މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ފުލުހުންގެ ބައެއް އިސް އޮފިސަރުން.---ފޮޓޯ: ޕޮލިސް
30 ޑިސެމްބަރ 2025 - 12:12
ކުށްކުރާ ގުރޫޕެއް، ގާނޫނުގައި ބުނާ ފަދަ ގޭންގެއް ކަމަށް ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ އޮގަސްޓްމަހު ތަސްދީގޮށް އަމަލުކުރަން ފެށި، "ގޭންގު ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގައިވާ ގޮތުން، ކުށްކުރާ ގުރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކުގެ ތެރެއިން ފުރަތަމަ މަރުހަލާ އަކީ ފުލުހުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އެ މައްސަލަ ދިރާސާކުރެއްވުމަށް ފަހު، ފޮނުއްވަން ޖެހޭނީ އެ ގާނޫނުގައިވާ ގޮތުން ހައި ކޯޓަށެވެ. ކުށްކުރާ އެ ގްރޫޕަކީ، ގޭންގެއް ކަމަށް ކަނޑައަޅާނީ ހައި ކޯޓުންނެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ގޭންގް ކްރައިމް އެންފޯސްމެންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމް ވިދާޅުވީ ގޭންގެއް ކަމަށް ކަނޑައަޅަން ޕީޖީ އޮފީހަށް ފޮނުވި މައްސަލައާ ގުޅިގެން އެ އޮފީހުން ލަފާ ދިން ކަންތައްތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ގޭންގް ކްރައިމް އެންފޯސްމެންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމް މިއަދުގެ މީޑިއާ ބްރީފިންގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕޮލިސް
"ގޭންގެެއް ކަނޑައެޅުމަށްޓަކައި އެއް މައްސަލަ ވާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި. އެ މަސައްކަތުގައި ޕީޖީ އޮފީހުން އަޅުގަނޑުމެންނަށް ލަފާދީފައި ހުރި ކަންކަން މިހާރު މި ގެންދަނީ ކުރަމުން،" އިސްހާގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ އިތުރުން އަތޮޅު ތެރެއިން ވެސް ގޭންގެއް ކަމަށް ޝަރުތު ހަމަވާ ފަރާތްތަކަކީ ކޮބައިތޯ ފުލުހުން އަންނަނީ ބަލަމުންނެވެ.
އިސްހާގް ވިދާޅުވީ ގޭންގް ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން އެ ފަދަ ކުށްތައް މަދުވެފައިވާ ކަމަށެވެ.
"މި ގާނޫނު އައުމުގެ ކުރިން އަޅުގަނޑުމެންނަށް ފެނޭ މަގުމަތީގައި، ވަރަށް ނުރައްކާތެރި، އިންތިޒާމްވެގެން ކުށްކުރާ ގްރޫޕްތައް ހަރަކާތެރިވާތަން،" އިސްހާގު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑު މި ޕްރެސް ކޮންފަރެންސްގައި ފާހަގަކޮށްފައި އޮންނާނެ، މި އަހަރުގެ އޮގަސްޓްމަހުން ފެށިގެން ހުށަހެޅޭ މައްސަލަތަކާ އަޅުގަނޑުމެންގެ އޮޕަރޭޝަންސް ޓީމްތަކަށް ފާހަގަވާ އަޅުގަނޑުމެންގެ އިންޓެލިޖެންސް ޓީމްތަކަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު މިކަންކަން ވަރަށް މަދޭ، މި އަހަރު ކުރީކޮޅާ އަޅާބަލާއިރު މިއަހަރު ފަހުކޮޅު އަދި އިންތިހާއަށް މިކަންކަން މަދުވެފައި ވަނީ."
