އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ކަސްޓަމަރުންތަކަކާއެކު: އުރީދޫން ވަނީ ކަސްޓަމަރުންގެ ދުވަސް ފާހަގަކުރަން ކަސްޓަމަރުންނާ ބައްދަލުކޮށްފައި --- ފޮޓޯ/އުރީދޫ
08 އޮކްޓޯބަރ 2025 - 13:48
އުރީދޫގެ ކަސްޓަމަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން އިއްޔެ ކަސްޓަމަރުންނާ ބައްދަލުކޮށްފި އެވެ.
އެ ކުންފުނިން ކަސްޓަމަރުންގެ ހިޔާލާއި އިއުސާސްތައް ދެނެގަތުމަށް ކަސްޓަމަރުންނާ ބައްދަލުކޮށްފައިވަނީ އެ ކުންފުނީގެ އެކްސްޕީރިއަންސް ސެންޓަރުތަކާއި ރީޓެއިލް ފިހާރަތަކާއި ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަނަށް ޒިޔާރަތްކޮށްގެންނެވެ. އުރީދޫން ބުނީ އިއްޔެގެ އެ ހަރަކާތުން ކަސްޓަމަރުންނާ ބައްދަލުކޮށް، ކަސްޓަމަރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައް އެ ކުންފުންޏަށް ލިބުނު ކަމަށެވެ.
އުރީދޫން ބުނީ އެކުންފުނީގެ ހުރިހާ ހަރަކާތެއްގެ މައި ތަނބަކީ ކަސްޓަމަރުން ކަމަށެވެ. އަދި ކަސްޓަމަރުންގެ ދުވަހަކީ ކަސްޓަމަރުންގެ ބޭނުންތައް އޮޅުންފިލުވައި، އެކަންތައްތައް ފަރުވާތެރިކަމާއެކު އަޑުއަހައި، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތައް ދެނެގަތުމަށް ހާއްސަކޮށްފައިވާ ދުވަހެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ އެ ކުންފުނިން އަބަދުވެސް ކަސްޓަމަރުންނާ ގުޅުން ބަދަހިކޮށް، ކަސްޓަމަރުން އެދޭ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ކަސްޓަމަރުންނާ ބައްދަލުކުރުމަށް އިއްޔެ އުރީދޫން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އުރީދޫގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މެނޭޖްމަންޓުގެ އިތުރުން އެކުންފުނީގެ އެކި ފަންތީގެ މުވައްޒަފުން ބައިވެރިވި އެވެ. މި އަހަރުގެ އުރީދޫގެ ކަސްޓަމަރުންގެ ދުވަހު ޝިއާރަކީ "ޑިޖިޓަލީ ޔޯސް، އެލިވޭޓިން ކަސްޓަމާ އެކްސްޕީރިއަންސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy