އައްޑޫ މީދޫ. މިހާރު/ފައިލް ފޮޓޯ
14 އޮކްޓޯބަރ 2025 - 16:03
އައްޑޫ މީދޫގެ ބޮޑު ބިމެއް، ގާނޫނާ ހިލާފަށް، އެއްބަސްވުމެއް ވެސް ނެތި އަމިއްލަ މީހަކަށް ދޫކޮށްލި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މައްސަަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން މަޖިލީހުގެ ލާމަޒުކަޒީ ކޮމިޓީއަށް މިއަދު ހުށަހެޅުއްްވި މައްސަލައިގައި ތުހުމަތުކުރެއްވި ގޮތުގައި ސަންވިލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް އައްޑޫ މީދޫ ޓޫރިޒަމް ޒޯނުން 17،000 އަކަފޫޓުގެ ބިމެއް ދޫކުރީ އާއްމުކޮށް އިއުލާނުކުރުމެއް ނެތި އެވެ.
އެ ކުންފުންޏާ ހަވާލުކުރީ ހަމަ އެ ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތު އޮންނަ އެެހެން ދެ ކުންފުންޏެއް ހިމެނޭހެން ތިން ކުންފުންޏަކަށް ދޫކޮށްފައިވާ ތިން ސްލޮޓެއް އެެއްކޮށްލައި އެއް ބިމެއްގެ ގޮތުގައި ކަމަށް ވެސް ކޮމިޓީއަަށް ހުށަހެޅުއްވި މައްސަލައިގައި އަބްދުއްރަހުމާނު ތުުހުމަތުކުރެއްވި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި އާއްމުކޮށް ހުޅުވާނުލައި ސަން ވިލް އަށް 17،000 އަކަފޫޓުގެ ބިމެއް ދޭން ސިޓީކައުންސިލުން އެއްބަސްވުން ހެދުމަށް ފަހު އެ ކުންފުންޏާ ހަވާލުކުރީ އަދި އެއަށް ވުރެ ވެސް ބޮޑު ބިމެކެވެ.
"...ޕްލޮޓް ނަންބަރު ސީ4، ސީ5، ބީ1 އެއްކޮށްލައިގެން އެއް ސްލޮޓެއް ގޮތަށް ހަދައި އަލުން ސަންވިލް ޕްރައިވެޓް ލިމިޓެޑަށް ދިން ނަމަވެސް ޖުމްލަ ސައިޒް 17،000 އަކަފޫޓަށް ވުރެ ބޮޑުނުވާނެ. ނަމަވެސް ސާވޭކޮށް ސަންވިލް އަށް ބިން ހަވާލުކުރި އިރު، ޖުމްލަ 64،583 އަކަފޫޓު ނުވަތަ 6،000 އަކަމީޓަރުގެ ބިން، އައްޑޫ ސިޓީ ކައުންސިލުން ވަނީ އެއްވެސް އިއުލާނުކުރުމެއް ނެތި ދީފައި،" އަބްދުއްރަހުމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ބިމެއްގެ ގޮތުގައި ފަހުން ދޫކުރި ތިން ބިން ފުރަތަމަ ދޫކުރީ ސަންވިލްގެ އިތުރުން ރެއިން ޕްރައިވެޓް ލިމިޓެޑް ނަމަކަަށް ކިޔާ ކުންފުންޏަކާއި ފެހިމޫ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް ނަަމަކަށް ކިޔާ ފުންޏަކަށެވެ.
"މި ތިން ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ އެއްބައެއް. ބައެއް ކުންފުނީގެ ހިއްސާދާރުންގެ އަނބިން ތިބި ކަމުގައި ވިޔަސް މި ތިން ކުންފުންޏަކީ ވެސް ތިން ހިއްސާދާރުން ހަގީގީ ހިއްސާދާރުން، ހަގީގީ ހިއްސާދާރުންގެ ގޮތުގައި ތިބޭ ތިން ކުންފުނި،" ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި އަބްދުއްރަހުމާން ވިދާޅުވި އެވެ.
އޭގެ ތެރެއިން ސަންވިލް ކުންފުނީގެ އެއް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ އައްޑޫ ސިޓީކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިމާދު ސޯލިހާ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ތިން ކުންޏަށް ފުރަތަމަ ދޫކުރި ތިން ބިން ވަކިކުރީ އަބްދުއްރަހުމާން ވިދާޅުވި ގޮތުގައި ބިން ހަވާލުކުރި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކޮށްގެންނެވެ.
