ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު: - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
07 އޮކްޓޯބަރ 2025 - 18:18
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިބި މެންބަރުންގެ ދައުރު ނިމެން ދެ މަހަށް ވެފައި އޮތަސް އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވީ ނިޒާމު ހިނގާ ގޮތް ބައްލަވަން ޝައުގުވެރިވެވަަޑައިގަންނަވާތީ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ބޭފުޅުންނާ އިންޓަވިއު ކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހާޒް ވިދާޅުވީ ޓެކުހުގެ މައްސަލަތަކަކީ އޭނާއަށް އުނދަގޫ މައްސަތަކެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުން މިހައިތަނަށް ނިންމި ޓެކުހާ ގުޅޭ ގިނަ މައްސަލަތައް ނިންމަވާފައި ވާނީ އޭނާ ކަމަށް ވެސް މަހާޒް ވިދާޅުވި އެވެ.
"އެ ހުރިހާ ކަންތައްތައްތަކަށް ބަލާ އިރު އަނެއްހެން އުނދަގޫ ކަންތައްތަކެއް ނޫން [ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މައްސަލަތަކަކީ] އެހެންވީމާ ދެމަސް ދުވަހެއް ނޫން، އެއްމަސް ދުވަހު [ވިޔަސް] އަޅުގަނޑު ހިތަށް އެރީ ހަމަ ތަޖުރިބާކޮށްލަން ރަނގަޅު ފުރުސަތެކޭ މި ނިޒާމު ހިނގާ ގޮތް ބަލައިލަން،" މަހާޒް ވިދާޅުވި އެވެ.
މަހާޒް ވިދާޅުވި ގޮތުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އޭނާ ކުރިމަތިލެއްވީ ހަތަރު ވަނަ ފަހަރަށް އިއުލާނު ކުރުމުންނެވެ.
"އަޅުގަނޑު ސުޕްރީމް ކޯޓުގެ ވަޒީފާ އަދާކުރި އިރު ވެސް އަބަދުވެސް ކުރާ ކަމެއް އެއީ ސަރުކާރުގެ ގެޒެޓްގައި ހުންނަ އިއުލާނުތަކާ އެއްޗިހި ދާއިމީ ގޮތެއްގައި ބެލުމަކީ. ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިއުލާނުކޮށްފައި، އަޅުގަނޑު ހަނދާންވަނީ ހަތަރުވަނަ އިއުލާނަށް ކަންނޭނގެ އަޅުގަނޑު މި އެޕްލައިކުރީ އިއުލާނު ފެނުނީމާ ފުރަތަމަ އަަޅުގަނޑު ހިތަށް އެރީ މީހަކު ނުވެގެންބާއޭ މި އުޅެނީ،" މަހާޒް ވިދާޅުވި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިތިލައްވަން ޝައުގުވެރިވި ގޮތާ ބެހޭ ގޮތުން މަހާޒާ ސުވާލުކުރެއްވީ ޖުޑީޝަރީ ކޮމިޓީގައި އިންނަވާ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދެވެ. ސުވާލު ފައްޓަވަމުން ޝާހިދު ފާހަގަކުރެެއްވީ އެ މަގާމަކީ ދެމަސް ދުވަހުގެ ތެރޭގައި މުއްދަތު ހަމަވާ މަގާމެއް ކަމެވެ.
"ކިހިނެތްތޯ މިކަމަށް މި ޝައުގުވެރިކަން އުފެދިގެން މިއައީ؟ އެންމެ ދެ މަސްދުވަހުގެ ވަޒީފާއެއް އަދާކުރުމަށް ޓަކައި؟" މަހާޒް އާ ކުރެއްވި ސުވާލުގައި ޝާހިދު.ވިދާޅުވި އެވެ.
އެ ސުވާލު ކުރިމަތިކުރުމުގެ ކުރިން ތައާރަފްގައި މަހާޒް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި ފަހުން އޭނާ ކުރައްވަމުން ގެންދަވަނީ ގާނޫނީ ދާއިރާގެ އަމިއްލަ މަސައްކަތެވެ.
