އައްޑޫ ހަންކެޑެ ސަރަހައްދު.
01 އޮކްޓޯބަރ 2025 - 21:34
އައްޑޫ ހަންކެޑެ އަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ދޫކުރާ ސަރަހައްދެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައި ނެރުއްވި ގަރާރު، ރައީސްް ޑރ.މުހައްމަދު މުއިއްޒު މިރޭ އުވާލައްވައިފި އެވެ.
ރިއަލްއެސްޓޭޓް ޓޫރިޒަމަށް ހަންކެޑެ ހާއްސަކުރަން ނެރުނު ގަރާރު އުވައިލެއްވި ވަކި ސަބަބެއް، ރައީސް މިރޭ ނެރުއްވި ގަރާރުގައި ސީދާ ވިދާޅުވެފައެއް ނެތެވެ. ނަމަވެސް އެރަށް ތަރައްގީކުރަން ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރި އެއްބަސްވުން މިހާރު އުވާލާފައިވާކަން އެ ގަރާރުގައި ފާހަގަކުރެއްވި އެވެ.
ހަންކެޑެ އަކީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން މަސައްކަތްކުރި ތަނެކެވެ. އެތަން ތަރައްގީކުރަން ސަރުކަރުން ފުރަތަމަ ހަވާލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2005 ގަ އެވެ.
ހަންކެޑެއިގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީކުރަން ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެވެ. އެއީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން ސަރުކާރުން ވަނީ 2،500 ޑޮލަރުން އެ ކުންފުނި ޖޫރިމަނާކޮށް، ހަންކެޑެ ނަގައިފަ އެވެ.
އޭގެ ފަހުން 2008 ގައި އަދި 2013 ވަނަ އަހަރު ވެސް ހަންކެޑެ ތަރައްގީކުރަން އެހެން ދެ ކުންފުންޏަކާ ހަވާލުކުރި އެވެ. އެކަމަކު، މަސައްކަތް ކުރިއަށް ނުދިއުމުން 2019 ވަނަ އަހަރު އެންމެ ފަހުން އެ ރަށް ތަރައްގީ ކުރަން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ އެކު ހެދި އެގްރީމެންޓް ވަނީ ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައުޕުރޮޖެކްޓު
02 October 2025
އައްޑުއަށް އަނެއް މެގަޕުރޮޖެކްޓު އަންނަން ކާރިވީ. ރައްޔިތުން ތިބެންވާނީ އުފަލުން.
ރާވެރިބެ
02 October 2025
ރާއްޖޭގެ އެކި ރަށްތަކުގަ ރިސޯޓު ހެދިޔަސް އައްޑޫ ހަންކެޑެ އަކީ ވަކި ރިސޯޓެއްގެ ގޮތުގަ ތަރައްގީ ކުރެވޭނެ ތަނެއްނޫން. ވިލާ ނުވަތަ އެޕާޓްމެމްޓް ދިގު މުއްދަތަށް "ވިއްކުން" ނުވަތަ ޓައިމް ޝެއަރ" ވިޔަފާރި އަކީ ވަކި ރަށެއް އެކަމަށް ޚާއްސަ ކުރަންޖެހޭ ވިޔަފާރި އެއް ނޫން. ސިޔާސީ ބޭނުމަށް ސަރުކާރުން ފާޑު ފާޑުގެ ޚިޔާލުތަކަށް ޓުއަރިޒަމް ވިޔަފާރި ކުރަން އުޅެގެން ކާމިޔާބެއް ނުވާނެ. ހޯމް ސްޓޭއަށްވީ ގޮތް ވާނީ!
ގައުކެނޑެ
02 October 2025
ތިޔަ ހަންކެޑެއަކާހެދި ހަންނުކެނޑޭ ސަރުކާރެއް އަތުވެއްޖެތަ؟. ސަބަބަކީ ތިޔަ ސަރަހައްދަކީ ރީތިބީޗެއް ސްނޯކްލިން ސަރަހައްދެއްނޫން. ގެސްޓުންއަންނަނީ ހަތަރުރުއްހުރެގެން ރުކައްއަރާ އޮންނާކަށްނޫން. ކޮންމެބަޔަކައްވެސް ތިޔަތަންފެނިފަ އުއްމީދެއްނެތީމަ ބޮޑުހަރަދެއްނުކޮށް ތިކަމާނޫޅެފިލަނީ.
އޮނަރަބްލް އަފީފު ދީދީ
02 October 2025
އައްޑޫ ތަރައްޤީކުރުމުގެ ރަނގަޅު ނިޔަތެއް ސަރުކާރުގައި ހުރިނަމަ، GAN International Airport ގައި ބީޗް ކޮޓަރި ހިމެނޭގޮތަށް 1000 ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް ހޮޓާހިންގޭނެ މާލީތަނަވަސްކަމާއި ތަޖުރިބާހުރި ފަރާތަކަށް ހޮޓާހިންގަން ދީފިނަމަ ދުވަހަކު ތިއިންއެއްވެސް ރިސޯޓެއް ނުހުޅުވިކަމަށްވިޔަސް އައްޑޫމީހުން ކޯއްޓޭއިން ފެށިގެން ހިތަދޫއާއި ހަމައަށް ދެމިފައިއޮތް އައްޑޫ Long Beach ގައި ސިޓީހޮޓަލާއި ގެސްޓްހައުސް އައްޑޫ މީހުން ހަދާނެ.
އައްޑޫލޭ
02 October 2025
ކޮންމެ ސަރުކާރަކުންވެސް ކެމްޕެއިންގައި ބޭނުންކުރާ ހަތިޔާރަކީ އައްޑޫގެ ތަރައްޤީ އަދި އައްޑޫއަށް ފަތުރުވެރިކަން ގެނައުން. ދައުރަށް ހޮވޭއިރަށް އެ ހަނދާންތައް ނެތޭ. އައްޑޫ ރައްޔިތުންގެ ގަމާރުކަމާއެވެ.
