އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު. -- ފޮޓޯ: އޭއެފްޕީ
13 އޮކްޓޯބަރ 2025 - 23:19
މިސްރުގެ ޝަރުމުއްޝައިޚްގައި ބާއްވާ ޣައްޒާގެ ސުލްހައިގެ ސަމިޓުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިވެރިވާން އެއްބަސްކުރުވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރެއްވި ނަމަވެސް ސަމިޓުގެ އެހެން ލީޑަރުން އެކަމާ ދެކޮޅުހަދައި ނަތަންޔާހޫ ސަމިޓުން ބޭރުކޮށްފި އެވެ.
އޭއެފްޕީއާ ވާހަކަ ދެއްކި ތިން އޮފިޝަލަކު ބުނި ގޮތުގައި ނަތަންޔާހޫ ސަމިޓަށް ދާން ނިންމީ ޓްރަމްޕުގެ އިތުރުން މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވެސް އެކަމަށް ނަތަންޔާހޫގެ ކިބައިން އެދުމުންނެވެ. އެކަމަކު އެހެން ބައެއް ލީޑަރުން އެކަމާ ދެކޮޅު ހެއްދެވީ ކަމަށާއި އެހެންވެ ސަމިޓުގައި ބައިވެރިވާން ފަހު ވަގުތު ނިންމި ނިންމުން ވެސް ކެންސަލްކުރީ ކަމަށް އޮފިޝަލުން ބުންޏެވެ.
ނަތަންޔާހޫ ސަމިޓަށް ދިޔަ ނަމަ، އިޒްރޭލަކީ ދައުލަތެއް ކަމަށް ބަލައިނުގަންނަ އަރަބި އިސްލާމީ އެތައް ގައުމެއްގެ ލީޑަރުންނާ އެއްތަންވާނެ އެވެ.
ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާ ލީޑަރުންގެ ތެރެއިން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އާއި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް އަކީ އިޒްރޭލުން ޣައްޒާގައި ހިންގަމުން ދިޔައީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ފާޅުގައި ވަރަށް ހަރުކަށިކަމާ އެކު ވިދާޅުވަމުން ގެންދެވި ބޭފުޅުންނެވެ.
އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިއާ އަލް ސުދާނީގެ އެޑްވައިޒަރަކު އޭއެފްޕީ އަށް ވިދާޅުވީ ނަތަންޔާހޫ ބައިވެރިވާ ނަމަ އިރާގުގެ ވަފުދުން ސަމިޓް ބޮއިކޮޓް ކުރަން ނިންމައިގެން ތިބި ކަމަށެވެ.
"އިރާގުގެ ވަފުދުން ވަނީ ނަތަންޔާހޫ ބައިވެރިވާ ނަމަ ސަމިޓުގައި ބައިވެރިވާން ޝައުގުވެރިނުވާ ކަމަށް މިސްރަށް އަންގާފައި،" އެޑްވައިޒަރު އަލީ އަލް މައުސާވީ ވިދާޅުވި އެވެ.
ނަން ހާމަ ނުކުރަން ޝަރުތުކޮށް ތުރުކީގެ ޑިޕްލޮމެޓިކް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ނަތަންޔާހޫ ބައިވެރިނުވާ ގޮތަށް ހެދީ ރައީސް އުރުދުޣާންގެ އިސްނެންގެވުމާ އެކު ތުރުކީގެ ޑިޕްލޮމެޓިކް މަސައްކަތުން އަދި އެހެން ލީޑަރުންގެ އެހީތެރިކަމާ އެކު ކުރި މަސައްކަތުން ކަމަށެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަތަންޔާހޫ ސަމިޓަށް އަންނަން ނިންމިކަން އުރުދުޣާން އަށް އެނގިވަޑައިގަތީ މަތިންދާބޯޓު ރަތް ކަނޑުގެ އައްސޭރިފަށާ ހިސާބަށް އައި ފަހުންނެވެ. އެ ހިސާބުން ފެށިގެން ނަތަންޔާހޫ އެއްފަރާތް ކުރުމުގެ މަސައްކަތް ފެށި ކަމަށާއި އޭނާ ބައިވެރިނުވާނެކަން ކަށަވަރުވަންދެން އުރުދުޣާންގެ މަތިންދާބޯޓު ނުޖައްސައި އެ އޮތް ހިސާބުގައި ބުރުޖަހަން އޮތީ ކަމަށް ބުނެފައިވެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެހެން ޑިޕްލޮމެޓިކް އޮފިޝަލަކު ބުނި ގޮތުގައި ނަތަންޔާހޫ ބައިވެރިވާން ނިންމުމުން ގިނަ ގައުމުތަކުން "ހާސްވެ" އެކަމާ ދެކޮޅުހެދި އެވެ.
ހާއްސަކޮށް، ސަމިޓުގައި އޭނާއާ އެކު ފޮޓޯ ނަގަން ގިނަ ބަޔަކު ބޭނުން ނުވުމުން ނިންމުން ބަދަލުވީ ކަމަށް ވެސް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްމާލި
14 October 2025
މިއީ މާ އުފާވެރި ހަބަރެއް ނޫން. ތިޔަ ދެކޮޅު ހެދުންތަކަކީ ހަމައެކަނި އަހަރެމެންގެ ލޮލުގައި އަޅުވާ އަނދުނެއް. އަހަރެމެން ކުރިމަތީ އެއްތަނަކުން ފެންނަން ބޭނުން ނުވީ. އެކަމު ތި "އަރަބި" ލީޑަރުންތަކަކީ އިޒްރޭލަށް މިހާރުވެސް އެހީތެރިވަމުންދާ ގައުމުތައް. ކިރިޔާވެސް އެއްޗެއް ބުނެވެން އޮތީ ސްޕެއިން އަށް. އެމީހުން އެބަ ކަމެއް ކުރޭ.
ހފހފހފހފ
14 October 2025
ލަދެއްވެސް ނުގަނެއޭ މިކަލޭގެ ހެވިފަ އެތައްބަޔަކު މަރާފަ ސަމިޓަށް ދާން. ބޮޑު މިސީބާތެއްތިއީ އިންސާނިއްޔަތަށް. ހަޑިހުތުރު ނުބައި ނުލަފާ ވޭންދެނިވި މަރަކުން ތިކަލޭގެ މަރުހިއްޕެވުން އެދި ދުއާކުރަން. އާމީން
ނަފުލާ
14 October 2025
އާމީން
ލޯގާލް
13 October 2025
ސީސީ އަކީ އިޒްރޭލުގެ އެޖެންޓެެއް. ފުލޮޓިއްލާގެ ބައިވެރިންގެތެރެއިން ބަޔަކު އެއްގަމުމަގުން ރަފާބޯޑަރުތެރެއިންލާފައި އެހީވެއްދުން މަނާކުރީ ސީސީގެ ސިފައިން. ކޮބާ މިސުރު ރައްޔިތުން؟ މިސްރަށް "ބަހާރު މޫސުން" ގެނައުމަށް މިސުރުރައްޔިތުންނަށް އިއްޔެއާހަމައަށް ބަރާބަރު 2 އަހަރުގެ ފަހިފުރުސަތެއް ލިބުނު. އެކަމަކު އެފުރުސަތު އެމީހުން ނަގާލީ. ކޮންކަހަލަ ބައެއް؟
ޔަހުޔާބެ
13 October 2025
ކުރިންވެސް މަ ބުނިން ތީ ކުޅޭ ކުޅިގަނޑެކޭ.