ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: އެންއައިސީއަށް ހަތަރު މެމްބަރަކު އައްޔަންކުރަން ވަނީ ފާސްކޮށްފައި --- ފޮޓޯ/މަޖިލިސް
13 އޮކްޓޯބަރ 2025 - 13:56
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް ހަތަރު ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެންއައިސީއަށް ހަތަރު މެމްބަރަކު އަައްޔަންކުރަން ނިންމީ މިހާރު އެ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމާއި އިތުރު ތިން މެމްބަރެއްގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ އެވެ.
އެ މަގާމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމުތަކަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް ދަފްތަރު ނަމްބަރު 1854 ޝިފާޒް އަލީ އާއި ދަފްތަރު ނަމްބަރު 1188 ޝުއައިބު އަބްދުއްރަހްމާނާއި ދަފްތަރު ނަމްބަރު 1851 އަލީ މުހައްމަދު މަނިކެވެ.
އޭގެ ތެރެއިން ޝުއައިބަކީ މިހާރު ވެސް އެންއައިސީގެ މެމްބަރެކެވެ.
އެންއައިސީއަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަނަކީ ފުލުހުންނާއި ކަސްޓަމްސް ފަދަ މުއައްސަސާތަކާ ގުޅޭ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވާ ކޮމިޝަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވިލިއަމް
13 October 2025
ދަފްތަރު ކޮމިޝަން ކިޔަންވީނު
ނަސްސޫ
13 October 2025
ފާތުމަތު ޝަރީފަކީ އެމްޑީޕީގެ ސްލޮޓެއްގައި ސިވިލް ސާވިސް ކޮމިޝަނަށް އައްޔަންކޮށް އެތައް ޖަރީމާއެއް ހިންގާފައި ހުރި މީހެއް. އެކޮޅުން މެމްބަރުކަން ހަމަވީމަ މިހާރު ޕީއެންސީ ސްލޮޓެއްގަ އެންއައިސީ އަށް. އެއްވެސް އިންޓެގްރިޓީ އެެއްނެތް މީހަކު އެހެންމީހުންގެ އިންޓެގްރިޓީ ބަލަން އައްޔަން ކުރުމުން އަންގައިދެނީ ގައުމުގެ ހާލަތު އޮތްގޮތް.
ކޮރަލް
13 October 2025
އޭގެ ތެރެއިން ޝުއައިބަކީ މިހާރު ވެސް އެންއައިސީގެ މެމްބަރެކެވެ. ރުގްޔާ ކުރާ މީހެކެވެ. މީޓިންގް އަށް މީހުން ހަމަ ނުވެގެން ބަލާލާއިރު އެކަމުގަ ބިޒީ ވެފަ އެވެ. ދެވަނަ ދައުރަކަށް ބަލާ އިރު ޕާފޯމަންސް އަށް ބަލަން ޖެހެ އެވެ. އެކަމު ބަލަނީ ރިކަމެންޑޭޝަން އަށެވެ.
ޞަލާމް
13 October 2025
، ދަފްތަރު އިނދެފަ ރަށުގެ އެޑްރެސް ވެސް ލިޔާގޮތަށް ހަދާބަލަ