ދިލަދާރު
02 October 2025
ރާއްޖޭގަ ހިންގާ މަތީ ފެންވަރުގެ ރިސޯޓު އިންޑަސްޓަރީގަ ހުރި ރިސޯޓުތައް އެއީ ވިޔަފާރި އުސޫލުން ހިންގާ ތަންތަން... ހަންކެޑެއަށް ސަރުކާރުން އެތައް ގޮތަކުން ހަރަދުކުރިޔަސް ތިޔަ މޮޑެލް ކާމިޔާބު ނުވި، ދެން ސަރުކާރުން ރިސޯޓު ހަދާފަ، ބިމު ކުއްޔާއި ޓެކްސް ލުއިކޮށްފަ، ޓުރިސްޓުންނަށް ޓިކެޓާ ރިސޯޓު ފީސް ދައްކަދީފަ ތިތަން ހިންގީމަ އެއިން ވާކަމެއް ބުނެދީބަލަ
އޮނަރަބްލް އަފީފު ދީދީ
02 October 2025
އައްޑޫގެ ތަރައްޤީއަށް، އައްޑޫ ފަތުރުވެރިކަމަށް ޝަންގްރިލާޒް، ކެނަރީފް، ސައުތު ޕާމް އަދި އީކްއޭޓަރ ވިލެޖެއްވެސް މުހިންމެއްނޫން. އައްޑޫމީހުނަކީ ރާއްޖޭގެ ނިސްބަތުންވެސް މާލީގޮތުން ފުދުންތެރި ތައުލީމާއި ފަންނުވެރިކަމުގައި އަރާތިބި އަދި ޕްރޮފެޝަނަލް، ސެމީ ޕްރޮފެޝަނަލް އަދި ލޭބަރ ފޯސްއަށް ދަންދެން އިޤްތިސޯދީ މަސައްކަތަކަށް ބޭނުންވާ އިމްސާނީ ވަސީލަތް އޮތް އައްޑޫ އަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ދުނިޔޭގެ ޖިއޮގްރަފިކަލް މުހިންމު ލޮކޭޝަނެއްގައި އޮތް ތަނެއް.
ކޮން
02 October 2025
ސޯ؟؟؟
އޮނަރަބްލް އަފީފު ދީދީ
02 October 2025
ގޭން އިންޓަރނޭޝަން އެއަރޕޯޓް މިހާރުއޮތް ޙާލަތުންވެސް އިންފްލައިޓް ކޭޓަރިންގ ހިދުމަތާއި، ޑިޕާޗާރ ޓާމިނަލް ލައުންޖްއާއި އެކު 1000 ކޮޓަރީގެ 4 ތަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށްގެން އައްޑޫ އެއަރޕޯޓަކީ ސައުތުއޭޝިޔާގެ Changi Airport ގެ ގޮތުގަައި ހެދުމުގެ ދުރުރާސްތާމަސައްކަތް ފެއްޓިދާނެ. އަދި ހަމަ މިމަސައްކަތުގެތެރެއިން ސާކްގެ އެންމެބާރުގަދަ އެއާރލައިނަކަށް ޤައުމީއެއަރލައިން Maldivian ހެދުމަށްވެސް މަސަައްކަތްކޮށް ނަތީޖާވެސް ނެރެވިދާނެ.
އޮނަރަބްލް އަފީފު ދީދީ
02 October 2025
ދައުލަތްދަރަނިކޮށް ބިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން ކ.އަތޮޅު ފަޅުހިއްކައި އެތަންތަނުގައި އުޑުގައިޖެހޭވަރު އުސް ޓަވަރު ހަދައި އެއްބަސްވުމާއި އެއްގޮތަށް އެތަންތަނަށް ފައިސާ ނުދެއްކިޔަސް ފުލެޓްއަޅާފައި ކ.މާލޭމީހުނަށް ބެހުމަށްވުރެން ރަނގަޅުވާނެ ޗައިނާއިން ލޯނުނަގައިގެން އައްޑޫ އެއަރޕޯޓްހިންގަން ފަށައިގަތުމަށްޓަކާ ކުރާންޖެހޭ މުހިންމުކަންތައް ކަމުގައިވާ އެއަރޕޯޓް ޓްރާންސިޓް ހޮޓަލަކާއި ސީޕްލޭން އޮޕަރޭޓްކުރެވޭނެ އިންތިޒާމްތަކެއް ރާވައިގެން އެކަންކުރުން.
އޮނަރަބްލް އަފީފު ދީދީ
01 October 2025
ކ.މާލޭ އެއަރޕޯޓަށް ބޯޓް ނުޖެއްސި ސިލޯނަށް ފުލައިޓްތައް ޑައިވާޓް ކުރަންޖެހުނު ކަމަށް ވިޔަސް އެފަދަ ބޯޓްތައް އައްޑޫ GAN International Airport ޑައިވާޓް ކުރަން ނުރުހޭ ބަޔަކު އައްޑޫ ހަންކެޑެ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ހުޅުވާލާ އަދި އައްޑޫ ހަންކެޑެއިން ފެށިގެން ހިތަދޫ އާއި ހަމައަށް އޮތް ރާއްޖޭގެ އެންމެ އެންމެ ދިގު އަދި އެންމެ ރީތި ADDU Long Beach ފަތުރުވެރި ކަމަށް ދޫކޮށް އެތަނުގައި ސިޓީ ހޮޓާ ތަރައްޤީކުރަން ހުޅުވާނުލާނެކަން އަހަރުމެނަށް އޮޅިފައެއް ނެތް.