"އެެހެންކަމުން ސިޓީ ކައުންސިލުން ރަސްމީ ވަޒީފާގައި އެސްޖީއަށް ލިބިފައިވާ ނަހަމަ ގޮތުގައި ބޭނުންކޮށް، މޭޔަރު އަލީ ނިޒާރާ ގުޅިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެސްޖީގެ އާއިލީ މަސްލަހަތު ހިމެނޭ ކުންޏަކަށް ގަވާއިދާ ހިލާފަށް މީދޫ ޓޫރިޒަމް ޒޯނުގެ ބޮޑު ސަރަހައްދެއް މިވަނީ 50 އަހަރުގެ މުއްދަތަށް ދީފައި،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހުމާނު ވިދާޅުވި ގޮތުގައި އެ މައްސަލަ އޭނާ ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ވެސް ހުށަހަޅުއްވައިފަ އެވެ. އެހެން ނަމަވެސް އެތަންތަނުން ހައްލެއް ލިބޭނެ ކަމަށް އުއްމީދުނުކުރައްވާ ކަމަށާއި ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަބްދުއްލަޠީފު
15 October 2025
ތިއުޅެނީ އައްޑޫސިޓީގެ އިހުތިސާސުން ފޭދޫ އަދި ހުޅުމީދޫ ވަކިވާން ވެގެން މަގު ކޮށަން. ކޮރަޕްޝަން މައްސަލަ ކީއްވެބާ އެކަން އެގޮތައް ކުރުމުން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށް ނުގެންދިޔައީ ؟؟؟؟
ގަޓަރި
15 October 2025
އިމާދުވެސް މިވައްތަރު ވަނީތަ. ޕިސް ޕިސް
ހަމަދު ސަލީމް
15 October 2025
އަހަރެމެން މާލޭމީހުން ކުޑަކުދިންގޮވައިގެން ހަވީރު ކުޅެލަން، ރޭގަނޑު ފިނިކޮއްލަން ނުކުންނަ ރަސްފަންނު ދެކުނުކޮޅުގަ އައިޖީއެމްއެޗް ކައިރީގަ އޮންނަ ހުސްބިންކޮޅުވެސް މީހަކަށް ކުއްޔަށްދީގެން ބޮޑު އިމާރާތެއް އަޅަންއުޅޭ ވާހަކަވެސް އަޑުއެހިން. މިގޮތައް މާލޭގަ ހުންނަ ހުސްތަންކޮޅުތައް ފުރާލީމަ މާލޭ މީހުން ނުކުމެލާނެ ތަންކޮޅެއްވެސް ނޯންނާނެ. މީ ސިޓީކައުންސިލުންކުރާ ވަރަށް ދެރަކަމެއް.
އަޅިމާ
15 October 2025
އައްޑޫ އެންމެން އުޅެނީ މާލޭގަ. ވިޔަފާރިތަކާ ބިންތައް ޒަމާނުން ސުރެ އޮވޭ. މާލޭ މަދު ރައްޔިތުންނަށް ވުރެ އައްޑޫ މީހުން މާލެއަށް ގަދަވެފައި ބާރު އޮންނާނެ. އަދި އެމީހުން މިތާތިބޭނީވެސް. މާނައަކީ އައްޑޫ އޮންނާނީ ބޮޑުކޮށް ފަޅަށް. ތިބިންތައް ނަގާނީވެސް މިބުނާމީހުން ހަމަ އައްޑޫގެ ރައްޔިތުން. ފަޅަށް ބޮޑެތި ތަން ތަން ބޭވުމަށް ވުރެ ރަގަޅުވާނެ ދިނީމަ. ރަށުގަ އުޅޭ މަދު މީހުން ކޮޅަށް ފައިދާވާނީވެސް
ކޮޅުކެހި
15 October 2025
އެމްޕީ ބިން ހޯދަން ބެލިއިރު މާކުރިން ބިޑުކޮށްގެން ބިންތައްދީފަ ހުރީ އެމްޕީ އައްލިބުނީ ސަޕްރިޒެއް. އެމްޕީ އުޅުނީ އެހެން ކޮމިއުނިޓީއެއްގަ. ވީމާ ޓުއްރިޒަމްގެ ކަމެއްހިގާކަން އެމްޕީއައްނޭގުނު. މިފަހަރު ވަރައްދެރަކޮށްދިމާވީ ދޯ މިހެންވެސްވާނެ. ހިއްވަރުކޮއްލާ ދެންބިޑުކުރާއިރު ޑޮކިއުމެނެޓް ހަމަކުރަންފަށާ އިދި ލިޞެނެ.
