ރަށެއްގެ އައިސް ޕްލާންޓަކުން، މަސްވެރިންތަކެއް އައިސް ނަގަނީ: ފުނަދޫ އައިސް ޕްލާންޓް މިރޭ ވަނީ ހުޅުވާފައި -- ފައިލް ފޮޓޯ | މިހާރު
15 އޮކްޓޯބަރ 2025 - 21:56
ށ. ފުނަދޫގައި މި ސަރުކާރުން އަޅަންފެށި 30 ޓަނުގެ އައިސް ޕްލާންޓުގެ މަސައްކަތް ނިންމައި މިރޭ ހުޅުވައިފި އެވެ.
އައިސްޕްލާންޓް ހުޅުއްވައިދެއްވީ ށ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމަނިކުފާނާ އެކު އެ ތަން ހުޅުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަތެވެ.
ފުނަދޫ އައިސްޕްލާންޓްގެ މަސައްކަތް މިފްކޯއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފުނަދޫގައި ގާއިމްކުރި އައިސްޕްލާންޓުގައި 30 ޓަނު އަދި އައިސް ސްޓޯރޭޖްގައި 50 ޓަނު ހުންނާނެ އެވެ.
އެއާއެކު އުތުރުގެ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ވަރަށް ބޮޑަށް ލުއިވެ، މަސް ދޯނިތަކަށް ވެސް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މަސައްކަތުގެ އިތުރުން ވެސް ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެެރުވުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިންނަށް ބޭނުންވާ އެކި ހިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިމާލް ހަސަން
16 October 2025
މަސްވެރިންނަށް އެއްމެ ހެޔޮކޮށް ކަންކުރަމުން މި އަންނަނީ މިސަރުކާރުން ކަން އަޅުގަނޑު ފާހަގަކޮށްލަން. 48 ގަޑިއިރުން ބާނާ މަހަށް ފައިސާވެސް ލިބެމުން ދަނީ.
ޝައްމާން ވަހީދު
16 October 2025
މިވާޙަކަ ބުނުމުން ބައްޕަ ހުރީ ނިކަން އުފަލުން. ބުނީ ދެން ބޮޑު ދަތުރު ހަދާފަ އައިސް ހޯދަން ދާކަށް ނުޖެހެނެޔޭ.
އައްޔުބޭ
16 October 2025
ކޮބާ ކަންކަން މެޓީރިއަލައިޒްޑް ވާންފެށީއޭ، ދެން ކީކޭ އމޑޕ މީހުން ކިޔާނީ.
ޒަކިއްޓޭޭ
16 October 2025
ރައީސް މިދަނީ މަޑުމަޑުން ވެފަހުރި ވައުދުތައް ފުއްދަވަމުން. އެ މަންޒަރު މިއަންނަނީ ފެންނަމުން
އަދުނާން
16 October 2025
އައިސް ނުލިބުމުގެ ދަތިކަމަށް ނިމުމެއް މިއައީ އިރާދަކުރެއްވިއްޔާ
މަނާލް ސަލީމް
16 October 2025
ހަމަ ހަގީގަތުގައިވެސް ވަރަށް ހިތްހަމަޖެހިއްޖެ.
ނާހިލް ނައީމް
16 October 2025
މިފެންނަނީ މަސްވެރިންގެ ހައްގުގަ ސަރުކާރުން ކުރަމުން އަންނަ ކަންކަން
ރާހިލް
16 October 2025
ކަންކަން ނުކޮށްދޭވާހަކަ ބައެއް މީހުން ދައްކާއިރު މި މީހުންގެ ލޯތައް ކަނީހޭ މަގޭހިތަށް އަރަނީ.