އެމްޓީސީސީ ޓަވަރު: އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި ކަމަށް ބުނެ އެ މައްސަލަ ބަލަމުންދާ ކަަމަށް އެކުންފުނިން ބުނެފައިވޭ.-- މިހާރު ފައިލް ފޮޓޯ
02 އޮކްޓޯބަރ 2025 - 21:34
ކުރީގެ އޮޑިޓް ރިޕޯޓުތަކުގައި އެމްޓީސީސީގެ ފައިސާއަށް އިހުމާލުވެފައިވާ ކަމަށް އޮތުމުން، އެކަންކަން ބެލުމަށް އަންގާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ހިއްސާދާރުންގެ ކުންފުންޏަކަށް ވާއިރު މިދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓުގައި ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާ ކަމަށް ފެންނަ ކަމަށެވެ.
އެކަން ގަވާއިދުން ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކުން އަތުން އެ ފައިސާ ހިއްސާދާރުންނަށް ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށް އެމްޓީސީސީން ބުންޏެެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެކަން ތަހުގީގުކޮށް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް އެ ކުންފުނީގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދޭނެ އެވެ. އެކަމަކު އިހުމާލުވީ ކިހާ ފައިސާއަކަށް ކަމެއް އަދި ކޮން ބައެއް ކަމެއް އެމްޓީސީސީއަކުން ހާމައެއް ނުކުރެ އެވެ.
އެމްޓީސީސީގެ ފައިސާއަށް އިހުމާލުވި ކަމަށް ބުނެ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުނިއިރު، މިރޭ އެޗްޑީސީން ވެސް ވަނީ 2019 އިން 2023 ގެ ނިޔަލަށް އެ ކުންފުނީގެ 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެކަން ބެލުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުސްމާނީ
03 October 2025
ނިކަން ރަގަޅަށް ތިކަން ބެލޭނެ ހެން ހީވޭ
2025
03 October 2025
ކަލޯ އަހުންގެ ހިއްސާގެ ލާރިކޮޅުޖަމާކޮށްދީ މިއޮށްހުރިހާދުވަހު ފައިދާނުވެޔޭކިޔާފަ 2 ރުފިޔާދިނީ.....ބޮއިހަލަކި
ރަފީޤް
03 October 2025
ތިހާ އިންސާފުވެރި، އިޚުލާސްތެރި ބައެއްނަމަ ތިކަންކަން މީގެ ކުރިން ބެލީސް. ތިޔައީ ޙަޤީޤަތެއްވިޔަސް މިއަދަކު ތިވާހަކަ ޤަބޫލުކުރާނެ އެކަކުވެސް ނެތް. ޢަހަރެންހުރީ ކުރިން މިމުޒާހަރާއައް ނުދާން. ކުންފުނިތައްވެސް އަތްދަށުލައިފަ ހުރިވަރު މި އެނގުނީ މިދެދުވަހު ނެރުނު ބަޔާންތަކުން. ކުންފުނިތަން އިޚުލާސްތެރި ކަމާއިއެކު ރައްޔިތުންނަށް މަންފާވާގޮތައް ހިންގާ ސިޔާސީ ބޮންގޮއްވާ ތާކަށްހެދުން ހުއްޓުވުމަށް މިއަދު މުޒާޖަރާއަށް ނިކުންނަން ޖެހޭ
މޮޔައިން
03 October 2025
ރައްޔިތުންނަކީ މޮޔައިންތަ
ޔޫހާން
03 October 2025
އެމްޑީޕީން ޒީރޯ ޓޮލަރެންސް އޭ ކިޔާފަ މިއޮތީ ހުސް ވ ކޮށްފަ، ސަލާމަތެއް ނުވާނެ
ކޮސްނުގޮވާހުރޭ
03 October 2025
ވާނުވާ އެނގިގެން ކޮމެންޓްް ކޮށްބަލަ! ޙިއްސާ ދާރުންނޭ އެކިޔަނީ ސަރުކާރަށް! މި ސަރުކާރުންވެސް އެ ކުންފުއްޏަށް އެހަދަނީ ހަދާނެ އެއްޗެއް!
ސިރާޖު ވިދާޅުވީ
03 October 2025
ސިރާޖު މިބުނަނީ ތިޔަ މައްސަލަތައް ބަލާށޭ ބަލާފަ އެމްޑީޕީ ވަގުނަށް އަވަހަށް ފިޔަވަޅު އަޅާށޭ
ފަރީދާ ގާދިރު
03 October 2025
ބަލަ މިޒާހަރާ ނެތަސް މި ވައްކަންތައް ބަލާނެ، މިޒާހަރާ ރޭވީ މިވައްކަންތައް ބަލަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން
ހަވާފަޓާސް
02 October 2025
ތިވާހަކަ ނުދައްކާ މިއަދާ ހަމަޔަށް ސިއްރުކޮށްގެން ތިބީ ހަމަ އޮކްޓޯބަރ 3 ގެ މުޒާހަރާ އަށް ބޮން ވައްޓަންތޯ؟ ތިޔ ފަޓާހެއް ނުގޮވާނެ ތިޔަހެނެއް. ތިއީ މިހާރު ބާވެ ކުނިވެފަ ހުރި ފަޓާސް ތަކެއް.