ރައީސް މުއިއްޒު އައްޑު އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ: އައްޑޫ ކައުންސިލް ބަދަލުކުރުމާ ބެހޭ ވޯޓު މިމަހު 25 ގައި ބާއްވާނެކަން އީސީން ވަނީ އިއުލާނުކޮށްފައި.
08 އޮކްޓޯބަރ 2025 - 12:53
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބެލުމަށް އެ ސިޓީގައި ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު މިމަހުގެ 25 ގައި ނަގަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އީސީން ބުނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމުގެ އިއުލާނާ އެކު އާންމުކޮށްފައިވާ ރައީސްގެ ގަރާރުގައި ހިމަނުއްވާފައިވާ ސުވާލުތަކާ މެދު ހުޅުދު އާއި މީދު އާއި ފޭދޫ ރައްޔިތުން ދެކޭ ގޮތް ބެލުމަށް، ބާއްވަން ޖެހޭ ހިޔާލު ހޯދުމުގެ ވޯޓު ނެގުން އޮންނާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 4:00 އަށް ކަމަށެެވެ.
އީސީން ބުނި ގޮތުގައި ވޯޓު ނަގައި ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ އެވެ. އެކަމަކު ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ އާދިއްތަ ދުވަހު ކަމަށް އީސީން ބުންޏެެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެ ވޯޓުގައި އަހާނީ އައްޑޫގައި ވަކިވަކި ކައުންސިލެއް އޮންނަން ބޭނުންތޯ ނުވަތަ މިހާރުގެ ގޮތަށް އައްޑޫ ސިޓީ ކައުންސިލް ގޮތަށް ކުރިއަށް ގެންދާނީތޯ އެވެ. މިކަމުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އައްޑޫގެ ވޯޓާ ގުޅޭ ގޮތުން، މިދިޔަ މަހު ރައީސްގެ ޕޮޑްކާސްޓުގައި އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އެހެންވެ، އެ ކަން ނިންމާނީ އައްޑޫ މީހުން ކަމަށާއި ރައްޔިތުން ގާތު ނާއްސަވައި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވަކިވަކި ކައުންސިލްތައް އުފެއްދުމުން އައްޑޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން މަގުފަހިވާނެ އެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުމީދޫއާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ލިބެންޖެހޭ ސަމާލުކަން ވެސް ވަކިން އޮތުމުން އެ ރަށަށް ނުލިބޭ ކަމަށެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާތީ ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސްމޭޝ
09 October 2025
ތިޔައީ އެއްގޮތަކަށް ވެސް ރަގަޅު ކަމެއް ނޫން! ތިއުޅެނީ ބައިބައިވުން އިތުރު ކުރަން، ރަށު ވާދައިގެ ފޯރިގައި ބައިބައިވުން އިތުރުކުރަން! މުއިއްޒު އުޅެނީ ލާމަރުކަޒީ ނިޒާމު ފުނޑާލަން! ސަމާލުވޭ ، އައްޑު ރައްޔިތުންވެސް - އަދި މިކަންކަން އިތުރަށް ދެމިގެން ދާނެ އެހެން އަތޮޅުތަކަށް ވެސް! އައްޑޫއަށް ވަކި ގޮތެއް ފުވައްމުލަކަށް ވަކި ގޮތެއް ކުޅުދުއްފުއްޓަށް ވަކި ގޮތެއް! މިއީ ހަމަ އިންސާފުވެރިކަމެއް ބާ!
މަނިކުފާން
09 October 2025
އެކުވެރިވެ އެކުގައި ތިބުމަކީ ގަދަފަދަ ބާރެއް... ވަކިވެގަތުމަކީ ނިކަމެތިވުމަށް ހުޅުވޭ ދޮރެއް..
ސަވާ ގްރޭޕް
09 October 2025
ކޮމެންޓް ތައް ކިޔާލުމުން ހިތަދޫ މީހުން ހުތް މޭބިސް ކަދުރު ކައިގެން އުޅޭހެން ހީވާ ކަހަލަ ގޮތެއް ފީލް ވަނީ. ލޮލް
ޢަރުތަ
08 October 2025
އައްޑު އަތޮޅު ނޫން އެހެން ހުރިހާ އަތޮޅެއްގެ ރަށްތައް އޮންނަނީ އެއްކޮށް ގުޅިލާމެހިފަ އުތަ.
