12 އޮކްޓޯބަރ 2025 - 12:22
މާރާމާރީގެ ދެ މައްސަލައަކާ ގުޅިގެން މާލެއިން ހަ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ފުރަތަމަ މާރާމާރީ ހިންގީ، މައްޗަންގޮޅީގައި މި މަހުގެ 4 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު އެވެ. ޕާކްކޮށްފައިވާ ސައިކަލެއްގެ މަތީގައި އިން މީހަކަށް، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިން މައްސަލައިގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ؛
- ގއ. މާމެންދޫ، މޯރާ، ތޯއިފް ރަފީގު، 26
- ގދ. ރަތަފަންދޫ، ސަންރައިސް، އަމްސަލް އަބްދުﷲ 25
- ގދ. ރަތަފަންދޫ، ސަންރައިސް، އަމްސަލް އަބްދުﷲ 25
- ލ. ގަން، ތުނޑި، ރޯސްބަޑް، އަހުމަދު ނީޒާދު 29
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރޭ ހަތަރު މީހަކު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.
ދެ ވަނަ މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހު އިރުއޮއްސުނު ފަހުން، ސައިކަލެއްގައި ގޮސް ބޮޑުތަކުރުފާނު މަގު ޕޯސްޓު އޮފީސް ކައިރީގައި ހުރި މީހަކަށް ހަމަލާދިނުމުންނެވެ. އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ؛
- ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސެއިން، 22
- ލ. މާމެންދޫ، މުރިނގި، ރަޖުވާން ލަތީފް، 24
މާރާމާރީގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަސްފަހަތް
13 October 2025
މާރާމާރީ ހިންގާ ސަބަބު ހޯދައި މި ސަބަބު ބަޔާން ކޮށްލަ ދެވުދާނެތަ؟ ނޫސްތަކުން
އަތޮޅޭސް
12 October 2025
މީގެއިން ކޮންމެ މީހަކަ ފުލެޓެއް ދީ އަވަހަށް ހުޅުމާލެއިން.
ޖަނާހު
12 October 2025
މީ ހަމަ ހުސް މާލެ ކުދިން ދޯ
އަލާއުންދީން ދޮންތުއްތު
12 October 2025
ސަވައިދީބު ސަރަހައްދު ބައެއް. އެހެންވީމާ މައްސަލައެއްނެތް. ތިތާ މާލޭމީހަކު ހުރިނަމަތާ. މިހާރު މިތާ އޮންނާނީ އަލިފާން ހިފައިފާ.
ަރަށަށް
12 October 2025
ޑީޕޯޓް ކުރޭ.
ސުވަދިކާ
13 October 2025
އަމިއްލަ އަށް ކުރި ކަމެއް ދޯ، ވަކިވާން ދޫކޮށްލިނަމަ
ޢާދަނުބެ
12 October 2025
މާލެތެރޭގަ އުޅޭ ގޭންގުތައް މައިތިރި ކުރެވުނު ގޮތަކައް މައިތިރި ކުރޭ ކިހާދެރަވެއްޖެ ކަމެތް މަސްތުވާތަކެތިވެސް ސިނގިރޭޓުވެސް ވޭޕުވެސް ކުރިޔައްވުރެން ތިޔާގިވެއްޖެ މި ވާގޮތެއްނޭނގޭ މީވެސް ދެން އަޖައިބެއް ކަހަލަކަމެތް ސަހާދެއް
އަބްދުﷲ
12 October 2025
އަހަރުމެން އާއްމު ރައްޔިތު މީހުންނަށް ކުރެވޭނެ ކަމެއް ތިޔަކު ނޯންނާނެ. އަހަރުމެން މިދައުލަތް ހިންގަން ވޯޓުދީގެން ހޮވާފައިވާ މަގާމުތަކެއްގައި ތިބި ބަޔަކާއި، އަދި އިތުރުން ދައުލަތް ހިންގަން ވަޒީފާ ދެވިފައިވާ އެތަކެއް ހާސް ބަޔަކު ބޮޑެތި މުސާރަ ލިބިގެން ތިބޭ. ބޮޑެތި ކުށްކުރުމުގައި މިކުޑަ އާބާދީއެއް އޮންނަ ގައުމު މިއުޅެނީ 35 މިލިއަން އާބާދީގެ ސްރީލަންކާ އަށްވުރެން ހާސް ބައި ކުރީގައި.
ޑީިޑީި
12 October 2025
ހައްލަކީ ކުޑަސިޓީ.
ދޮހޮއްތުބެ
12 October 2025
ތިޔަފަދަ ކުދިންނައް ހަދާންވި ގޮތަކީ އެކުށެއް ކުރަނީ އެރަށުން ބޭރު ބަޔަކުނަމަ ކުއްކުރި ރަށައް ނޭރޭގޮތައް އެބަޔަކު ނިސްބަތްވާ ރަށަކައް ފޮނުވާލަންވީ