އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
14 އޮކްޓޯބަރ 2025 - 10:04
ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ އަމަލީ މަސައްކަތް އަދި ނުފެށި އޮތް ނަމަވެސް އެ ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުަހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކަކީ ރައްޔިތުން އެކައުންޓް ހުޅުވައިގެން ދުވަހުން ދުވަހަށް ހިދުމަތް ހޯދާ ކަހަލަ ބޭންކެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ގާއިމްކުރި ވަރަށް މުހިއްމު ނިޒާމެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންދާޒާކުރި ގޮތަށް ކުރިއަށް އެބަދޭ، ވަރަށް ބާރު ސްޕީޑުގައި އެބަދޭ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސްް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނު އިރު ރާއްޖޭގައި ވަރަށް ބޮޑު ދަރަންޏެއް އޮތް ކަމަށާއި އެހެންވެ ވަރަށް ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭރުގައި ރާއްޖޭގެ ރޭޓިން އޮތް ހިސާބަށް ބަލާ އިރު މިހާރު ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ޑިވެލޮޕްމެންޓް ބޭންކު އޮޕަރޭޝަނަލައިޒް ވެގެން ދާނެ،" ސައީދު ވިދާޅުވި އެވެ.
ސަރުކާރުން ޑީބީއެމް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
އޭގެ ފަހުން މިދިޔަ ޖެނުއަރީ މަހު ސައީދު ވިދާޅުވީ އެ ބޭންކުގެ މަސައްކަތް ތިން މަރުހަލާއަަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކަމަށެެވެ.
އޭނާ އޭރު ވިދާޅުވީ، އިންސްޓިޓިއުޝަނަލް ސެޓަޕްގެ މަސައްކަތްތަކުގެ އިތުރުން ބިޒްނަސް މޮޑެލް އެކުލަވައިލުމާއި ޑިވެލޮޕްމެންޓް ބޭންކުގެ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށެވެ. އެ މަސައްކަތްތައް މި އަހަރުގެ ދެވަނަ ކުއާޓާ އަށް ނިންމައިލެވޭނެ ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވި އެވެ.
ސައީދު އެ ދުވަސްވަރު ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކުގެ އޮފީސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި އިރު، އިދާރީ ގޮތުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ބޭންކުގެ ސިޔާސަތުތައް އެކުލަވައިލުމުގެ އިތުރުން ފަންޑިން ސްޓްރެޓެޖީތައް ދެނެގަތުމާއި ބޭރުގެ އިދާރާތަކަށް މައުލޫމާތުތައް ދިނުން ވެސް ކުރިއަށް ގެންދާ ކަމަށާއި ޕްރޮޖެކްޓުތަކުގެ ޕައިޕްލައިން ވެސް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭރު ވިދާޅުވި އެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ މޭ މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިލްމާ ޒާހިރު
14 October 2025
“އަންނަނީ. ވަރަށް އަވަހަށް ހުޅުވާނެ. ބަންކަރިން އިން އަހަރަކު 400 މިލިޔަން ޑޮލަރު ލިބޭނެ” 1 އަހަރު ފަހުން ބަންކަރިން އިން ލިބުނީ 12 މިލިޔަން. އެއީ ބުނި ޢަދަދުގެ އެންމެ %3 ފައިސާ. ޓޫރިޒަމުން ލިބޭހާ ޑޮލަރު ބޮޑުން ދަތުރުކުރަން ތަޅާ ބުރުއްސަނީ. ޤައުމު އޮންނަނީ އަދުތޯ މާދަންތޯ ވެފަ. ދަރަނިން ފެންވަރައިގެން ބޯ ނުހިއްކާ.
ބީއެމްއެއްސީއީއޯ
14 October 2025
އެންމެ ފަހުން މިކަން ނިމޭއިރު ޑިވެލޮޕްމަންޓް ބޭންކް ވާނީ ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުންޏަކަށް، އެތާގަ ހުޅުވާނީ ބީއެމްއެލްގެ ޔުއާން އަދި ރުޕީސް އޭޓީއެމް. ގައުމުގެ ކްރެޑިޓް ރޭޓިންގ ރަގަޅުނުކޮށް ބޭރުގެ އިދާރާތަކުން ދީފަހުރި ރިކަމެންޑޭޝަނަށް ކަންކަން ނުކޮށް އިންވެސްޓަރުން ނުގެނެވޭނެ. މި ބޭންކަށް އިންވެސްޓްކުރާނެ ބަޔަކުވެސް ނުވާނެ. ސިގްނަލް ބަލަން ބޭނުމީއާ ނެޓްފްލިކްސްގަ އެބަ އޮތް ކޮރެއަން ސީރީސްއެއް
ތެފައާސާ.
