ފަނޑިޔާރު މަހާޒު އަލީ ޒާހިރު: ޓެކްސް އެޕީލް ޓްރައިބިއުނަލަށް މަހާޒަށް ރުހުން ނުދޭން މަޖިލީހުން ވަނީ ނިންމާފައި. - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
08 އޮކްޓޯބަރ 2025 - 13:34
ޓެކްސް އެޕީޓް ޓްރައިބިއުނަލްގެ މެމްބަރުކަަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އައްޔަންކުރުމަށްޓަކައި ޖުޑިޝަރީ ކޮމިޓީގެ މެމްބަރުންގެ އެންމެ މަތީ މާކްސް ލިބިވަޑައިގަތަސް މަޖިލިހުގެ ތަޅުމުން އޭނާ އަށް ރުހުން ނުދީ މިއަދު ކަޓުވާލައިފި އެވެ.
ޓެކްސް ޓްރައިބިއުނަލަށް އައްޔަންކުރަން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރުހުން ދިިނީ އެ ޓްރައިބިއުނަލްގެ މެންބަރުކަން ކުރިން ވެސް ކުރައްވާފައިވާ ބ. ތުޅާދޫ، ގުލްބަހާރުގޭ، އިބްރާހިމް އަފީފުގެ އިތުރުން ދ. މީދޫ އަކިރިވިލާ، ޝަވްފާ އިބްރާހީމަށެވެ.
މަހާޒަށް ރުހުން ދޭން ފެނޭތޯ ބަލަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 46 މެންބަރުންގެ ތެރެއިން 41 މެންބަރަކު ވޯޓު ދެއްވީ އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. މަހާޒަށް ރުހުން ދޭން ފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި ހަ ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިރު އެ ލިސްޓު އެ މަނިކުފާނު ތަރުތީބު ކުރައްވާފައިވާ ގޮތުން ވެސް އެއްވަނައިގައި އޮތީ މަހާޒުގެ ނަމެވެ.
ރައީސް ފޮނުއްވި ލިސްޓުގައި ހިމެނޭ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ފަހު، ޖުޑީޝަރީ ކޮމިޓީން އެކުވަލައިލި ރިޕޯޓްގައި އެ ކޮމިޓީން އެދިފައި އޮތީ 75 ޕަސެންޓުން ފެށިގެން މަތިން މާކްސް ދީފައިވާ ދެ ބޭފުޅަަކަށް ރުހުން ދިނުމަށެވެ.
ރައީސް މުއިއްޒު ފޮނުއްވި ލިސްޓުގައިވާ ހަ ބޭފުޅުންގެ ތެރެއިން ކޮމިޓީން މާކްސް ދީ، ރިޕޯޓްގައި ހިމަނާފައި އޮތީ ފަސް ބޭފުޅެއްގެ ނަމެވެ. އެ ލިސްޓުގައި 97 ޕަސެންޓް މާކްސްއާ އެކު އެއްވަނައިގައި އޮތީ މަހާޒްގެ ނަމެވެ.
ދެވަނަގައި އޮތް އަފީފަށް 91 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވި އިރު 83 ޕަސެންޓް މާކްސްއާ އެކު ޝަވްފާ އޮތީ އެ ލިސްޓްގެ ތިން ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢޮނަރަބަލް ދީދީ
08 October 2025
ރާވައިގެން ދިންލަނޑެއް
ވޯލް
08 October 2025
މި ސަރުކަރަކީ ޤާބީލު ނޫން މީހުން މަޤާމުތަކަށް ލާ ބައެއް.
ފެން ދީފައި......
08 October 2025
ކަތިލީ އެވެ.
ޛސބސބބ
08 October 2025
ޝުކުރިއްޔާ މަހާޒު. އެއް މަހުގެ މަޒައްކަތަކަށް މަނިކުފާނު ކުރިމަތި ލެއްވި މަގުސަދު ހާސިލުވެ މަޖިލީހުގެ މެންބަރުންގެ ފަތިފުށް ހާމަކޮށްދެއްވައިފީމު. އެމީހުންގެ ނަޒާހަތްތެރިކަން އަޅުގަނޑުމެންނަށް ހާމަކޮށްދެއްވީތީ ޝުކުރިއްޔާ
ނަރީ
08 October 2025
ކޮން މަގުސަދެއް؟ މަގާމު ބޭނުންވެގެން ކުރިމަތިލީ. އެކަން ނުވީމަ ދެން ތިހެން ކިޔާ. މަހާޒުގެ ގޮތްވެސް މިހާރު މި އެގުނީ.
