އައްޑޫ ހަންކެޑެ އާއި ހަންކެޑެ ބްރިޖް. ފޮޓޯ:ނިޝާން އަލީ /މިހާރު
02 އޮކްޓޯބަރ 2025 - 15:16
ޓޫރިޒަމަށް ތަރައްގީ ކުރަން އެކި ސަރުކާރުތަކުން މީގެ އެތައް އަހަރެއް ކުރިއްސުރެ މަސައްކަތްކޮށްފައިވާ އައްޑޫ ހަންކެޑެ، ހަލާލް ޓޫރިޒަމް ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރަން މީގެ ކުރިން ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް އިންޓަގްރޭޓެޑް ޓޫރިޒަމަށް ދާން ކަނޑައަޅައިި އެވެ.
އައްޑޫ މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ހަލާލް ޓޫރިޒަމްގެ ކޮންސެޕްޓަށް ތަރައްގީ ކުރަން ނިންމައި އެކަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރީ މި އަހަރުގެ ޖޫން 29 ގަ އެވެ.
އެ މިނިސްޓްރީން އެ ދުވަހު ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ނިންމާފައިވާ އިރު އޭގެ ތެރޭގައި ހަންކެޑެ ވެސް ހިމެނޭ ކަމަށެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން 2005 ވަަނަ އަަހަރު، ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ސަރުކާރުން މަސައްކަތް ފެށި ފަހުން، ހަންކެޑެ ތަރައްގީ ކުރަން އެކި ސަރުކާރުތަކުން ތިން ފަހަރެއްގެ މަތިން އެކި ފަރާތްތަކާ ހަވާލުކުރި އެވެ.
ހަންކެ ތަރައްގީ ކުރަން އެންމެ ފަހުން ބަޔަކާ ހަވާކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު އެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމަށް އެ ރަށް ތަރައްގީ ކުރަން އެ ފަހަރު ހަވާލުކުރީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާ އެވެ.
އެ ގޮތަށް ތަރައްގީކުރުމަށް ޓަކައި އެ ރަަށުގެ ސްޓޭޓަސް ބަދަލުކުރަން ނެރުނު ގަރާރު ރައީސް މުއިއްޒު އިއްޔެ ވަނީ އުވާލައްވައިފަ އެވެ. ފަންޑު މެނޭޖްމަންޓާ ހަންކެޑެ ހަވާލުކުރަން ހެދި އެއްބަސްވުން އޭގެ ކުރިން އޮތީ އުވާލައިފަ އެވެ.
ހަންކެޑެއާ ގުޅޭ ގަރާރާއި އެއްބަސްވުން އުވާލާފައިވާ ކަން ފާހަަކުރައްވައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވީ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަަރައްގީކުރަން ބިޑަށް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
" ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި، ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން މިދަނީ ކުރަމުން،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން 28 ސެޕްޓެންބަރު 2025 ގައި ބާޠިލުކުރުމާ އަދި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 25/2025 (1 އޮކްޓޫބަރު 2025)…
— Thoriq Ibrahim (@Thoriqibrahim) October 2, 2025
ހަންކެޑެއިގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ ވެސް ކުރިން ހަވާލުކުރި އެވެ. އެއީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން ސަރުކާރުން ވަނީ 2،500 ޑޮލަރުން އެ ކުންފުނި ޖޫރިމަނާކޮށް، ހަންކެޑެ ނެގި އެވެ.
އޭގެ ފަހުން 2008 ގައި އަދި 2013 ވަނަ އަހަރު ވެސް ހަންކެޑެ ތަރައްގީ ކުރަން އެހެން ދެ ކުންފުންޏާ ހަވާލުކުރި އެވެ. އެކަމަކު، މަސައްކަތް ކުރިއަށް ނުދިއުމުން 2019 ވަނަ އަހަރު އެންމެ ފަހުން އެ ރަށް ތަރައްގީ ކުރަން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ އެކު ހެދި އެގްރީމެންޓް ބާތިލުކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
02 October 2025
މާލެސަރުކާރުން ހުޅުވާލި ފުރުސަތުކާމިޔާބުކޮށް ޗައިނާގެކުންފުންޏަކުން ރިއަލްއެސްޓޭޓް ޓްއަރިޒަމަށް ހަންކެޑެ ތަރައްޤީކުރުމަށްޓަކާ ބޭނުންވާފައިސާ ޗައިނާގެ އެގްޒިމްބޭންކުން ހަމަޖައްސާ "މަސައްކަތްފަށައިގަތުމުގެ ހުރިހާ ތައްޔާރީތަކެއް ފުރިހަމަކޮށް މަސައްކަތްފެއްޓުމަށް މާލޭސަރުކާރު ވަފުދެއް އައްޑުއަށް ވަޑައިގެން، އާދަ ކާދައިގެދަށުން ހަވާ އަރުވާ، ރަސްމީކޮށް މަސައްކަތްފެއްޓުނުކަން އިއުލާން ކޮށްފާ" އަހަރުދުވަސް ފަހުން ރައީސްގެ ޤަރާރަކުން އެކަން ހުއްޓުވައިފި!
