ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު، ކައުންސިލެއްގެ މެމްބަރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
16 އޮކްޓޯބަރ 2025 - 10:39
ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ފައިދާ ހުރި ރަނގަޅު ކާނާ، ހެޔޮ އަގުގައި އަބަދު ވެސް ބާޒާރުން ލިބޭނެ މަގު ފަހިކުރަން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދުންފަތާއި ވޭޕްގެ ބާވަތްތަކާ އާއްމުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކުން ދުރުހެލިކުރުން ކަމަށެވެ. އެ ފިޔަވަޅަށް ފަހު، ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ފައިދާ ހުރި ރަނގަޅު ކާނާ، ހެޔޮއަގުގައި އަބަދުވެސް ބާޒާރުން ލިބޭނެ މަގު ފަހިކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބަލިތަކާ ދުރުހެލި އަދި ދުޅަހެޔޮ މުޖްތަމައެއް ހޯދުމާއި ދަރިންނަކީ ސިއްހަތު ރަނގަޅު ބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ސިއްހީ ރަނގަޅު އާދަތައް ހިފެހެއްޓުމެވެ.
ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން.
— Dr Mohamed Muizzu (@MMuizzu) October 16, 2025
އެއާއެކު، ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ… pic.twitter.com/3ygMo2jwmo
"ގައުމީ ފެންވަރުގައި މިކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ރާއްޖެއަށް ވޭޕް އެތެރެކުރުން މިދިޔަ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި އެ ތަކެތި ބޭނުންކުރުން މިދިޔަ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ސިއްހަތަށް ފައިދާ ހުރި ކާބޯތަކެތީ ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނައިރު، މި ފަހުން ޑޮކްޓަރުންގެ ޖަމިއްޔާއިން ވެސް ވަނީ މޭވާ އާއި ތަރުކާރީ ފަދަ ބާވަތްތައް ވިއްކުމުގައި ލުއިތަކެއް ދިނުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އމވއޑ
19 October 2025
ފައިދާހުރި ކާނާ އޭގެ ހައްގުވެރިންނަށް ހެޔޮއަގުގައި ހޯދައިދޭނަމޯ. ފުލެޓު ދިންގޮތަށް
ޝަރުމީލާ
16 October 2025
މީނަ ހީވަނީ ރިޔާސީ ވައުދު ވާން އުޅޭހެން. ޥާކަމެއް ހަރާން
ޗޫޤީ
16 October 2025
ދުވަސްކޮޅަކުން ފެންނާނީ ތަކެތީގެ އަގުވެސް ހިފެހެއްޓިފަ ތިރިއަށް ފައިބައިގެން ދާތަން. ދެން ހަރުގައި އަތުރާފައި ހުރި މުދާކޮޅު ތަޅުމަށް ފައިބައިގެން ނުގޮސްފިއްޔާ ކިތަންމެހާވެސް ރަނގަޅު.
އަފްރާސިޔާބު
16 October 2025
އާފަލު އޮރެންޖް ގެ އަގު ތިރިއެއްނުވޭ. ކުރިން އެތަކެތި ލިބުނޭ 4 ރުފިޔާ 5 ރުފިޔާ އަށް. ކޮންއިރަކުހޭ އެ އަގަށް އަގު ތިރިވާނީ. ޢެވެސް ޑަބަލް އަގު ލާފަައި ވިއްކި އަގެކޭ.
ވެލްޑަން
16 October 2025
ޢެސްޓީއޯގަ ތަރުކާރީއާ މޭވާގެ އަގު ހެޔޮކަމުން އެކައްޗެއްވެސް ނުގަނެ ގެއަށް ދާންޖެހުނީ.
ސަމާހް ހަސަން
16 October 2025
ނަތީޖާ ނެރެދޭން ނުލާހިކު މަސައްކަތް ކުރާ ވެރިޔެއް މިއީ. އެއްވެސް އެހެން ވެރިޔަކަށް ނުވި ކަމެއް މިއީ. އަދި ވިސްނާފާއިވެސް އޮތް ކަމެއް ނޫން މިއީ.
ސަޅި ތިގޮތް
16 October 2025
ހުރި މަގާމް އަދި ބޭނުންވާ މަގާމް މެސެޖްކޮށްލާ
ލޫކަސް
16 October 2025
ތިގޮތަށް އެގްރޯ ނޭޝަނަލް ކޯޕްރޭޝަން ނަމުގަ ވެސް ކުންފުންޏެއް ހެދި، އެކަމް މިއަދު އެތަނަކީ ސިޔާސީ މީހުންނަށް ވަޒީފާދޭ ތަނަކައް ހަދާފަ އެއޮތީ، ކޮންމެ ކަމެއްގަ ވެސް ކެވޭތޯ މިބަލަނީ، ދެން ކިހިނެއް ފައިދާހުރި ކާ އެއްޗެއް ބަޑައްދާނީ.
ވަންނީ
16 October 2025
މިއީ ވަރަށް ރަނގަޅު ކަމެއް ހަމަ މިގޮތަށް ކުނި އުކާލުން ފަސޭހަކޮށް އަގުހެޔޮ ކުރަންޖެހޭ އަސާސީ ޚިދުމަތްތަކުގެ އަގު ތިރިކުރަންޖެހޭ ސިނގިރެޓުން ލިބޭ ޓެކްސް ފައިސާއިން
ބާއްޓޭ
16 October 2025
ސިގިރޭޓުން ލިބޭ ޓެކްސް ފައިސާއޭ؟ ލޮލް، ދެން ބާރަށް އަތްޖަހާ