02 އޮކްޓޯބަރ 2025 - 14:54
މާލެ ސަރަހައްދުގެ އިންފްލޭޝަން ރޭޓު 1.9 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން އޮގަސްޓް މަހުގެ އިންފްލޭޝަން ވަނީ ޖުލައި މަހަށް ވުރެ 0.7 ޕަސެންޓު ދަށްވެފަ އެވެ. މިދިޔަ ޖުލައި މަހު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 2.6 ޕަސެންޓުގަ އެވެ.
މިއީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެއް މަހުން އިންފްލޭޝަން އެހާ ބޮޑަށް ދަށްވި މަހެވެ. މި އަހަރު ފެށުނު އިރު މާލެ ސަރަހައްދުގައި ވިއްކާ ކާބޯތަކެތީގެ އަގުތައް އުފުލިފައި ހުރީ 7.7 ޕަސެންޓުގަ އެވެ. މިދިޔަ އަށް މަހު މާލޭގައި ވިއްކާ ކާބޯތަކެތީގެ އަގުތައް ދިޔައީ އެއް މަހަށް ވުރެ އަނެއް މަހު އުފުލޭވަރު ދަށްވަމުންނެވެ.
ކާބޯތަކެތީގެ އިންފްލޭޝަން ދަށްވި އިރު މާލޭގެ ޖުމްލަ އިންފްލޭޝަން ރޭޓު ވެސް ވަނީ 0.2 ޕަސެންޓު ދަށްވެފަ އެވެ. މިދިޔަ އޮގަސްޓް މަހުގެ މާލެ ސަރަހައްދުގެ އިންފްލޭޝަން ހުރީ 3.2 ޕަސެންޓުގަ އެވެ. އިންފްލޭޝަން މައިގަނޑުގޮތެއްގައި ދަށްވީ، ކަރަންޓާއި ފެނުގެ އަގުތަކާއި މުއާސަލާތީ ހިދުމަތްތަކުގެ އަގުތައް ދަށަށް ދިއުމުންނެވެ.
މިދިޔަ އޮގަސްޓް މަހު އަތޮޅު ތެރޭގެ އިންފްލޭޝަން ހުރީ 5.6 ޕަސެންޓުގަ އެވެ. އަދި އަތޮޅު ތެރޭގައި ކާބޯތަކެތީގެ އަގު ހުރީ 6.8 ޕަސެންޓުގަ އެވެ. މިދިޔަ އޮގަސްޓް މަހު އަތޮޅު ތެރޭގެ އިންފްލޭޝަން ވަނީ 0.8 ޕަސެންޓު އިތުރުވެފަ އެވެ. އަތޮޅު ތެރޭގެ އިންފްލޭޝަން އެހާ ބޮޑަށް އުފުލިފައިވަނީ ކާބޯތަކެތީގެ އިތުރުން މަހުގެ ބާވަތްތަކުގެ އަގުތައް އުފުލުނު މިންވަރު ވަރަށް ބޮޑަށް އިތުރުވުމުންނެވެ.
މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 4.1 ޕަސެންޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
02 October 2025
ރައްޔިތުންނަށް ކިތަންމެ ވަރަކަށް އޮޅުވާލިޔަސް މި ސަރުކާރަށް އިތުރު ފުރުޞަތެއް ނެތް. މިއީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ދަންނަ ސަރުކާރެއް ނޫން. ހުރިހާ ފައިސާއެއް އަމިއްލަ ޖީބުތަކަށް
ޒުހައިރ
02 October 2025
ބަލަ ދެން މިތިބީ ހުސް މޮޔައިންތަ؟
އުމަރުބޭ
02 October 2025
ހުސްބުހުތާނު ދޮގު ރައްޔިތުން މީ މޮޔައިން ކަމައްތަހީކުރަނީ ............އަދިވެސް އާފަލު ހުރީ 9ރ އާއި 12ރ އާދޭތެރޭ .............ކޮވިޑު 19 ގަވެސް އާފަލު އަގުހުރީ 5ރ ގަ
ދިބައިސާ
02 October 2025
ތިހެން ނެރެލާ ރިޕޯޓަކީ ގަޤީޤަތް އޮޅުވާލަން، ބައިއަޅާ ރައްޓެހި ދެތިން ފިހާރައަކަށް ވަދެ ހަދާލާ ރިޕޯޓެއް. ހަޤީޤަތަކީ ތީއެއްނޫން.