ޚަބަރު / އަބްދުއްރަހީމް އަބްދުﷲ (މަޖިލިހުގެ ރައީސް)

އެއް ދުވަހު ކަމުނުދާ ލީޑަރު އަނެއް ދުވަހު ކަމުހިނގައިދާނެ: އަބްދުއްރަހީމް

"މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދުނިޔެ ހިނގާއިރު އެކި ދުވަހު އެކި ގޮތަށް ކަންކަން ހިނގުމަކީ ފިތުރަތުގެ އުސޫލު ކަމަށާއި މި އުސޫލުން، އެއް ދުވަހު ކަމުދާ ލީޑަރަކު އަނެއް ދުވަހު ކަމުނުގޮސް ވެސް ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ، ޓެކްސް ޓްރައިބިއުނަލް އަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަން ކުރަން މަޖިލީހަށް ނަން ފޮނުއްވާފައިވާތީ، އެކަމާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

މީކާއިލް ވިދާޅުވީ އިތުބާރު ނެތިގެން މަޖިލީހުން ވަކިކުރި ފަނޑިޔާރަކު ޓެކްސް ޓްރައިބިއުނަލް އައްޔަން ކުރަން މި ސަރުކާރުން ލިސްޓުގެ ކުރީގައި ހިމަނުއްވައި ފޮނުއްވުމުން ސުވާލު އުފެދޭ ކަމަށެވެ.

މީކާއީލްގެ ވާހަކައަށް ފަހު، އެހެން މެންބަރަކަށް ފުރުސަތުދެއްވުމުގެ ކުރިން، މަހާޒްގެ ނަން ސަރުކާރުން މަޖިލީހަށް ފޮނުވި ސަބަބު ދިފާއުކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ދުނިޔެ ހިނގަމުންދާ އިރު އެކި ދުވަހު އެކި ގޮތަށް ކަން ހިނގުމަކީ ދުނިޔަވީ ގާނޫނު ކަން ހަނދާން ކޮށްދެެއްވާ ކަމަށެވެ.

"އެއް ދުވަހު ކަމުދާ ލީޑަރު އަނެއް ދުވަހު ކަމުނުގޮސް ހިނގައިދާނެ. އެއް ދުވަހު އިތުބާރުނުކުރެވޭ ވެރިއަކު އަނެއް ދުވަހު ފެނުނީމާ އިތުބާރު ކުރެވިދާނެ. އެއް ދުވަހު އެ ލީޑަރަކާ ނުލައި ދުނިޔޭގައި އުޅެވެން ނޯންނަ ލީޑަރު އަނެއް ދުވަހު އެ ލީޑަރަކާ އެކީގައި ދުނިޔޭގައި ނޫޅެވޭ ހިސާބަށް ވެސް ހިނގައިދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީހުގައި ބަހުސްކުރައްވާއިރު މައުޟޫއަށް ވާހަކަ ދެއްކެވުމަށް ވެސް އަބްދުއްރަހީމް މީކާއިލް އަށް ނަސޭހަތްތެރިވެވަޑައިގަތެވެ. މިއަދުގެ ޖަލްސާގައި އޭރު ބަހުސްކުރަމުން ދިޔައީ، ރީއެމްޕްލޯއިމަންޓް ބިލަށެވެ.

މި ބިލާ ގުޅޭ ގޮތުން ބަހުސްގައި ލިބުނު ފުރުސަތުގައި، މީކާއިލް ވިދާޅުވީ ފަނޑިޔާރުކަމުން މަހާޒް ވަކިކުރީ ޕީއެންސީން އެކަމަށް ތާއީދުކޮށްގެން ކަމަށެވެ.

"ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރޭގައި އެންމެ އިސްކަންދެއްވާފައިވާ، އިއްޒަތްތެރި ރައީސް އެންމެ އިސްކަން ދެއްވާފައިވާ ނަމަކީ އެއްކަލަ [ފަނޑިޔާރުކަމުން ވަކިކުރި] ޕީއެންސީ މެންބަރުންނަށް ދާދި ފަހުން، ކޮރަޕްޓްވި، ނަޒާހަތްތެރިކަމެއް ނެތް، އެއްވެސް ކަހަލަ އޮއްޓަރެއް ނެތް އެފަދަ ފަނޑިޔާރެއްގެ ނަން،" މީކާއީލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވި ގޮތުގައި އެކަމުގެ ހަގީގަތަކީ ކޮބައިތޯ ރައްޔިތުން ސުވާލު އުފައްދަ އެވެ.

29 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

raajje

07 October 2025

މީކާއީލް ފާހަގަކޮށްފައިއެވެނީ ވަރަށްރަނގަޅު ޕޮއިންޓެއް، "އިތުބާރުނެތްކަމަށްބަލާ މަޖިލީހަށްލިބިދޭބާރުގެދަށުން ވަކިކޮށްފައިވާ ފަނޑިޔާރެއް" ޓެކްސް ޓްރައިބިއުނަލްއަށް އައްޔަން ކުރަން ސަރުކާރުންއުޅުމަކީ އަރަތެއް، މިގޮތަށްވަކިކުރިމީހަކު އެއްވެސްމަގާމަކަށްއައްޔަންކުރަންއުޅުމަކީ ގާނޫނާގަވައިދާ ސަރުކާރުހިންގަންތިބޭ ބަޔަކަށްލިބިދޭ ބާރުތަކުގެ ރޫހާމުޅިންހިލާފުކަމެއް، މިކަމުގައި އަބުދުރަހީމުދަށްކާފައިއެވެނީކީ ތާކުންތާކުޖެހޭވާހަކަތަކެއްނޫންކަމަށްދެކެން،

The name is already taken The name is available. Register?

‫ހަސަންބޭ..

07 October 2025

‫އަދުރޭ ބުންޏަސް ތެދެއް ވާނީ ތެދަކަށް.. އެއީ ފެންނަށް އޮތް ހަޤީޤަތެއް.. ޚާއްސަކޮށް ސިޔާސީ މައިދާނުގައި އެކަން އެބަ ފެނޭ

The name is already taken The name is available. Register?

ކަބީކަބީ

07 October 2025

އަދުރޭ އެ ކިޔައިދެނީ އަދުރޭ ގެ ސިފަތައް. އަދުރޭގެ ޕުރިންސިޕަލްތައް. އަދުރޭ ވާނީ އަދުރޭ އަށް. ދިވެހިން މިތިބީ ހޭލާ. މަދުބަޔަކު އެބަ އުޅޭ މި ޕުރިންސިޕަލްތަށް ވަރެއް ނެތިގެން ވެސް. އެމީހުން ގެ އަޑުވެސް ގަދަ. އެކަމަކު ނަތީޖާ ނެރެދެނީ އަޑުމަޑުމަޑު މީހުން ކަން ހަނދާން ކުރާތި.

The name is already taken The name is available. Register?

ޢަރުތަ

07 October 2025

އަދުރޭގެ ހުރިހާ ޕްރިންސިޕަލް އެއްވެސް ވަރަކަށް ކަމަކު ނުދޭ، މިސާލަކަށް އަވަގުރާނަ ގޮވުން، ހަމަ ކޮންމެ ފަދަ ތާކުވެސް އަވަގުރާނަ ގޮވާފާނެ، މީތި ކަމަކު ނުދޭ.

The name is already taken The name is available. Register?

އމވއޑ

07 October 2025

ވަކި މީހަކީ ވަކި ކަމަކަށް "އަސްލު ކަމުދާ" މީހަކަށް ވުމާ، ދެންތިބި މީހުން އެމީއަކީ "ކަމުދާ މީހެއްކަމަށް ގަބޫލުކުރުމަކީ" މުޅިން ތަފާތު ދެކަމެއް.

The name is already taken The name is available. Register?

