ފައެނާ އާއި އޭނާގެ ފިރިމީހާ އަޒްހާދު ރޭ ހައްޔަރު ކޮށްގެން ގެންދަނީ: ސީނިއާ ސްޓޭޓް ކައުންސެލް ފައެނާގެ އަތުން ޑްރަގްސް ނުފެންނަ ކަމަށް އެނގިފައިވޭ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
08 އޮކްޓޯބަރ 2025 - 08:49
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހްމަދު އަޒްހާދު މަސްތުވާތަކެއްޗާ އެކު ރޭ ހައްޔަރުކޮށްފި އެވެ.
އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، އެ މީހުންގެ އެޕާޓްމަންޓުން ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ. ހުޅުމާލޭގައި ހުންނަ "ރެއިންކްރެސްޓް" ގެ އެޕާޓްމަންޓެއް ފާސްކޮށް އެ ދެ މީހުން ހައްޔަރުކޮށްގެން ގެންދަނިކޮށް ވަނީ ފެނިފަ އެވެ.
ނަމަވެސް އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާގެ އަތުން މަސްތުވާތަކެތި ނުފެންނަ ކަމަށް އެނގިފައި ވެ އެވެ.
ހުޅުމާލެ 1 ގައި ހުންނަ އެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ޑްރަގް ފެނުނު ކަމަށް ވެސް އެނގިފައިވެ އެވެ. ނަމަވެސް ސީދާ އަދަދެއް ކަށަވަރެއް ނުވި އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އުމުރުން 33 އަހަރުގެ ފައެނާ އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ. އޭޖީ އޮފީހުން މި ވެރިކަމުގައި އުފެއްދި ސިވިލް ރައިޓްސް އޮފީހުގެ ވެރިޔަކަށް ވެސް ނޮވެމްބަރު 2023 ގައި ވަގުތީ ގޮތުން ފައެނާ ހަމަޖެއްސި އެވެ.
ފައެނާ އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރަން ފެށީ ސެޕްޓެމްބަރު 12، 2013 ގައި ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގަ އެވެ. އޭގެ އަހަރެއް ފަހުން 2014 ގައި އޭނާ ވަނީ ސްޓޭޓް އެޓާނީގެ މަގާމަށް ބަދަލުކޮށްފަ އެވެ. އަދި 2019 ވަނަ އަހަރު ސީނިއާ ސްޓޭޓް ކައުންސެލްގެ މަގާމަށް ޕްރޮމޯޓް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިލަ
09 October 2025
ތިޔަ ޑްރަގެއް މުޅި ގައުމުގައި.. މިހާރުވާގޮތަކީ ބުއިކަމަށް ނުވަތަ ތަކެއްޗާ ހަވާލުވާ ހިސާބުން މީހާ ދޫވާނެ ގެއަށް.. ދެން ބޭނުންގޮތަކަށް އުޅެ އެތަށް ދުވަހެއް ފަހުން ހުކުމަކާ ހަމައަށް އަންނައިރު ކިތާބީ ހެކިތަކަށް އޮންނަނީ ކޮފީ އެޅި ހަރާބުވެ ސާބިތުނުވާ ހިސާބަށް ގޮސްފައި..
މިސްޓަރ ވާން
09 October 2025
ބަލަންތިބޭ. މީނަ ދޫވާތަން. އެފް އެސް އެމް ސުހައިލް ކަހަލަ މީހުންނަށް ދިން ގޮތަށް މިބޭފުޅާ އަށް ވެސް ދޭނޮ ބޮޑު މަްާމަެއް ހެން ހީވާގޮތަށް މިޤައިގަ މިހާރު ކަންކަން ހުރީ. ދޮގެއްތަ؟
އެހެން
08 October 2025
މުޅިގައުމު ޑްރަގުގަ، ޑްރަގް ނަގާ މީހުން ދޫވާ ސަބަބު މިހާމަވާނީދޯ
އަފްރާސިޔާބު
10 October 2025
ދައުލަތުގެ ފަރާތުން ޑްރަގާ ދެކޮޅަށްވަކާލާތު ކުރާވަކީލުންނަށް އެމީހުން ޑަރަގް ހިލޭދެނީއްޔޭތަ ތިބުނަނީ. ކޮންމެހެން ބަޔަކު ދޭކަށްނުޖެހޭދޯ އެތަކެތި ހޯދުމަކީ އުނދަގޫކަމަކަށްނުވާއިރު. ދެން އޭގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުންނަކީ އެކަމާ އެއްވެސް ގުޅުމެއް އޮތް ދެމީހެއްނޫން. ޑްރަގަކީ ކޮންމެވެސް ބަޔަކު ގެންގޮސް ބެހެއްޓި އެއްޗެއް. ވައްތަރީ ކާމިޔާބު ވަކީލެއްވީމާ ބައްދާލަން ކޮންމެވެސް ބަޔަކު މަޅިއެއްޖެހީ ކަމަށް.