ގުޅުވާ
09 October 2025
ކޯޒުވޭއާއި ބުރިޖު އަޅައިގެން ނުގުޅިހުރި ރަށްތައް ގުޅުވަންވީ
އޮނަރަބްލް އަފީފު ދީދީ
08 October 2025
ރައީސް ނަޝީދުގެ ރިޔާސީ ޤަރާރަކުން 8 އޮކްޓޯބަރ 2010 ގައި ނެގި ރެފަރެންޑަމް ވޯޓުން އައްޑޫސިޓީގެ މެޖޯރިޓީ ރައްޔިތުން ނިންމީ ސިޓީއެއްގެގޮތުގައި މުޅި އައްޑޫ އެއްކޮށް ހިންގުމަށް. މިހާރު ވެރިކަމުގައިތިބި މީހުނާއި ޕާޓީއަކީ އޭރުވެސް އައްޑޫ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްނުކޮށް ސިޓީއެއްގެ ދަރަޖަދީގެން އައްޑޫ އެއްކޮށްހިންގުމަށް ދެކޮޅުހަދަމުން ދިޔަ ބައެއް. ޕީޕީއެމް މިހާރުގެ ޕީއެންސީއަށް ވެރިކަމާއި މަޖިލިސް ލިބުމުން އެތިބީ އައްޑޫސިޓީ ކޮށާލަން ނިކުމެފަ.
ޑރ ވާންޗޯ
08 October 2025
އައްޑޫއަށް ކައުންސިލަރުން މިހާރުވެސް މާގިނަވެފަ ވާހަމައެއްކަމެއްނޯވޭ. ތިއެންމެން ބޭރުކޮށްފަ ކަތީބަކާ ކުޑަކަތީބެއް އައްޔަނުކުރިޔަސް މާރަނގަޅައް ހިންގާނެ.
ސުފިޔާންގެ ބަދިގެ
08 October 2025
އޯކޭ ވަކިވީއޭ. ދެން ވަކިވުމުން ލިބޭ 2-3 ފައިދާއެއް ފެކްޓް ބޭސްޑް ކޮށް ލިޔެދީބަލަ. މިހެން ބުނީ އަދި ތިބުނާ ސިޓީ ހެދިތާ 15 އަހަރު. އަންޒަމާނުން ފެށިގެން 2010 އާ ހަމައަށް ވަކިން ހުޅުމީދޫ އަކާއި ހުޅުދޫ މީދޫ އޮތް އިރުވެސް ތިބުނާ ދެރަށް އޮތީ އަތޮޅުގެ މީހުން އުޅޭ "ފަޅު" ދެރަށުގެ ގޮތުގަ. ސިޓީގެ ކުރިން ލިބުނު ތަރައްގީއެއްގެ ވާހަކަވެސް ކިޔާލަދީބަލަ އަޑުއަހާލަން.
ސިޑިބަރި
08 October 2025
ހައްހައް، ތިފޮޓޯ ފެނުމުން މީދޫ މީހުން ވަރަށް ދެރަވާނެ. އެވެރިންގެ ރެފްރަންޑަމާ ބެހޭ ހަބަރުގަ ތިބީ ހުސް ހިތަދޫ މީހުން.
ބުރިޖުބޭނުން
08 October 2025
ބުރިޖުން ވީހާވެސް އަވަހަށް ރަށްތައް ގުޅުވާލަމާ. އޭރުން އެކަހެރިވެ ބާކީވެފައި ނޯންނާނެ ނޫންތަ؟
ބުރިޖު
08 October 2025
ހުޅުމީދޫ ތިޔަބުނާ ބުރިޖެއްހިތަދޫ އިހުސާސްހިމެނޭ ސަރަހައްދަކާއި ނުގުޅޭނެ . ގުޅުވައިގެންވެސްނުވާނެ .
އަފިރިން
08 October 2025
ހިތަދޫ އަށްވެސް ބޭނުމީ ވަކި ކައުންސިލެއް. ސިޓީކައުންސިލަށް ދީ މާހެރާ އާއި ކޯހެރަ އާއި ހިއްކިހެރަތަށް.