އިއްޔެ1

06 October 2025

އިއްޔެއާ މިއަދުން ފިލާވަޅު ނޭނގުނީ ނަމައީ ނަގަން؛ ފިއްޔަކާ ނުކުތާއަކާ ވަކިވާނެބާ އޮޅުވާނުލާ. -އަދުރޭ-. މޮޅު ޅެންވެރިއެއް.

The name is already taken The name is available. Register?

އައިމިނާ

06 October 2025

މަނިކުފާނުގެ ސިޔާސީ ކެރިއަރު ނިންމާނީ ހަމަ ރައީސް ޔާމީނާ އެއްކޮށް ހުރެގެން. އަދި ވަގުތު އެބައޮތް. ފުރުސަތު ވެސް އެބައޮތް.

The name is already taken The name is available. Register?

ކޮސް

06 October 2025

އަދުރޭ މިހުރީ ކުރެވުނު ކަންތަކުގާ ތައުބާވާ ހިސާބުގަ. އެހެންވީމަ ޅެންވެރިކަމުގެ " އެހެންވައތަރަކަށް" ރާގު ބަދަލުވަމުން އެދަނީ. ދަރި ނަގާ އެއްލާލި ހިސާބުން އެހެން ހިސާބެއް ޖަހަންފަށައިފި.

The name is already taken The name is available. Register?

ވެންގަބޯ

07 October 2025

އަމިއްލައަށް ރައްޔިތުންގެ ކުރިމަތީގައި ބޭޒާރު ވާއިރުވެސް ނޭނގޭ ކިޔޭ ނުކިޔޭ އެއްޗެއް އެނގޭބާ އެބަ ދެން ދޫނި ގޮވާ ރީތި އަޑަކުން ގޮވާލާ އޭރުން އިނގޭނެއެވެ ކަމުދާ މީހާޔާ ކަމުނުދާމީހާ އަމިއްލަ އެދުން ބޮޑު ވިޔަސްވެސް މީދެން ބޮޑުވަރު ޔާމީން ތިކަހަލަ ދެފުށްކެހެރި ބޭނުމެއްނުވާނެއެވެ ކަނޑާލި ރުކެއް އަލުން ނުފޯދޭނެއެވެ ތިރުކުގެ ބޭނުމެއް ނުހެދޭނެ ދެން ކިތަންމެ ރީތި އަޑަކުން ގޮވިޔަސް ބަލާނޭ ބަޔަކު ނުވާނެއެވެ ދެން ލަލަލާ.؟

The name is already taken The name is available. Register?

ޑިޕްލޮމެޓިކްކޮށް ދެއްތޮ!

06 October 2025

ބޭފުޅާ ވެސް ރީތިކޮށް ތިބުނީ މިހާރު ހުރިމީހާ މަތިން ތިމަންނަވެސް ފޫހިވެއްޖެޔޭ ދެއްތޮ؟

The name is already taken The name is available. Register?

ފަހުދު.

06 October 2025

އޮއެވަރު ބަދަލުވާން ގާތްވުމުގެ އަލާމާތަ

The name is already taken The name is available. Register?

1181

06 October 2025

އަދުރޭ ކުރުކޮން މި ކިޔައިދިނީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ކަން ހިނގަމުން ދާގޮތް. ވަރަށް ބޮޑު ހަގީގަތެއް. އެއް ޒަމާނެއްގައި ފިކުރެއްގެ މީހުން ބާގީންނަށް ނުުވަތަ ވަގުންނަށް ގޮވި މީހުން މިއަދު އެ ތިބީ އެ ފިކުރުތަކުގެ މީހުން ތަބާވި ފިކުރުގެ ޕާޓީ (އެމީހުންގެ ތާއީދާވެސް އެކު) ހިންގުމާ ހަވާލުވެ. "ބާގީންނާ ވަގުން" އެމީހުނަށް މިއަދު ފެންނަނީ ހަމަ ހުދު ހެދުމުގައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454