އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޝީ: ހުޅަނގުން އީރާނަށް އަޅާ ފިޔަވަޅުތަކާ ރާއްޖޭން ދެކޮޅުހަދަން އޭނާ އެދިވަޑައިގެންނެވި --- ފޮޓޯ: އޭއެފްޕީ
05 އޮކްޓޯބަރ 2025 - 12:12
ނިއުކްލިއާ މަޝްރޫއާ ގުޅުވައި ހުޅަނގުގެ ގައުމުތަކުން އީރާނަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ރާއްޖޭން ދެކޮޅު ހަަދަން އެދިވަޑައިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޝީ ދިވެހި ސަރުކާރަށް ސިޓީއެއް ފޮނުވައިފި އެވެ.
ސްރީ ލަންކާގެ ނޫސްތަކުން ބުނި ގޮތުގައި އަރަގްޝީ އެފަދަ ސިޓީއެއް ފޮނުވިކަން ހާމަކުރެއްވީ ރާއްޖެއާ ލަންކާއާ ދެ ގައުމަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީރިޒާ ޑިލްކުޝް އެވެ. ސަފީރާ ހަވާލާދީ ނޫސްތަކުން ބުނި ގޮތުގައި ފިޔަވަޅުތަކާ ދެކޮޅު ހަަދަން އެދިވަޑައިގެން ލަންކާއަށް ވެސް އަރަގްޝީ ސިޓީ ފޮނުއްވި އެވެ.
ސިޓީގައި އޭނާ އެދިވަޑައިގަތީ ހުޅަނގުގެ ގައުމުތަކާއި އެމެރިކާއިން އެޅި ފިޔަވަޅުތަކާ، ދެ ގައުމުން ވެސް ފާޅުގައި ދެކޮޅުހެދުމަށެވެ. އީރާނަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރާ ނަމަ އެއީ އެހެން ގައުމުތަކާ ދެކޮޅަށް އަމަލުކުރާނެ ނުބައި "ޕްރެސިޑެންޓެއް" އުފަންވާނެ ސަބަބަކަށް ވެދާނެ ކަމަށް ވެސް އަރަގްޝީ ވިދާޅުވި އެވެ.
ރާއްޖެއަށާއި ސްރީ ލަންކާއަށް އީރާނުން މިފަދަ ސިޓީއެއް ފޮނުވީ ހުޅަނގުގެ ގައުމުތަކުން އދ. މެދުވެރިކޮށް، އީރާނަށް ދަތިކުރާ "ސްނެޕްބެކް މެކޭނިޒަމް"ގެ ނަން ދީފައިވާ ފިޔަވަޅުތައް ސެޕްޓެމްބަރު 28 ގައި އދ. އިން ތަންފީޒުކުރަން ފެށުމުންނެވެ.
އީރާނަށް ދަތިކުރުމުގެ ނިޒާމު ހިންގަން ފެށުމަށް މިދިޔަ އޮގަސްޓްމަހު އދ.ގައި އެދުނީ ފްރާންސާއި ޖަރުމަނާއި އިނގިރޭސިވިލާތުންނެވެ.
ރާއްޖެއަށާއި ސްރީ ލަންކާއަށް ފޮނުއްވި ސިޓީގައި އަރަގްޝީ ފާހަގަކުރެއްވި ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަމަ އެކަނި އީރާނާ ހިސާބުން ނިމޭ ކަމެއް ނޫނެވެ. މިއަދު އީރާނަށް އެކަނި ފިޔަވަޅު އެޅިޔަސް، ކުރިމަގުގައި ދެކުނު އޭޝިއާގެ ގައުމުތަކަށް ވެސް ހަމަ އެފަދަ ފިޔަވަޅުތައް އަޅާފާނެ ކަމަށް އޭނަ ވިދާޅުވި އެވެ.
އަރަގްޝީ ވިދާޅުވި ގޮތުގައި އީރާނާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ދެކޮޅު ނުހެދުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އެފިކަސީ ގެއްލޭނެ ކަމެކެވެ. އޭނާ ސިފަކުރައްވާފައިވާ ގޮތުގައި އެއީ ބައިނަލްއަގުވާމީ ގާނޫނީ އޮނިގަނޑަށް އިތުބާރު ގެއްލޭނެ ކަމެކެވެ. އެހެންވެ، ބައިނަލްއަގުވާމީ ގާނޫނުތައް ދިފާއުކުރަން އޭނާ ރާއްޖެއަށާއި ސްރީ ލަންކާއަށް ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
07 October 2025
މިކަލޭގެ އަހުންނާޖައްސާލައިގެން ކީއްކިރަންބާ؟..... ބޮއިހަލަކި
އޭން...
06 October 2025
ކާކު ބުނީ އީރާނަކީ މުސްލިމުންނޭ. ނަމުގަ މުސްލިމުންނަކަށް ޝީއީންގެ އަސްލަކީ ޔަހޫދީން. މިއީ އޭލެވެލް އޯލެވެލްގަ ކިޔަވާދޭ އެއްޗެހި. އެނގެންޖެހޭނެ ދިވެހިންނަށް. އަލީ އަކީ ރަސޫލާއޭ ބުނާބައެއް މުސްލިމުން ކަމުގައި ދެކޭމީހާ ވެސް ކުފުރުވާނެ. ދިވެހިންނޭވެ! ދީން އުނގެނޭ! ހެޔޮ ނުވާނެ!