14 October 2025
ޑީބީއެމް ކަންކަން ނުވެގެން އުޅެނީ ޑީބީއެމް އަކީ ބޭންކެއް ވީމައޭ. ޑީބީއެމް އޭޓީއެމް އަކަށް ބަދަލުކޮށްލަބަލަ، މިހާރުވެސް ރައީސް ވަޑައިގެން ރިބަން ކަނޑައި ވަގުތުން ހުޅުވައި ފައްޓައިގަނެވޭނެ. ބޭންކު އެޅޭނީ ބޭންކު އެޅޭވަރު މީހުންނަށް. އޭޓީއެމް އެޅޭވަރު މީހުން ރަނގަޅުވާނީ އޭޓީއެމްއާއިގެން އުޅުނިއްޔާ. ކަކުނި ހޮރުކޮންނަ މިސާލުބަހެއް އޮވެއެއްނު ދޯ؟
ހާސަރު
14 October 2025
މިއީ ދުނިޔޭގައިވެސް މިގޮތަށް ހުޅުވި ފުރަތަމަ ބޭންކް.! ބޭންކް ހުޅުވިއިރު ކެޕިޓަލެއް ފަރުނީޗަރެއް ނެތި ބިލްޑިންގްގެ ބޭރުގައި ބޮޑު ބޯޑެއްޖެހީ ދެން މަތީ މަގާމަށް މީހަކުލީކަމަށް ވަނީ އޭނަވެސް މިހާރު ހިގައްޖެ! ފިހާރަހެއް މުދާނުލާ ހުޅުވުން ކަހަލަކަމެއް މިއީ!!!! ހެހެހެހެހެ
މަ ބުނީ
14 October 2025
މިވެރިކަމުގަ އަދި ސައީދު ކުރި ކަމެއްވެސް، ބުނި ކަމެއްވެސް ރަގަޅެއްނުވޭ. ހުސް މޮޅުވާހަަކަ ދެއްކުމުގަ ދައުރެއް ނިމެނީ
ވަޒީރު
14 October 2025
މަޖިލީހުގައި ވަޒީރު ދެއްކެވީ ޖަވާބަކަށްވުރެ ބޮޑަށް ޒުވާބަކާ ވައްތަރު ވާހަކަތަކެވެ. މެމްބަރުން ކުރި ސުވާލުތަކަށް ޖެއްސުންކުރައްވާ އެމްޑީޕީގެ އެވެނި މިވެނި ކަމެއް ފަރަށް އަރާފައޭ ކިޔާ ޒުވާބު ދެއްވީ މެމްބަރަކު ކުރެއްވި ހަމަ ރަނގަޅު ސުވާލުތަކަށެވެ. ގާނޫނު އަސާސީގެ 81 ވަނަ މާއްދާއިން މިގޮތަށް ވަޒީރުންނާ ކުރާ ސުވާލަށް ޒުވާބު ދެއްވަންޏާ ގައުމު މި ދާ މިސްރާބު ސާފެވެ. ދައްކަވާ މިސާލުވެސް ސާފެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
ޛސޖސޖ
14 October 2025
ޕޭޕަލް؟
ކޮމޮޑަސް
14 October 2025
ތިޔަ ބޭންކެއްވެސް ތިޔަ ދިޔައީ ބަންކަރިންގ އަދި ޕޭޕަލް ދިޔަ މަގުންނެވެ.
ސަސި
14 October 2025
ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމުގެ ފެހި ސިގްނަލް ދެއްވި ކަމަށް ޓަކައި ޝުކުރިއްޔާ
ފޫހި
14 October 2025
ސައީދޫ ހާދަ ބަނކަރިންނޭދޯ ..........ބަނކަރިން ގެ ހިދުމަތް ހޯދާ ބޯޓުފަހަރާހެދި މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެހެން އުޅާދެއްދުއްވާނުލެވޭ އުޅަދުފަހަރު މުޑިއަރާވަރުން......