ޕަބްލިކް ސާވިސް މީޑިއާ(ޕީއެސްއެމް)ގެ ޓީވީ ބިލްޑިންގް. ފައިލްފޮޓޯ/މިހާރު
16 އޮކްޓޯބަރ 2025 - 00:12
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއަށް ރޭޑިއޯ ފްރިކުއެންސީ ފޮނުވަން ހިންގި "ނިއު މީޑިއަމް ވޭވް ޓްރާންސްމިޓިން ސްޓޭޝަން ޕްރޮޖެކްޓް" ހަވާލުކުރި ސްރީ ލަންކާގެ ކުންފުނިން މަސައްކަތް ފުރިހަމަނުކޮށް އޮތުމުން ކުރި ދައުވާ، ސިވިލް ކޯޓުން ބޭރުކޮށްލި އިރު ވަކީލުން އަމަލުކުރި ގޮތް ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސިވިލްކޯޓުން އެ މައްސަލަ ބޭރުކޮށްލި ހުކުމުގައި އޮތީ ދައުވާ ފޯމުގައި ދީފައިވާ ނަމްބަރާއި ދައުވާ ފޯމުގައި ހިމަނާފައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް، ތާންތުރީ ޓްރެއިލާސް އަށް ލިޔެކިޔުންތައް ރައްދުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ ލިޔުންތައް ޑެލިވާ ނުވެ ފެއިލްވެފައިވާ ކަމަށާއި އެހެންވެ އެ ފަރާތުގެ މިހާރުގެ ނަމްބަރު ހިއްސާކުރުމަށް ޕީއެސްއެމަށް 2023ގެ ޑިސެމްބަރުގައި އެންގި ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންވެ އެއީ ވުޖޫދުގައި އޮތް ކުންފުންޏެއް ކަން ކަށަވަރުނުވާ ކަމަށް ވެސް އެ ހުކުމުގައި ވެ އެވެ.
ޕީއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށީގައި އެ ކުންފުނިން ގާއިމްކުރާ އެންޓަނާ ފީލްޑް ގާއިމްކުރަން ހަވާލުކުރި ތާންތުރީ ޓްރެއިލާސް ޕްރައިވެޓް ލިމިޓެޑަކީ ސްރީ ލަންކާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށެވެ.
އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏާ ހަވާލުކުރި މަސައްކަތުގެ 95 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށާއި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މަސައްކަތުގެ ބާކީ ބައި ނިންމަން އަމުރުކުރުމަށް ނުވަތަ އެ މަސައްކަތް ފުރިހަމަކުރަން ހިނގާނެ ކަމަށް އަންދާޒާކުރެވޭ ހަރަދު ހޯދައިދޭން އެދި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"... މި މައްސަލައިގައި މި ކުންފުނިން ވަކާލާތުކުރުމުގައި އަމަލުކޮށްފައިވާ ގޮތް މިދަނީ ބަލަމުންނެވެ،" ޕީއެސްއެމްގެ ބަޔާނުގައި ބުންޏެވެ.
ސިވިލްކޯޓުގެ ހުކުމާ ގުޅިގެން އަޅަން ޖެހޭ އިތުރު ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިމް
16 October 2025
ތިތަނުގެ އެއް ވަކީލު ދޯ ކުޑަކުދިންނަށް މަސްތުވާތަކެތި ދީގެން ނާޖާއިޒު ބޭނުން ހިފައިގެން އެއުޅެނީ ވެސް؟
ރާގިނީ
16 October 2025
މާތްކަލާކޯ. ޕީއެސްއެމުން އިންވެސްޓިގޭޓް ކޮށްފަ. ހައިކޯޓުން މައްސަލަތައް ބޭރުކޮށްފަ. ޕީޖީ އޮފީހުން ޒިންމާ ނުނެގިފަ. ދައުލަތުގެ ބޮޑެތި މަގާމްތަކުގައ ތިބި މީހުން ވައްކަންކުރީމަ އޮންނާނީ ގައުމު ހިންގިފަ. ދެން ހިނގާ އަތެއް ޖަހާލަން
އެމްއެމްޕީ
16 October 2025
"... މި މައްސަލައިގައި މި ކުންފުނިން ވަކާލާތުކުރުމުގައި އަމަލުކޮށްފައިވާ ގޮތް މިދަނީ ބަލަމުންނެވެ،" ޕީއެސްއެމްގެ ބަޔާނުގައި ބުންޏެވެ. ތިޔަ މައްސަލައިގައި ވަކާލާތަކާއި ހަމައަށް ނުދެވެއެއްނުން، އަދި ކޯޓުގައި މައްސަލަ ރަޖިސްޓްރީ ނުވަނީސް އެއޮތީ ބޭރު ކޮށްފައި، ދެން ކޮން ވަކާލާތެއްގެ ވާހަކަތޯ
ރިޒޯ
16 October 2025
ލީގަލް ޑިޕާޓްމަންޓް ހެޑް ހެދިގެން އުޅޭ ރޯނުއެދުރު ރިޒާއާއެކީ ކިތައް މައްސަލަ ކާމިޔާބުވީ؟