ޢިބޫ
08 October 2025
މީ ފާޑެއްގެ ފުރައްސާރައެއްތޯ؟
ރާވެރިބެ
08 October 2025
ރައްޔިތުންގެ މަޖިލިސްގެ ސުޕަރމެޖޯރިޓީ އޮތް ޕީއެންސީގެ ވިސްނުމަކީ އެންމެ މަގާމަށް ގާބިލް އަދި ކޮލިފައިޑް މީހާ ހޮވުން ނޫންކަން މިނިންމުމުން އެގޭ. ކޮމިޓީ އިން އެންމެ މަތިން މާކްސް ލިބޭ މީހާއަށް ވޯޓު ނުދޭން ނިންމައިގެންތިބެ ފުރަތަމަ ކޮމިޓީއަކަށް ފޮނުވުގެ ބޭނުމެއް ވެސް ނެތެއް ނުން؟ އެހެންތާވާނީ. ތިމާމެންގެ ގާބިލްކަން ނެތީމަ ކިޔަވައިގެން ތިބޭ މޮޅުމީހުން ދެކެ ޖެހިލުންވާނެ. ދޯ!
ނަޖާހުގެ
08 October 2025
ކިޔަވައިގެން ހުންނަ މީހަކު ޕާޓީތަކުން ނުހޮވާނެކަން ގަބޫލު ކުރަން. އެކަމަކު މަހާޒުއަކީ ނަޒާހަތްތެރިނުވެގެން އިހަށްދުވަހު ގާޒީކަމުން ވަކިކުރި މީހެއް.
ބަކުންސަ
08 October 2025
ހުރިހާ އެއްޗަކީ ސެޓުފިކެޓާއި މާކުސްނޫންކަމުގައި ދަރިންނަށްވެސް ބުނެދެންޖެހޭ.
އޮޅުވާލި ޗަރުކޭސް
08 October 2025
އަސްލު ކޮލިފައިޑް އެކްސްޕީއަންސްޑް މީހުން ގަނަތަޅުވަން ކަންދައްކަން ރައީސް އޮފީހުން އެމީހުންގެ ނަން ހިމަނާފަ ލިސްޓު ފޮނުވަނީ ހަމަ ހުސް ޝޯ!! ގިނަަފަހަރު ހޮވަނީ އުރައްޕެތް ނެތް ސިޔާސީ ޕަޕެޓުން!
ހަމަދު ސަލީމް
08 October 2025
ރައީސް ނަން ހުށައެޅީމަ މަޖިލީހުން ފާސްނުކޮށް ބޭރުކޮއްލީމަވެސް އެބައިގޭ ރައީސް މަޖިލީސް މުށުތެރެޔަށް ނުލާކަން، މަޖިލިސް ހިގަނީ މިނިވަންކަމާއެކުކަން.
އަސްލު
08 October 2025
ރައީސް ބޭނުން ނުވާ މީހާ ނުހޮވޭނެ. ޔަގީން. ލިސްޓް ތަރުތީބު ކުރެވިދާނެ ކޮންމެ ގޮތަކަށްވެސް
ޒަނީރު
08 October 2025
ކަލޭމެން ކަހަލަ މީހުން ލައްވާ ތިހެން ބުނުވަން ކުރި ކަމެއްކަން އަހަރުންނަށް އިނގޭ މާކުރުންވެސް! އެކަމަކު ފަޟީހަތް ވަނީ ހަމަ ކަލޭމެންގެ ރައީސް އާއި މެމްބަރުން! ކޮލިފައިޑް މީހާ ނުނެގުމަކީ ގައުމަށް ގައްދާރުވުން ކަމުގައި ރައްޔިތުން ދެކޭތީ މިހެން ބުނަން ޖެހެނީ
ހެޔޮފުޅުކަމުން
08 October 2025
ކޮލިފައިޑް އެކްސްޕީއަންސްޑް މީހުން ލިސްޓައް ލާފަ ކަންދައްކަން ރައީސް އޮފީހުން އެމީހުންގެ ނަން ހިމަނާފަ ލިސްޓު ފޮނުވަނީ،،، ހަމަ ހުސް ޝޯ!! ހޮވަނީ އުރައްޕެތް ނެތް ޔެސް ސޯ ގުރޫޕްގެ ސިޔާސީ ޕަޕެޓުން!
ޙަސޭ
08 October 2025
އެމީހުން މާކުސްދޭނީ އަންގާފަ އޮންނަގޮތަކަށް. އެއީ އަމިއްލަބާރު އޮންނަބައެއްނޫން. ތަރުތީބު ކުރެއްވުމާ ވޯޓުދޭން އެންގުމާ އެއީ މުޅިންދެކަމެއް.