ރިމާޒު
06 October 2025
ވަރަށް ރަނގަޅު ވާހަކައެއް ތިބުނީ ދިވެހީންވެސް ވެއްޖެދޯ ތަންދޮރުފިލާ ބަޔަކަށް ވާން.
ބަނީން
05 October 2025
މިކަހަލަ ސިޓީ އާންމުވާނީ ވަރަށް ކަޓު ތާކުންތާކު ނުޖެހޭ ވެރިކަން ހިންގަން ނޭނގޭ ބައެއްގެ އަތުންނެވެ
ކޮމޮޑަސް
05 October 2025
ނުޖެހޭ ދެކޮޅުހަދާކަށްވެސް އަދި ނުޖެހޭ އެކަމަށް މާ ފާޅުކަން ބޮޑުކޮށް ތާއީދު ކުރާކަށްވެސް. ފަރުދީ މިންގަނޑު އެމީހަކަށް ވީވަރަކުން ދެކޮޅުހަދާ. މިކަހަލަ ކަންތައްތަކަކީ ދަލުބޭރުންޖެހެން ހެޔޮވާވަރު ކަންތައްތަކެއް ނޫން. ރާއްޖެއާއި ދެކޮޅަށް ސެންކަޝަނެއް ނުނެރޭނެ ގޮތަކަށް އުޅުނީމާ ހުންނާނީ ރަނގަޅަށް.
raajje
05 October 2025
ރާއްޖެއާއި ސުރީލަންކާ ބަލިކަށިދެމަދިރީގެކިބައިން އިރާނު މިފަދަކަމަކަށް ސިޓީއަކުންއެދުނީމާސުވާލުއުފެދޭ، ރާއްޖެއާ އިރާނުގެގުޅުން މިޔަށްވުރެންރަނގަޅުވާންޖެހޭނެދޯ! ފޭސްޓުފޭސްމިފަދަކަންކަމާ ޑިސްކަސްކޮށްގޮތްތަކެއްހޯދަންވާނެދޯ، މުސްލިމުގައުމުތަކުން އެއްބައިވަނިކޮށް އެމެރިކާއާ ހުޅަނގުގެ ގައުމުތަކުގެ ހީލަތްތެރިނުބައިރޭވުންތައް ކާމިޔާބެއްނުވާނެ، ނަމަވެސް މިފޮނުވާލަނީސިޓީއެއް، ސިޓީރައްދުވާފަރާތުން ސިޓީނުކީގެންއުޅެނިކޮށް މީޑިޔާގައިލީކުވޭ،
ވިނަވި
05 October 2025
ކަންކަން ނިންމުމުގައި ޖަޒުބާތުގައި ނުޖެހި އަދި ހައްދުފަހަނައަޅާނުގޮސް މިގައުމަށް އެންމެ ރަނގަޅުގޮތް ނިންމަން ޖެހޭނީ.
ޖަޒުބާތެ
05 October 2025
ތި ކިޔާ އެއްޗެއް ސާފު ކޮށް ކިޔާބަލަ
ހަކުރޭ
05 October 2025
އަދިވެސް ތަނެއްއޮތިއްޔާވާނެ ބޭނެން މަމޮޅުހެދިގެން މިއޮތީ ވާނެ ހައެތިވެފަ
އަހުމަދު މިހައްމަދު
05 October 2025
ތެދެއް އެމީހުން ބޭނުން ހާ ގޮތަކަށް ދުނިޔެ ލަންބާލުމަަށަ ބޭނުން ކުރާ ހަތިޔާރެއް އދ އަކީ . އިޒްރޭލާ ދެކޮޅަށް ނާޅާ ފިޔަވަޅެއް އެހެން ބައެއްގެ މައްޗަށް އަޅަަން ފުރުޞަތު ދިނުމަކީ ބޭ އިންސާފް. އެޔަށް ނޫނެކޭ ބުނަން ޖެހޭނެ .
ސަލިންޓޭ
05 October 2025
އިޒްރޭލަށް ފިަޔަވަޅު ނާޅާ އިރާނަށް ފިޔަވަޅު އެޅުމަކީ ހަމަޖެހޭ ގޮތެއް ނޫން... ފުރަތަމަ އިޒްރޭލް..
ކޮތަރޭ
05 October 2025
ބަޔަކު އީރާނާއި ދެކޮޅު ޤަބޫލުކުރުންތައް ސުންނީ މުސްލިމުންގެ މެދުގައި ފެތުރިޔަސް މި ޒަމާނުގައި އިސްލާމީ އުއްމަތުގެ ހައްގުގައި ކެރިގެން ބަސްބުނާ ހަމަ އެކަނި ޤައުމަކީ އަދި އިސްލާމީ އުއްމަތް އެކަތިގަނޑަކަށް ވާން ގޮވާލާ ހަމަ އެކަނި ޤައުމަކީ އީރާން ކަން އެބަފެނޭ. އީމާން ކަމަކީ ﷲއާއި އަޅާއާއި ދެމެދު އޮތް ކަމެއް. އެކަމާއި އަހަރެމެން ބަސް ނުބުނެ އިސްލާމީ އުއްމަތުގެ ހައްގުގައި ބަސްބުނާ ގައުމުތަކާއި އެއް ސަފަކަށް އަރަން ފެނޭ