ގައުމީ ޓީމު މާލޭގައި ކުޅޭ މެޗުތައް ޕްރޮމޯޓްކުރަން އެފްއޭއެމުން ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓުގައި ވަނީ ކުޑަކުދިންނަށް ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދީފަ.-- ފޮޓޯ: އެފްއޭއެމް
12 އޮކްޓޯބަރ 2025 - 10:56
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ތަޖިކިސްތާން މާލޭގައި ބައްދަލުކުރާ މެޗު ފޯރިގަދަކުރުމުގެ ގޮތުން "ފޯރީގައި ދަނޑަށް" ނަމުގައި ހާއްސަ އިވެންޓެއް އެފްއޭއެމުން އިއްޔެ ހަވީރު އާޓިފިޝަލް ބީޗުގައި ބާއްވައިފި އެވެ.
ކޮލިފައިންގައި ބާކީ ތިން މެޗު ވެސް އޮތީ ރާއްޖޭގަ އެވެ. ފުރަތަމަ މެޗުގައި ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހު ހަވީރު އެވެ. ފިލިޕީންސް މެޗު އޮތީ ނޮވެމްބަރުގަ އެވެ. އަދި އީސްޓް ޓިމޯއާ ދެކޮޅަށް ކުޅޭނީ މާޗު މަހު އެވެ.
ދުވަސްތަކަކަށް ފަހު ގަލޮޅު ދަނޑުގައި ގައުމީ ޓީމު މެޗު ޕްރޮމޯޓްކުރުމުގެ ގޮތުން އިއްޔެ ބޭއްވި އިވެންޓުގައި އެފްއޭއެމްގެ އިސްވެރިންނާއި، ގައުމީ ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުން ބައިވެރިވި އެވެ.
ގައުމީ ޓީމުގެ ކުޅުންތެރިން އޮޓޯގްރާފް ދިނުން ކުރިއަށް ދިޔަ އިވެންޓުގައި މިޑްފީލްޑަރު ނިހާޓް ކުޑަކުއްޖަކަށް އޮޓޯގްރާފް ދެނީ.-- ފޮޓޯ: އެފްއޭއެމް
ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ މި އިވެންޓުގައި، ކުޑަކުދިންގެ މެދުގައި މަގުބޫލު ރޯބޯޯ މޭންގެ ހަރަކާތްތަކާއި ބިދަބިން ބޮޑުބެރު ގުރޫޕްގެ ހަރަކާތްތައް ވެސް އޮތެވެ.
އަދި ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު ފޮޓޯ ނެގުމާއި އޮޓޯގްރާފް ނެގުން ވެސް ކުރިއަށް ދިޔަ އެވެ. އަދި ސާފް ޗެމްޕިއަންޝިޕް ޓްރޮފީ އާއި ސައުތު އޭޝިއަން ސުޕަ ކަޕް ޓްރޮފީއާއެކު ފޮޓޯ ނެގުން ވެސް އިއްޔެގެ މި ހާއްސަ އިވެންޓުގައި ކުރިއަށް ދިޔަ އެވެ.
ތަޖިކިސްތާން މެޗުގެ ޓިކެޓް ވެސް އިއްޔެގެ އިވެންޓުގައި ވަނީ ވިއްކައިފަ އެވެ. ގޮނޑިބަރިން ޓިކެޓެއް ވިއްކަނީ 100ރ. އަށެވެ. އަދި ސިޑިބަރީގެ އަގަކީ 50ރ. އެވެ.
މިއަދުން ފެށިގެން ޓިކެޓް ވިއްކާނީ ގަލޮޅު ދަނޑުގަ އެވެ.
އާދީއްތަ: 14:00 - 18:00 އަދި 20:00 - 22:00
ހޯމަ: 10:00 - 12:00، 14:00 - 18:00 އަދި 20:00 - 22:00
އަންގާރަ: 10:00 އިން ފެށިގެން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެލުންތެރިން
13 October 2025
ފުރަތަމަ މިހުނަށް ދަނޑަށް ވަދެވޭވަރު ކޮށްދީބަލް އެތަން އޮތީ ބޮލަށް ވެއްޓިފަ މިނިސްޓަރުންގެ ކާރ ޕާކިންގ އަކަށް ދަނޑު ބޭނުންކުރަނީ ސިޑިބަރިން އެއްފަޅި ބޭނުންނުކުރެވޭ
ހުސޭނު ބެއްޔާ
13 October 2025
މިތާ ކޮމެންޓްކޮށްފަ މިތިބީ ހުސް ޔޫރަޕްގެ ބޮޑެތި ލީގުތަކަށް ކުޅެފަ، ވޯލްޑް ކަޕްގަ ޓިކިޓަކާ ޖައްސާފަ ހުރި މީހުން ދޯ! އެހެންޏާ ފަހެ!
ރީތި ކުޅުމާއެކު ތަފާތު ޕްލެޔަރެއް ހުރީމަ
12 October 2025
ދެތިން ޕާސް ހަމަޔަށް ޖަހާނުލެވޭ ބަޔެއް ކުޅޭތަން ބަލަންދާނީ މޮޔައިން، އަޝްފާގަށް ފަހު ގަލޮޅު ދަނޑު ފުރުނީ، އަޝްފާގާއެކު އުންމީދުތަކެއް އޮތީމަ. ބޭސިކް ޕާސްކޮށް މޫވްކޮށްގެންވެސް ފުރުސަތު އުފެއްދޭ އެއްޗެއް ފުޓްބޯޅައކީ، ފުރަތަމަ ވެސް އަންނަ ޓީމްގެ ވަރުގަދަކަން ކިޔާދީފަ، ޑިފެންސްކުރަން މިކިޔަދެނީ. އެވެސް ވާނުވާގަ ބޯޅަފަހަތުން ދުވަން.
އިހްސާސް
12 October 2025
މެޗުއޮތް ދުވަހަކާ ވަގުތެއް އެބައޮތްތަ ލިޔެފަ؟ ނޭގުނީމަ އަހާލީ..
އަދި ކުޑަ އަގު
12 October 2025
50-100 ރުފިޔާ ދީފަ ބައިބަލާ ކުޅޭތަން ބަލާކަށް ނުވަންނާނަން. އަސްލު ފުޓުބޯލަ ކުޅުނުއިރު ތަނުގެ ހާލަތު ރަނގަޅުއިރު ފަސް ރުފިޔާ ދީފަ ވަދެ ބަލާލެވުނު
ނުވާނެ
12 October 2025
ވާންޗޯއިން ކުޅޭތަން ބަލަންދާނެތަ، ކޮންމެ މީހަކަށް ހީވަނީ 2،3 މީހުން ކެޓުވުނީމައޭ ކުޅުނު ކަމަށް ވަނީ. ކައިރީގަ މީހާ ހުއްޓަވެސް ޕްރެސަރު ފިލުވާލަން ނޭނގޭ އީޒީ ޕާހެއް ޖަހައިފަ. ފުރަތަމަ މި ގްރޫޕްތަކަށް ދަސްކޮށްދޭންވީ ޕްރެޝަރުގަ ހަމަޖެހިލައިގެން ބޯޅަ ގެންގުޅެން. އެޔަށް ފަހު ކިރިޔާވެސް މެޗެއް ވިން ކުރެވޭނީ.