މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ -- ފޮޓޯ: މިނިސްޓްރީ
09 އޮކްޓޯބަރ 2025 - 10:37
އިސްލާމިކް މިނިސްޓްރީގެ އެކި މަގާމްތަކުގައި ތިބޭ މުވައްޒަފުންނަށް ރާއްޖެ އިން އުމްރާ އަށް މީހުން ގެންދާ ކުންފުނިތައް ނުހިންގޭ ގޮތަށް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރޭ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އުމްރާ ކުންފުނިތައް ރެގިއުލޭޓްކުރަނީ އެ މިނިސްޓްރީން ކަމަށް ވާތީ، އަމަލީ ގޮތުން މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އުމްރާ ކުންފުންޏެއްގައި ނޫޅެވޭނެ ގޮތް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އުމްރާ ކުންފުނިތައް ހިންގާ މީހުންގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން މިހާރު ހިމެނެ އެވެ.
އިސްލާމިކް މިނިސްޓްރީން އަންނަނީ އެކި މައްސަލަތައް ފެންމަތިވާ އުމްރާ ކުންފުނިތަކާ މެދު ފިޔަވަޅު ވެސް އަޅަމުންނެވެ. އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް ފައިސާ ދެއްކި ފަހުން އުމްރާއަށް ނުގެންދިޔަ މައްސަލަތަކެއް ފެންމަތިވެ، މައްސަލަ ބަލާފައިވެ އެވެ. އެފަދަ މައްސަލައެއްގައި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް ތިން އަހަރަށް ޖަލަށް ލާން މިދިޔަ މަހުގެ ތެރޭގައި ވަނީ ހުކުމްކޮށްފަ އެވެ.
މިދިޔަ އަހަރު ވެސް މަޝްއަރު ކުންފުނީގެ މައްސަލަ ފެންމަތިވެފައި ވާއިރު 2023 ގައި އަލް މަޝްއަރު ހައްޖު އުމްރާ ގްރޫޕުގެ ނަމުގައި ހަމަ އެ ކުންފުނީގެ މީހުން ހައްޖާއި އުމްރާއަށް ގެންގޮސްގެން އުޅެނިކޮށް މައްސަލަ ޖެހުނެވެ. މަޝްއަރު ޓުއާސްގެ ނަމުގައި ޓުއާ ގްރޫޕެއް ހަދާފައި ވަނީ ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ 2023 ގައި ބާތިލްކުރުމުންނެވެ.
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ އެއްގޮތަށް އަމަލު ނުކުރި 19 ކުންފުންޏެއް މިިދިޔަ ޖެނުއަރީގައި 5000ރ. އިން ޖޫރިމަނާ ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
10 October 2025
އެއީތެދެއް އެކަމަކު އެމީހުންގެ އަނބިންނަށް ބޮޑެތިވިޔަފާރިތަކުގަ ސެއަރކުރެވޭނެ.
ބިލްގޭޓްސް
09 October 2025
ބޮއިހަލާކު! މިނިސްޓްރީގެ އިސްވެރިންގެ ކުންފުނިތައް ކަމަށް ބުނެވޭ ޢުމްރާ ކުންފުނިތައް! ޤިބުލަ + ޞަހަބާ = ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު) ކަމަނަ = އަލްއުސްތާޛާ ޙައްވާ ލަޠީފް (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު) ޤިބުލަ = އަލްފާޟިލް ޢަލީ އަހްސަން (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު) ތައިސީރު = އައްޝައިޚް ޢިއްޒައްދީން އަދްނާން (ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު) އަލްވާދީ = ޝައިޚް ޢާޒިމް ޚާލިދު
ހައެއްކައަހަރު
09 October 2025
ހާދަ ބޮޑަކަށް ވިސްނައިގެން ކުރެވޭ ކަމެކޭ ދެއްތޯ ތިޔައީ. ދެތިންއަހަރު ނަންގަވާތި ވިސްނަން.
