އެގްރިކަލްޗާ މިނިސްޓަރުކަމުގައި ޑރ. ރަމީލާ ހުންނެވި އިރު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
02 އޮކްޓޯބަރ 2025 - 12:18
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަކުރަނީ އެ ކޮމިޝަނުގެ މެންބަރު މަރްޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު ނޮވެމްބަރު 30 ގައި ހަމަވާތީ އެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން އާއްމުކޮށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުޅުުންގެ ތެެރެއިން، މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ފޮނުއްވީ ރަމީލާގެ ނަން އެކަންޏެވެ.
ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު، ރަމީލާއަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމަން އެކަން ދިރާސާކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރަކު ކުރައްވައިފަ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާ އިން ޕީއެޗްޑީ ވެސް ހާސިލުކުރައްވައިފަ އެވެ.
އެގްރިކަލްޗާ މިނިސްޓަރުކަމުން އޭނާ އިސްތިއުފާދެއްވީ މިދިޔަ ޑިސެމްބަރު މަހެވެ. އޭނާ އިސްތިއުފާދެއްވީ ސިއްހީ ސަބަބުތަކަކާ ހެދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެރަ
04 October 2025
މިތަނަކީ ކިޔެވުމުން ވާ މޮޅެއް އިލްމުގެ އަގެއް ނެތް ތަނެއް. ރަނގަޅު މަޤާމެއް ބޭނުންނަމަވެސް ކަންކުރާނެ ގޮތް ތިރީގައި އެވަނީ... އެއްވަގު އަނެއް ވަގަށް ވަގޭ ގޮވަމުން މުޒާހަރާކުރާ، ވަގުންގެ ރާއްޖޭގައި ސިޔާސީ މަޤާމް ލިބޭ ގޮތްތައް: 1. އެއްބަޔަކު ސަރުކާރަށް ބަލަދު އަރާފައި ތިބުން، 2. ޕޯޑިއަމްތަކުގައި ހުތުރު ބަސްތައް ގޮވައި މީހުނަށް ހަޖޫޖަހާ، މުޒާހަރާކޮށް ސޯޝަލް މީޑިއާގައި ރައީސާ ސަރުކާރު ޕްރޮމޯޓްކޮށްގެން، 3. ވެރި ޕާޓީއަށް ނަފްސު ވިއްކާލާ މާފަށް އެދުމުން
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
02 October 2025
މި ރާއްޖޭގައި މި މަގާމުތަކަށް މި ނޫން ބައެއް ނެތް. މިއީވެސް ބަޔަކު މީހުން ހިންގާ ސަރުކާރެކޯލަ!!
ވޯލް
02 October 2025
އަޅެ ދައުލަތައް ބަދަލު އަރާފަ ތިބި ބައެއްތަ؟؟؟ އެނިމަލް ވެލްފެއާ މިނިސްޓަރަކަށް ހުރެފަ މަސްއޫލިޔަތު އަދާ ކުރަން ނުކުޅެދުނީމާ މިނިސްޓަރުކަމުން އިސްތިއުފާ ދީފަ މިހާރު އިންސާނީ ހައްޤުތަކާ ބަހޭ މުައްސަސާއަށް. މި މީހުންގެ އެކްޕަޓީސްވެސް މިހުންނަނީ ހުރިހާ ދާއިރާއަކުން..
ބައިން
02 October 2025
މިހާރު މުޅިންވެސް މިއިންނަނީ ވާރުތަ މުދާ ތަންތަނަށް ބެހުންދޯ. ހިޔުމަން ރައިޓަކަސް ޓެކްސް އެޕީލަކަސް ކޮންމެ ތާކަށްވެސް މިލަނީ ވާރުތަ މުދާތައް. އެހެންވީމަ ލައްކަ ރަނގަޅުތާ.