އޮނަރަބްލް އަފީފު ދީދީ
02 October 2025
ރަސްމީސިފައެއްގައި މިވާހަކަދައްކާ މާލޭސަރުކާރުގެ ރަސްމީލިއުންތަކުގައި މިގޮތަށް މިވާހަކަތައް ކަޅާއިހުދުން ލިޔެފައި ނެތް ކަމުގައިވިޔަސް އެމީހުންގެ އަމަލާއި "ސިއްރިޔާތުގައި ކަންކަން ކުރަމުންދާ ގޮތް ތަކަށް ބަލާއިރު" މަތީގައި ދެންނެވި "ނަފުރަތާއި ޙަސަދައިގެ ހުޅުގަނޑު އަދިވެސް ނުނިވޭކަން އިގޭ ކިތަންމެ ކަމެއް" އެމީހުން ދަނީ ކުރަމުން. މީގެ އެންމެ ބޮޑު އެއް މިސާލަކީ "ޢަނީމާ މުދަލުގެ ގޮތުގައި އައްޑޫ ލޫޓްވާލުމަށް ފަހުގައިވެސް" ކަންތައް ކުރަމުންދާ ގޮތްތައް.
އޮނަރަބްލް އަފީފު ދީދީ
02 October 2025
ޖިއޮގްރަފިކަލް ގޮތުން އައްޑޫސިޓީ އޮތް އީކްއޭޓަރ އަށް ބަލާއިރު އައްޑޫ އެއަރޕޯޓް މަތިން ދުނިޔޭގެ 4 ބައްރަށް ކާގޯ ފްލައިޓް ތަކާއި، ދުނިޔޭގައި މިވަގުތުހުރި އެންމެ ބޮޑު ކޮމާޝަލް ޕެސެންޖަރ އެތައް އެއަރލައިނެއް އައްޑޫ ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް ހުރަސްކޮށް ދުނިޔޭގެ 4 ބިތަށް ދަތުރު ކުރަމުންދޭ. އެވިއޭޝަން ރޫޓް ތަކެކޭ އެއްފަދައިން ކަނޑުގެ ދަތުރު ތަކަށް ބެލިކަމަށްވިޔަސް އައްޑޫ އޮތީ ހަމަ މިފަދަ މުހިންމު ކަނޑު އޮޅިއެއްގެ ތެރޭގައި މުހިންމު ހިސާބެއްގައި.
ޑރ ވާންޗޯ
02 October 2025
އަނެއްކާ އަނެއްގަރާރު.. ތިޔަ ހަންކެޑެ އަކަށް ގަރާރުނެރިގެން ކިތައްވެރިކަން ހަންކެނޑި ބޭގަރާރުވެއްޖެބާ؟.
ފުއްތަކުރުއިބުރާހިމްފުޅު
02 October 2025
ދިވެހި ސަރުކާރު ތަކުން އައްޑޫމީހުނަށް ކިޔާދެމުންދަނީ ހަޑޫކޮށާރައެއް ފެނުނު ދޫނި ދުވާލަކު ފުކެއް ދެފުށް ތިންފުކުން އުފުލާ ދޫނީގެ ސަރަހައްދަށް ގެންގޮސް ކޮށާރަ ހުސްކުރަން މުޅިއުމުރު ހޭދަކޮށް އެކަމެއްނުވެ ފަނާވެގެން ދިޔަ ފާޑުގެ ވަހަކައެއް. މިހާރު އައްޑޫމީހުން ތަންކޮޅެއް ފިކުރުކޮށް ކުރިއަށްޖެހި ސަރުކާރަށް އަންގަންވެއްޖެތާ، ދެން ޓުއަރިޒަމްގެ ވާހަކަ ބާއްވާފަ ކިއްލިތަޅާ ފެކްޓްރީއަކާއި ބެހޭގޮތުން ވާހަކަފަށަން.