ކުށްކުރުން ހުއްޓުވަން އެ ގާނޫނުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެރީ ފަނީ
30 December 2025
ރައީސް ވިދާޅުވި ގޭންގް ތަކެއް ނެތޭ. ގޭންގް ޕްރޮފައިލް އަށް ފެތޭ ބައެއް ނެތޭ. ގޮޅިތަށް ހުރީ ހުހަށޭ. ވިޔަފާރިއޭ ކުރަނީ. ވިޔަފާރި ގޭންގެއްތަ. އޮޅިއްޖެ
ޢެޑްމުންޑޯ
30 December 2025
މަރުޙަބާ މަރުހަބާ! ރާއްޖޭގެ ގޭންގް އެއްގެ ލަގަބު ރަސްމީ ހައިސިއްޔަތުން ލިބިގެންދާ ފުރަތަމަ ގޭންގް އަށް ،
ކުލުނު
30 December 2025
މި ސަރުކާރުން ނުރަނގަޅު ކަންކަން ފެންނަފަދައިން ރަނގަޅުކަންކަންވެސް އެބަފެނޭ. ޢުމްރާނީ ތަރައްޤީއަށްވުރެ ބޮޑަށް ބޭނުމީ، ހިތްފަސޭހަކަމާ އަމާންކަމާއެކު ދިރިއުޅެވޭނެ މާހައުލެއް. އެއާ އެކު އަސާސީ ކަންކަން ފުރިހަމަވުން އެދެނީ. މިކަންކަމުގެ މައްޗަށް ތަނަވަސްކަން އިސްކުރާކަށް ބޭނުމެއް ނޫން.
ފެޓް
30 December 2025
ގޭންގެއް ކަމަށް ކަންޑަ އަޅައީ ނިމޭހިސާުބުން ހުރިހާ މީހުންގެ ހުރިހާ އެސެޓެއް ހިފަހައްތަން ވާނެ އަދި ބޭެންކް އެކައުންޓް ، ޑެބިޓް ، ކުރެޑިޓް ކާޑް ބޭނުން ނުކުރެވޭ ގޮތް ހަދަންވާނެ..
މިއައު
30 December 2025
ގޭންގުތަކަށް ސަރުކާރުގެ ރަސްމީ ކުޅުވަރު މުބާރާތްތަކުގަ ބައިވެރިވެވޭތޯ؟ ހަމަ އަހާލަނީ
ރާވެރިބެ
30 December 2025
ޒުވާނުންގެ ގްރޫޕްތަކަށް ގޭންގޭ ނުކިޔާށޭ. އެހެން ކިޔާ ނަމަ އެމީހުން ކުރި ނުވަތަ ކުރާ ޖިނާއި ކުށްތަށް ބުނެދެެއްވާ
އަހުމަދުބޭ
30 December 2025
މިކަންވެސް މިވީ ބޮޑު ޖޯކަކަށް، ހައިކޯޓުން ގޭންގެއްކަމަށް ނިންމުމުން ގާނޫނީ ގޮތުން ގޭންގްގެ ލަގަބް މިލިބެނީ، ދެންއޮތީ ގޭންގްގުގެ ލަގަބު، ލިބުމުން ގާނޫނުނީ ގޮތުން ކަންކަން ދާގޮތްބެލުން، ކިހިނެތްތޯ މިހައިދިގު ޕޮރޮސީޖައި ހަދައިގެން ކުއްކުރުން ހުއްޓުވާނީ، ރަގަނޅު މުޖުތަމައުއެއް ބިނާކުރާނީ، މިކަންކަން މިހެން ހުރުމުން ހުރިހައި ގެއްލުމެއް މިލިބެނީ ކުށުގެ ވެށިން އެކަހެރިކޮއް އުޅެމުންދާ ރައްޔިތުންނަށް، މިރައްޔިތުންގެ އިންސާނީ ހައްގެއްނެތް،
އޮޗޯ ބުރު
30 December 2025
މި އުޅޭ ނަން ކިޔާ ގޭންގެއްގައި އަތްލާކަށް ފުލުހުންނަށް ނުކުރޭ. ކޮންމެވެސް ނަމެއްގައި ކަމެއް ކުރީމޭ ބުނަން ކުޑަ ގުރޫޕެއް ފަހާ ދުވަނީ. ބަލަން ތިބޭތި. ތީ މިކަން ވާނެ ގޮތް.
އަލިފާންފޮށީ
30 December 2025
ބައްލަވާ..... ރައީސް ވިދާޅުވެފަ އެއްނޫންތޯ އޮތީ، ރާއްޖޭގަ އެއްވެސް ގޭންގެއް ނެތޭ، އެކުދިން މިހާރު ތިބީ ރަގަޅު ވަޒީފާތަކުގައޭ. ދެން ފުލުހުން މިއުޅެނީ ކޭކުރަންތާ؟
ޢަލިމަސް
30 December 2025
މީހެއް ތަކުރާރުކޮށް 100 އަށް ވުރެއް ގިނައިން ވައްކަންކޮށްގެން ވެސް ފިޔަވަޅެއް އަޅަން ނޭނގުނި ބަޔަކަށް ކޮން ފިޔަވަޅެއްތޯ ގޭންގަށް އެޅެނީ.