000000 8000000 ވާނެ
މުހަދު
02 October 2025
އިކުއިޓީ ދަށްކުރީމަ މަހުން މަހަށް ދައްކަންޖެހޭ ވަރު ބޮޑުވޭ. ބެންކުން ބަލާ މޮޅު ފޯމިއުލާގެ ސަބަބުން ލޯނު ލިބުމުގެ ފުރުސަތު ގެއްލޭނީ. ހަމަ އެކަނި ފައިދާ ވާނީ ބޮޑު މުސާރަ ލިބޭ މީހުން އެވަގުތު އެކައުންޓްގައި 10-20 ޕަސެންޓް ނެތް މުއްސަނދިއްނަށް ކަމަށް ފެންނަނީ. 3.5 މިލިއަންގެ ލޯނަކަށް 70 ހާސް ލިބިގެން ލޯނު އެޕްރޫވް ވަނީ. ފޯމިއުލާއާއި އިންޓްރެސްޓް ކުޑަވެގެން ނޫން ގޮތަކަށް އާއްމު ރައްޔިތަކަށް ތިކަމުން ފައިދާއެއް ނުވާނެ.
ސަރީފޫ
02 October 2025
ތިޔަ ކައްކަނީ މުށިމަހު ގަރުދިޔަ، ނިކަމެތި ރައްޔިތުމީހާއަށް އިތުރުބުރަތަކެއް ތިޔަޖައްސަނީ. ދަންތުރަ އިތުރުބަޔަކު ހާލުގަޖައްސަން ތިޔައުޅެނީ.
މަރްޔަމް ސަލީމް
02 October 2025
ހައްތާވެސް މާލޭ މީހުންނަށް ނުވަތަ މާލެ ހިޖުރަ ކުރާ ރާއްޖެތެރޭ މީހުންނަށް ގެދޮރު ގަނެވޭނެ ފަސޭހަގޮތައް ރައްޔުތުން އެންމެންގެ ފައިސާއަިން ހަމަޖައްސައި ދެނީއެވެ. އެކަމަކު އެންމެންގެ ފައިސާކަމަށްވާނަމަ ރަށްރަށުން ގޯތިލިބި ގެދޮރު ނޭޅިފައިތިބި މީޙުންަށް ގެދޮރު އެޅޭނެ ލުއިގޮތްތަކެއްވެސް ހަދައިދޭންޖެހެއެވެ. ކޮންމެ ފަހަރަކު ވޯޓަށް ރަށްރަށަށް ގޮސް ލޯނު ސްކީމްތައް ލިބޭނެކަމަށް ވިދާޅުވެ ހަމަ ވެރިކަން ލިބޭއިރަށް ހަނދާންނެތެވެ. ބީއެމްއެލް ލޯނެއްނެގިޔަސް ސަހަރޯ
އަސްލީ
02 October 2025
ތިޔަ ލޯނު ލިބޭނީ ގާސިމް އާއި ސަން ޝިޔާމާއި މުއިއްޒު އަށް. އަހަރަމެންނަކަށް ނުލިބޭ. ކުރިން މުއްޒު ބުނި %5 ލޯނަށް އެދުމުން ޖަވާބެއް ވެސް ނުލިބޭ.
ކަޑަބޮއްތި ސައީދު
02 October 2025
މިއީ ރައްޔިތު މީހާއަށް އެއްވެސް ފައިދާ އެއްވާނެ ކަމެއްނޫން. ލޯނު އިންޓްރެސްޓް ދަށްކޮށްގެން ނޫނީ. މިކަމުގެ ސަބަބުން ލޯނު އަދަދު ބޮޑުވެ އަދި މަހުން ދައްކަން ޖެހޭ އަދަދު އެތަށް ގުނައެއް ބޮޑު ވެގެން ދާނެ. މިއަށްވުރެން ތާހިރު ވީސް ފަސްޓައިން ހޯމް ބަޔަރސް ނުވަތަ ފުރަތަމަ ގެ އެއް ގަންނަ ފަރާތް ތަކަށް ތަންކޮޅެއް ލުއި ގޮތެއްގައި ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދިނުން.
އަހުމަދާ
01 October 2025
އިކުއިޓިއެއްނޫން ދަށްކުރަންވީ އިންޓަރެސްޓް. މަހުން މަހައް ދައްކަންޖެހޭ އެއްޗެއްގެ ބޮޑުބައި މިދައްކަނީ އިންޓަރެސްޓައް.
އީއެމްއައި
01 October 2025
މީގައި ވަރަށް ބޮޑަށް ސާފުކޮށްދޭންޖެހޭ ކަމެއް އެބައޮތް. އެއީ 3.5 މިލިއަން ގެ ލޯނަކަށް 7ލައްކަ އިކުއިޓީ ނަމަ އިންޓަރެސްޓް އަރާނީ 2.7މިލިއަން އަށް. އިކުއިޓީ 1.7 ލައްކަ ނަމަ އިންޓަރެސްޓް އަރާނެ 3.33މިލިއަން އަށް. 9ޕަސެންޓް އިންޓަރެސްޓް ރޭޓުގައި 25 އަހަރަށް ބަހާލައިގެން ނަމަ މަހަކު ބޭންކަށް ދައްކާ އަދަދު 22 ހާސް ރުފިޔާ އިން 28 ހާސް ރުފިޔާއަށް ބޮޑުވާނެ. އެހެންވީމައި އިންޓަރެސްޓް ރޭޓު ދަށްނުކޮށް މީގައި ވާ ފައިދާއެއް ނެތް!
ސުޕާމޭން
02 October 2025
ދެން ކިހިނެއްތަ ހަދަންވީ؟ މަހުން މަހުން ދައްކަންޖެހޭ ފައިސާވެސް ސައްކްންވީތަ؟ ވަކިވަރެއްދޯވާނީ؟
ސުޕާމޭންއަށް
02 October 2025
އިކުއިޓީއާ އެއްކޮށް ދަށްކުރަންވީ އިންޓަރެސްޓް. މަހުން މަހައް ދައްކަންޖެހޭ އެއްޗެއްގެ ބޮޑުބައި މިދައްކަނީ އިންޓަރެސްޓައް.
ތީ ނުނިމޭ ކަމެއް ؟؟؟
01 October 2025
ތި ނިމޭ ކަމެއްތަ؟ ދެން އެހަމަ ނުވެ އިން އެކިއުޓީ އަށް ވެސް އެބަހުރޭ ލޯނެއް؟