ޢަލީ ބަލީ
02 October 2025
ހަންކެޑެ ހަދަން ހަވާލު ވާހާ ބަޔަކު ހަމަ ހަންކެޑެނީ ކީއްކުރާނީ ދޯ؟
ކުރިންއެޅިބިންގާ
02 October 2025
މީގެކުރިން ހަވާއަރުވައި އުފާފާޅުކޮށް ބިންގާއެޅީ "ކޮން-އިންޓިގްރޭޓް" އެއްގަތަ!
އޮނަރަބްލް އަފީފު ދީދީ
02 October 2025
މާލޭސަރުކާރު ހިންގާންތިބި ގިނަ މީހުނަށް "ފަތުރުވެރިކަން ނުވަތަ ޓްއަރިޒަމް" މާނަކުރެވިފައިވަނީ ވަރަށް ހަނިގޮތަކަށް ކަމަށްވާތީ، "އެމީހުންހީކުރަނީ ޓްއަރިޒަމްއަކީ ހަމައެކަނި ރިސޯޓެއްގެ އެނދު ވިއްކާލުން" ނުވަތަ ރިސޯޓަކަށް ބޭރުމީހަކުން އައުން ކަމަށް. އެމީހުނަކަށް ވިސްނާލަންވެސް ނޭގޭ ޕެސެންޖަރުންނާއި، ކާގޯ ޓްރާންސިޓް އެވިއޭޝަން ހަބެއް ތަރައްޤީކޮށް އެތަނުން ރައްޔިތުނަށާއި ދައުލަތަށް ހޯދެންއޮތް އާމްދަނީއެއް. އަދި މިކަންކަން ބަލާހޯދާނެ ފިކުރެއްވެސް ނެތް.
އޮނަރަބްލް އަފީފު ދީދީ
02 October 2025
ކޮޅުމަޑުލުން އައްޑުއަށްހިމެނޭ ދެކުނު ސަރަޙައްދުގައި އިޤްތިސޯދެއް ޤާއިމްކުރަން ބޭނުންނަމަ މާލޭސަރުކާރުން ކުރާންޖެހޭކަމަކީ ތ.ތިމަރަ ފުއްޓާއި އައްޑުއާއިދެމެދު ހުރި ޑޮމެސްޓިކް ހުރިހާ އެއަރޕޯޓްތަކަށް ކަނެކްޓިވިޓީ ދިނުމަށްޓަކާ GAN International Airport އިން މިދެންނެވި ޑޮމެސްޓިކް އެއަރޕޯޓްތަކަށް އެންމެމަދުވެގެން ހަފުތާއަކު 2 ދަތުރުކުރެވޭގޮތަށް ފްލައިޓް ޝެޑިއުލްކޮށް އަންނަ އަހަރު ދަތުރު ބާއްވާނެކަން އިއުލާންކޮށް މިހާރުންފެށިގެން ޓިކެޓްވިއްކަން ފެއްޓުން.
ނެތޭ ކުރިމަގެއް
02 October 2025
އައްޑޫގަ ނެތޭ ޓުއަރިޒަމްއައް ކުރިމަގެއް.
އޮނަރަބްލް އަފީފު ދީދީ
02 October 2025
މަތީގައިދެންނެވިގޮތަށް ކަނެކްޓިވިޓީގެ ޔަޤީންކަންދިނުމަށްފަހު އިންވެސްޓަރ ފައިނޭންސް އުސޫލުން ނުވަތަ ސީދާ ދަައުލަތުން ޗައިނާ އެގްޒިމްބޭންކުން ލޯނުނަގައިގެން ޗާއިނާގެ ކުންފުންޏަކާއި ޙަވާލުކޮށް GAN International Airport ގައި ބީޗްކޮޓަރިވެސް ހިމެނޭގޮތަށް 100 ކޮޓަރީގެ ހަތަރު ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް "އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ދައްކާފަރާތަކަށް، ފަންސާސް އަހަރަށް ހޮޓާ ލީޒް ކޮށްގެން" އެއަރޕޯޓް ހިންގޭނެގޮތް ހެދުން.