ޥަންޗޫ
08 October 2025
އެކަމު ބުނަންތަ ތިޔަ ކަމަނާގެ އިތުބާރު މިހާރު މިއޮތީ ގެއްލިފައި. އެފަދަ ޒިންމާދާރު މަގާމެއްގައި އޭނަ ދެން ބެހެއްޓިގެން ނުވާނެ. އެއްވެސް ތައްޔިތަކު އޭނައަކަށް ދެނެއް އިތުބާތެއް ނުކުރާނެ!
ފަރަންޖީ
09 October 2025
އެ ކީއްވެ ގެއްލެންވީ؟ އަދި މާއަވަސްދޯ؟ ފިރިން އަނބިންނަށް ހިލަމެއް ނުވެ އެތައް ކަމެއްކުރޭ. މިކަމުގައި އޭނަގެ ކުށެއް އޮތްކަން ސާބިތުނުވަނީސް މަގޭ އިތުބާރު އެބައޮތް.
ހެޔޮލަފާ
08 October 2025
މިކަމަށް އޮތް ހައްލަކީ، ކޮންމެ ހުރިހާ އިދާރާތަކުގައިވެސް ތިބި މީހުންނާ އިދާރާތަކަށް އަލަށް ވަޒީފާއަށް ނަގާ ހުރިހާ މީހުންގެ ވެސް ކުށުގެ ރިކޯޑް ބަލާ ގޮތަށް މެޑިކަލް ރިޕޯޓް ހަދަން ގާނޫނަކުން މަޖުބޫރުކުރުކުރުން.
ބްރޯސް
09 October 2025
މެޑިކަލް ރިޕޯޓުގަ ކޯޗެއްބާ އޮންނާނީ؟
ރަދީފްއޮފިޝަލް /
08 October 2025
މިހާރު އުޅޭ ރީތި އަންހެން ކުދިންނަށް ވެސް ކަމުދަނީ ވިޔާނުދާ މަގުން ހިނގާ ފިރިހެނުން.އަހަރުމެން ކަހަލަ މީހުންނަށް ބަލާލާނެ އަންހެނަކު ނުވޭ.މިއީ އަދުގެ ހާލަތު.
ދޮން
08 October 2025
ޑްރަގް މައްސަލަތައް ގިނަވާ ސަބަބު މިއެގެނީ ސާބަސް ރައީސް މުއިއްޒު މޫނަކަށް ކަދުރާޔަކަށް ނުބަލާ އަސްލު ބޮޑެތި މީހުން ހައްޔަރު ކުރޭ
ބްރޯސް
09 October 2025
ޑްރަގުގެ މައްސަލައިގެ ބޮޑެތި މީހުން މީގެތެރޭ އެބަތިބިބާ؟
އަފްރާސިޔާބު
10 October 2025
ތިބުނަނީ ދައުލަތުގެ ވަކީލުންނަކީ ޑްރަގްބޯ މީހުންނާއެކު އެކަމުގައި އުޅޭބަޔެކޭތަ.
ރާވެރިބެ
08 October 2025
މިވަރުންދާ ނަމަ ކިހިނެތް މިކަން ހުއްޓުވާނީ؟ ފުލުހުންނާ ދައުލަތުގެ ވަކީލުން ވެސް ޑްރަގާ އެކު ހައްޔަރު ކުރަން ފެށީމަ ދެން މިކަމާ އުޅޭނީ ކޮންބައެއް؟
ޑރ ވާންޗޯ
08 October 2025
ގުޅުމެއް ކިހިނެއްއޮންނާނީ އަމިއްލަ ބޮކްސާތެރެއިން ޑްރަގްނެގީމަވެސް މިބުނަނީ ޕޮލިސް ތީގެ އަސްލުވެރިމީހާ ހޯދާކައް ނޫޅެޔޭ!!!!
ދަންނަވާކަށް އެކައްޗެއްވެސް ނެތް
08 October 2025
އިއްޒަތްތެރި ޙައްގުތައް މަތިވެރިވެގެންވާ ދިވެހި ރައްޔިތުން މިހިރި އުޅޭ ހަޑިމުޑުދާރު ގޮތެއް ދޯއެވެ. ރޭގައިވެސް ދެ ނަމާދު ދޭތެރޭގައި އުފުރައި ބޭރަށް އުކައިލީ ހިޔާ ޓަވަރު 9 ގެ ސިޑީގައި އަރާފައިބާ މީހުން ދެނެގަތުމަށް ބަހައްޓާފައި ހުންނަ ކެމެރާތަކެއް. މިކަންކަމުގެ ބޭނުމަކީ ސިޑީގައި ތިބެގެން މި އެއްޗެއް ބުއިމަށް މަގުފަހި ކުރުމާއި ވިއްކުމަށް މަގުފަހި ކުރުމާއި ނުބައިވެގެންވާ ފާހިޝް ޢަމަލުތައް ހިންގާނެ ފުރުޞަތުތައް ފަހިކުރުން.