ސިފާނު ސައީދު
09 October 2025
މިހާރު ހަދާފައިވާ އުސޫލާއެއްގޮތަށް މިނިސްޓްރީން ޢަމަލު ނުކުރާއިރު އައު އުސޫލަތައް ހަދައިގެން ވާނީ ކޮން ފައިދާއެއް. މިހާރުވެސް ހުއްދަ ދީފައި އޮންނަ ކުންފުނިތަކުގެ ލިސްޓުވެސް އަޕްޑޭޓްވަނީކީ ނޫން. ވަޒީރަކީ ވަރަށް ނޫހަށް އަރާ ހިއްޕުޅުވާ ބޭކަލެެއް. އެހެންވީމަ، އެކަހަލަ ކަމަކާ ބޮޑަށް ވައްތަރީ
ބޮނަކޭ
09 October 2025
ވަޒީރު ތިހެން ވިދާޅުވާ ހިނދު، ތި ވުޒާރާގެ ދެ ޑިޕިއުޓީ މިނިސްޓަރުން ގްރޫޕް ހަދައިފި. އަހުސަން (ގިބުލަ) އަދި ހައްވާ ލަތީފް (ކަމަނަ)، ވަޒީރުގެ އާއިލާ މީހެއްގެ ހިއްސާއެއްވެސް ނެތް ކަމެއް ނޭނގެ. ޢުމްރާއަށް ގެންދާށޭ ކިޔާފަ ލާރިކޮޅު ކަޓުވާލާ މީހުންގެ ކަންކަންވެސް ވަޒީރު ތިއުޅެނީ ނުބެލިގެން. ތިކަންވެސް ވާނެހެން ހިޔެއްނުވޭ؟ ނޫހަށް އަރަންވެގެން މޮޅު ޗައްކަރެއް ޖައްސާލީ ދޯ؟
މުހައްމަދު123
09 October 2025
ގިބުލައަކީ އަހުސަނުގެ އެއްޗެއް ނޫން. އެއީ މިނިސްޓަރު ޝަހީމުގެ ކުންފުނި. މިނިސްޓަރުކަން ލިބުމުން އަހުސަނުއާ ހަވާލުކުރީ
އައިރާ
09 October 2025
ތި ބޭފުޅުން ވަރަށް ގިނަ
ޔަސީ
09 October 2025
މޮޅެތި އުޞޫލުތައް ހެދިޔަކަސް ނުވާނެ! އެތަންފީޒު ނުކުރަނަމަ..
ކަމެއް ކުރެވުނު ކަމަށްވާނީ ...
09 October 2025
ދިވެހިން މިހާ ޝަައުގު އޮތްކަމަކު މައްކާ މަދީނާގަ ހައްޖު ކޯޕަރޭޝަން ވާހަކަ ދައްކައިގެން އިމާރާތެއް ޚާއްސަ ކުރަންވީނުންތޯ، ދިވެހިންނަށް. އަގުހެޔޮކޮށް ދިވެހިންނަށް އަބަދުވެސް އުމްރާ އަށް ގޮސް ހެދޭގޮތަށް.
އަބްދުﷲ
09 October 2025
ބަލަގަ ޝަހީމު މިނިސްޓަރުކަމަށް މިފަހަރު އައުމުގެ ކުރިން ހިންގަމުންދިޔަ އުމްރާ ގްރޫޕް މިހާރު ކޮބައިތަ؟ ރަނގަޅަށް ވިއްޔާ ކޮންމެ ވެސް ތިމާގެ މީހެއްގެ ނަމަށް އޮންނާނީ ބަދަލު ކޮށްފަ. ބޮޑު ސޯބު އެނބުރެހެން ކުދި ސޯބުތައް ވެސް އެނބުރޭނީ. ނޫންތަ؟ ތިޔަ މިނިސްޓްރީގަ އުމްރާ ގްރޫޕް ހިންގާ މީހުންތައް ވެސް މިހާރު އެމީހުން ހިންގަމުން ދިޔަ ގްރޫޕް ތަކުގެ މަސްއޫލުވެރިކަމުން ނަންތައް ނަގައި ތިމާގެ މީހުންގެ ނަމަށް ބަދަލު ކުރަން ފަށާނެ.
ދިގަލި
09 October 2025
އެމީހުން ދެން އެހެން މީހުންގެ ނަމުގައި ހިންގަމުން ދާނެ އިނގޭތޯ. ތީ ދެން ވަރަށް މުހިއްމު ނިންމުމެއް.
ފޮނިޓައްޕުހަސަނު
09 October 2025
ޝަހީމު ހިންގި އުމްރާ ގްރޫޕޯ؟