ޓެކްސް ޓްރައިބިއުނަލްގެ މެންބަރުކަމުގެ ދެ މަގާމެއް ހުސްވުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަ ބޭފުޅެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. އެއީ އޭގެ ތެރެއިން ދެ ބޭފުޅަކަށް މަޖިލީހުން ރުހުން ހޯއްދެވުމަށެވެ. ރައީސް ފޮނުއްވި ލިސްޓްގެ އެންމެ ކުރީގައި އޮތީ މަހާޒްގެ ނަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަޅުމަސް
08 October 2025
ނިޒާމު ހިނގާ ގޮތް ނޭނގި، އެ ދަސްކުރައްވަންތޯ އެ މަޤާމަށް ކުރިމަތި ލެއްވީ؟ އެހެން މީހުން މަޤާމުތަކަށް ހޮވަނީ ދަސްކުރާކަށް ނޫން..
އަހުމަދުއަލޯކްސް
08 October 2025
ނަޒާހަތްތެރިކަމަކީ ވަކި ވެރިކަމަކާ ގުޅޭ ކަމެއް ނޫން. ޔާމީނު ދޫކުރީވެސް މަހާޒު އެއީ އެމްޑީޕީ ވެރިކަމުގަ. އޭރު އިނދިކޮޅުގަ ތިބި މީހުން މިހާރު ވެރިކަމުގަ. ސްޕްރީމް ކޯޓުން ބޭރުކުރީވެސް ކަމެއް ބޮލުގަ އަޅުވާފަ. މިއަދު އިންޓަރވިއުގަވެސް ބުނީ އެހެން،
ކަތްދައްތަ
08 October 2025
މިދެއްކޭ ވާހަކަ އެބަ އެގޭތަ؟ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގަ އިންނަވައިގެން ޓެކްސްއާގުޅޭ ބޮޑެތި މައްސަލަތަކުގެ ޙުކުމް ނެރުއްވައި ޓެކްސް އެޕީލްޓްރައިބުނަލާއި ހައިކޯޓުގެ ޙުކުމްތައް ބާޠިލުކޮށް އަނެއްބައި މައްސަލަތަކަށް ތާއިދުކޮށް ހެއްދެވީ ހަމަ ނިޒާމު އެގިވަޑައިނުގެން ހުންނަވައިގެންތޯ؟ އެޙުކުމްތަކުގެ ޝަރުޢިއްޔަތާއި ވިލާޔަތާއި ޙުކުމް ކުރެއްވި ނޭފުޅާގެ އަހުލިއްޔަތާ މެދު ސުވާލު ނުއުފެދޭނެތޯ؟ ތިންގާޒީންގެ ތެރޭގައި ނޭގި ޙުކުމް ކުރާމީހުން ހިމެނޭ ނޫންތޯ؟
އިންސާފްދީދީ
07 October 2025
މަހާޒްއަކީ ސުލޫކީ މައްސަލައެއްގަ އިހަށް ދުވަހު ސުޕްރީމް ކޯޓުން ބޭރުވި މީހެއް، މަހާޒްގެ ރެފަރެލްއަކަށް މިހާރުވެސް ޑްރަގް ކޯޓުގެ އިސްޤާޟީއަކަށް ހުރި މީހާ ވަކި މީހަކީ ހެޔޮ މީހެއްކަމަށް ބުނެ ޖުޑީޝަރީ ކޮމެޓީއަށް ދިއުމަކީ ސީދާ އިސްގާޒީ އަބްދުއްސައްތާރުގެ ސުލޫކީ މައްސަލައެއް. އެމައްސަލަ ބަލާ އޭނަ ވަކިކުރަންޖެހޭ
މޮޔައިންގެ ރާޖާ
07 October 2025
ދައުލަތުގެ އިދާރާތަކުގެ ތެރެއިން އަދުލުވެރިކަން ގާއިމްކުރާ ތަންތަނާއި ކޯޓުތަކަކީ ހަމަ ތަޖުރިބާކޮށްލަން ރަނގަޅު ފުރުސަތެކޭ ހިތާ ނިޒާމު ހިނގާ ގޮތް ބަލައިލަންދާންް ވޮކޭޝަނަލް ޓްރެއިނިންގް އެއްކަމަށް ހީވި މީހަކުގެ ގާބިލުކަން ހުންނާނެވަރު ވިސްނާލާ. ހަމަ ރަނގަޅަށް މުއިއްޒުމެން ހެދީ، މީ ސުޕްރީމް ކޯޓުގަ ކީއްކުރަން އެއްވެސް ފަނޑިޔާރު ގެއެއްގަ ނިޔާ ކަނޑައަޅަން ބަހައްޓާ ވަރަށްވުރެ ސިކުނޑި ނެތް ކިޔަވައިން ހުރި މީހެއް.
އަޅެެ
07 October 2025
ސްޓަޑީ ޓުއަރ އެއް ދެއްތޯ
މިއައު
07 October 2025
ނިޒާމު ހިނގާ ގޮތާ ހިނގަންޖެހޭ ގޮތް އެނގިގެން ކަމެއްގެ އެންމެ މަތީ މަގާމަށް އަންނަންވާނީ. ޓްރެއިނީ ޖޮބްތައްވެސް ހުރޭ. ދެން ރާއްޖޭގަ ނޯމަލައިޒްޑް ކަމެއްދޯ ހަމަ ކޮންމެ ކަމަކަށް ވެސް ވާނެ ވުން. މުޅިސަރުކާރުގަވެސް އެގޮތަށް މީހުން ނަގާފަ ހުރީ ސިޔާސީ
އޮނަރަބްލް އަފީފު ދީދީ
07 October 2025
މިސަރުކާރުން ބޭނުންވެގެން ޤާނޫނީ އިޖްރާއަތް ތަކާއި ޙިލާފަށް ފަނޑިޔާރު މަހާޒު އާއިއެކު ދައުލަތުގެ ސްޕްރީމް ކޯޓް ފަނށިޔާރުކަމުން ބޭރުކުރި އެކޯޓް ބެންޗްގައި އިންނެވި އެންމެ ތަޖުރިބާކާރު ފަނޑިޔާރު، ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލު ސްޕްރީމްކޯޓަށް ވަޑައިގަތުމުގެކުރިން ކަންކުރަައްވާފައި ވާގޮތަށް ބަލާލުމުން (ބައެއްމީހުން ރުޅިއައި ޑްރަޤް އަދި މަރުގެ ދިފާޢީވަކީލުކަން ކޮށްދިނުން) ތިވާހަކަ ޤަބޫލުކުރެވޭ. އަސްލު ތިކަންކަމުގެ މަރުޙަލާ ދާގޮތް އެގުން މުހިންމު.
އޮނަރަބްލް އަފީފު ދީދީ
07 October 2025
ޕްރޮފެޝަންގެ ގޮތުން ރާއްޖޭގެވެށީގައި ހަރުލާފައިވާ "ބާރާއި ނުފޫޒު އަދި ރިޝްވަތުގެކަންކަން އަމިއްލައަށް ދެނެގަތުމަށާއި، އެކަންކަންހިންގާގޮތާއި ބައިވެރިވެ ޖަރީމާހިންގާމަގު ހޯދައިގަތުމަށް" ސުޢޫދު މަތީގައިދެންނެވިދަ ކޭސްތައް ނެންގެވުމުން "ބުއްދިއާއި ފިކުރު ބޭނުންނުކޮށް އެހެންމީހުންގެ އަނގަ ފ ގޮތުގައި ތިބޭ މީހުނާއި، ޒާތީ ޙަސަފަވެރިކަމުން ސުޢޫދާއި ދެކޮޅަށް ވާހަކަ ދައްކާ މީހުން" އެކަން ބޮޑުކަމަކަށް ކަމަކަށް ހަދައިގެން އުޅުނީވެސް ނުވިސްނޭ ކަމުން.
ތަރަތަރަ ރާޖާ
07 October 2025
ޗީޑި ދުވާވަސް. ހަމަ ހާކާލި ބުރުވާލިއެއް.