ކަރަބުލާކި
14 October 2025
ހުޅުމީދޫއަކީ ތިޔާ ނިއުޔޯކުސިޓީ ނޫންކަން އެބައެނގޭ ތިރަށުގެ ޗާޓު ބެލީމާ. ތިޔާ ރާއްޖޭ އެންމެބޮޑު އެއްރަށް، ރަށުގައި އުޅެނީ ހާހެއްހާ މީހުން، ވިޔަފާރިކުރަން ބޭނުން ކޮންމެ މީހަކަށް 1 ލައްކަ އަކަފޫޓު ދިނަސް ބާކީވާވަރަށް ބިން އެބައޮތް ތިރަށުގައި. މާލޭ ހެދިގެން އަކަފޫޓޭކިޔާގެން އެއްބަޔަކު އަނެއްބަޔަކު ޒުވާބުކުރުމާ ދުރުހެލިވާންޖެހޭ.
ފާގި
15 October 2025
މިއީ ތަން އޮތްވަރު ނޭނގިގެން ކުރާކަމެއް ނޫން. މިއީ ކޮރަޕްޝަން ހުއްޓުވަން ކުރާ ކަންތައް. އެކަމަކު މައްސަލައަކީ މިހުރިހާ އެންމެނަކީ ކޮރަޕްޓް މީހުން
އެސްއެމް
14 October 2025
މީދޫއިން ދަނޑުގޮވާން ކުރަން މީގެ އަހަރުތަކެއްކުރިން ދޫކޮށްފައިވާ ބިންތަކުގެ އެގްރިމެންޓްގެ މުއްދަތު ހަމަވިތާ ދެއަހަރު ވެއްޖެ. އެހެނަސް އެގްރިމެންޓް އާކުރުމެއްނެތި އަދި ބިމަށްދައްކަންޖެހޭ ކުލިވެސް ނުދައްކާތިބެ އެބިމުން ނާޖާއިޒް ގޮތުން ގިނަގުނަ ފައިދާތައް ދަނީ ނަގަމުން. މިވެސް ތަޙުގީގު ކުރަންޖެހޭ ކަމެއް.
ރަދީފްއޮފިޝަލް / އިސްމާއިލް ހުރާގެ ދެކުނު ފަރާތުން
14 October 2025
މީދޫ އެއީ ބިންބޮޑު ރަށެއް.މީހުން ނޫޅޭ ހިސާބު އެއީ ޖަންގަލީ ހެދިފަ އޮތް ބޮޑު ސަރަހައްދެއް.އަންނަން އޮތް ޖީލުތަކުގެ ވެސް ހައްގެއް ބިމަކީ.އެހެންވީމަ ހެޔޮ ނިޔަތުގަ އިންސާފުވެރިކަމާއިއެކީގަ ނޫން ގޮތަކަށް އެއްވެސް ބަޔަކަށް ބިން ފީސަބީލިއްލާހިއަށް ބަހައިގެން ވާނެކަމަށް ނުދެކެން.މިކަމުގަ ގޯހެއް އޮތް ނަމަ އައްޑޫ ސިޓީ ކައުންސިލުން ޖަވާބުދާރީވެ ކަން ހިނގިގޮތް ރައްޔަތުންނަށް ސާފްކޮށް ބުނެދޭން ޖެހޭ.ވ.ވެދުން
އައްދުއް
14 October 2025
އެމްޕީ ވެސް މީގެ ބިމެއް ލިބޭތޯ އުޅެގެން ނުލިބުނީތަ؟
އޮނަރަބްލް އަފީފު ދީދީ
14 October 2025
ރައީސްގެ ޤަރާރަކުން 8 އޮކްޓޯބަރ 2010 ގައި އައްޑޫގައި ނެގި ވޯޓުން އައްޑޫ މެޖޯރިޓީ ރައްޔިތުން އައްޑޫ ހިންގާން ބޭނުންވަނީ ސިޓީއެއްގެ ގޮތަށް ކަމަށް ކަޑައަޅާ، ލާމަރުކަޒީ ޤާނޫނުގެދަށުން ބާރުލިބިގެން ސިޓީއެއްގެ ގޮތުގަައި އައްޑޫ ހިންގަމުންދާތާ 17 އަހަރު ވެފައި ވަނިކޮށް "މާލޭސަރުކާރުން ބޭނުން ވެގެން" އައްޑޫމީހުނަށް ކުރިންއެންގުމެއް ބުނުމެއްނެތި، ކުއްލިގޮތަކަށް ނަގާންއުޅޭ ވޯޓާއިދެކޮޅުކަން ފޭދޫމެންބަރާއި ރައްޔިތުންވެސ ދަނީ ބުނަމުން. މިވޯޓުން ފޭދޫ އުނިކުރޭ.